Roadha Mihaaru
"ހިއްކާ ބިން އެއްކޮށް ހިލޭ ދިނުން އިންސާފެއް ނޫން"

ހިއްކާ ބިން އެއްކޮށް ހިލޭ ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން: އަސްލަމް

13 އޮކްޓޯބަރ 2020

ހިއްކާ ބިން އެއްކޮށް ހިލޭ ދޫކުރުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިއްކާ ބިން އެއްކޮށް ހިލޭ ދޫކުރުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވިދާޅުވީ އެކި ކަންކަމަށް ބިން ކަނޑައަޅަމުންދާއިރު ރާއްޖޭގައި ހިއްކާ ބިން ބޭނުންކުރުމުގައި ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، ހިއްކާ ހުރިހާ ބިމެއް އާއްމު ތަންތަނުގެ ގޮތުގައި އޮތުމާއި އެ ބިންތައް ހިލޭ ދޫކޮށްލާ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވި އެވެ. ވިޔަފާރީގެ ބޭނުމަށް ކޮންމެވެސް މިންވަރެއް އަންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެއީ އަދި ދިރިއުޅޭ ބިންކަމުގައި ވިއަސް، ދިރިއުޅުމަށް ކަމުގައި ވިއަސް އަދި ކޮމާޝަލް ބޭނުންކަމުގައި ވިއަސް. އަޅުގަނޑުގެ ވިސްނުމުގައި މިކަމާ ދޭތެރޭގައި ހުރި، މިކަމުގައި ހުރި ގޮތް ދަންނަވައިފާނަން. އާއްމު ގޮތެއްގައި ހިއްކާ ބިމެއްގެ 34 ޕަސެންޓް އެއީ ލިވްކުރާ ލޭންޑް. ގޯތި ދެވޭނީ ގާތްގަނޑަކަށް 34 ޕަސެންޓް. އެގާރަ ޕަސެންޓް އެއީ މަގުތަކަށް ދާ ލޭންޑް. ދެން ހުންނާނެ ކޮމާޝަލް ބޭނުމަށް ހުންނަ ލޭންޑް ވެސް،" އަސްލަމް ވިދާޅުވި އެވެ.

މި ދެންނެވި ގޮތަށް ބިމުގެ ލޭންޑް ޑިމާންޑް ހުރި ރަށްރަށުގައި ބިން ހިއްކާފައި އޭގެތެރެއިން އެއްބައި އަޅުގަނޑުމެންނަށް ކޮމާޝަލްގެ ގޮތުގައި ވިއްކޭ ކަމަށް ވަންޏާ އެއީ ދެން ހަމަ ލިމިޓް. އަޅުގަނޑު ގަބޫލުކުރަނީ އެއީ މުޅި ދިވެހި ރައްޔިތުންގެ އެންމެންނަށް އެވެއިލަބަލްކޮށް ދޫކޮށްލަންޖެހޭނެ ތަނެކޭ. ދޫކޮށްލާ ކަމަށް ވެއްޖިއްޔާ އެ ރަށެއްގެ ލޭންޑް ވެލިއު ހުރި މިންވަރަކުން އެ ރަށަށް ވެލިއު ޖެނެރޭޓްކުރެވޭނެ: އަސްލަމް

"މި ހުރިހާ ކަމެއް ހުންނާނީ ބިނާވެށީގެ ޕްލޭންގެ ތެރޭގައި އެ އެއްޗެހި ހިމެނިފައި ހުންނާނީ. ކަނޑައެޅިފައި ހުންނާނެ، ދިރިއުޅޭނެ ބިން، ކޮމާޝަލް ބޭނުމަށް ބޭނުންކުރާނެ ބިން، ޕަބްލިކް ސްޕޭސަސް، މަގުތައް، މި ހުރިހާ އެއްޗެއްސަކީ ބިނާވެށީގެ ޕްލޭންގެ ތެރޭގައި ހުންނާނެ ބިން،"

އޭނާ ވިދާޅުވީ ބޭނުންކުރެވޭ ބިމުގައި މަދުވެގެން ތިންބައިކުޅަ އެއްބައި ވިއްކަން ބާއްވަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގެ ދެ ސަބަބެއް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ، އާއްމުކޮށް ބިން ހިއްކަން ޖެހެނީ ރަށުގައި ބިމުގެ ދަތިކަން ކުރިމަތިވެގެން ކަމަށްވާތީ އެފަދަ ރަށެއްގައި ގިނަ ފަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ދިމާވާނެތީ އެވެ. އޭގެ އިތުރުން ރަށްރަށުގައި ގެދޮރު އެޅުމަށް މީހުންގެ އާމްދަނީ ހުރިގޮތާއި ގެދޮރު ބިނާކުރަންދާ ހަރަދުގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ބައެއް ފަހަރު އިމާރާތްކޮށްފައި އެ ތަންތަން އަޅަން ދިޔަ ހަރަދަށްވުރެ ހެޔޮ އަގުގައި މީހުންނަށް ދޭންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ދެންނެވި ގޮތަށް ބިމުގެ ލޭންޑް ޑިމާންޑް ހުރި ރަށްރަށުގައި ބިން ހިއްކާފައި އޭގެތެރެއިން އެއްބައި އަޅުގަނޑުމެންނަށް ކޮމާޝަލްގެ ގޮތުގައި ވިއްކޭ ކަމަށް ވަންޏާ އެއީ ދެން ހަމަ ލިމިޓް. އަޅުގަނޑު ގަބޫލުކުރަނީ އެއީ މުޅި ދިވެހި ރައްޔިތުންގެ އެންމެންނަށް އެވެއިލަބަލްކޮށް ދޫކޮށްލަންޖެހޭނެ ތަނެކޭ. ދޫކޮށްލާ ކަމަށް ވެއްޖިއްޔާ އެ ރަށެއްގެ ލޭންޑް ވެލިއު ހުރި މިންވަރަކުން އެ ރަށަށް ވެލިއު ޖެނެރޭޓްކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ލިބޭ ރުފިޔާއިން އެ ރަށެއްގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ކަމަށެވެ.

ބިނާވެށީގެ ޕްލޭންގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް، ވިޔަފާރީގެ ގޮތުގައި އެ ރަށުން ވިއްކާލެވޭނެ ބިން ކަނޑައަޅާފައި ހުންނަންޖެހޭނެ ކަމަށާއި ހާއްސަގޮތެއްގައި ހިއްކި ބިމަކަށްވާނަމަ އެކަން ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހިއްކާފައި ހުރި ތަންތަން ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.