13 އޮކްޓޯބަރ 2020
ކުޅިކޮށް ކެއުމަކީ ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އެހެންވެ މިރުހާ ނުލައި ބައެއް ކާނާ ފުރިހަމައެއް ވެސް ނުވާނެ އެވެ. އެކި ބާވަތުގެ އެއްޗެހީގައި ފޮނިރަހަ، ލޮނުރަހަ، ހުތްރަހަ ފަދަ ރަހަތައް ދޭ ގޮތަށް ކުޅިރަހަ އަކީ އޭގެ ތެރެއިން އެންމެ މުހިއްމު އެއް ބައެވެ.
ކުޅިކޮށް ކެއުމަކީ ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އެހެންވެ މިރުހާ ނުލައި ބައެއް ކާނާ ފުރިހަމައެއް ވެސް ނުވާނެ އެވެ. އެކި ބާވަތުގެ އެއްޗެހީގައި ފޮނިރަހަ، ލޮނުރަހަ، ހުތްރަހަ ފަދަ ރަހަތައް ދޭ ގޮތަށް ކުޅިރަހަ އަކީ އޭގެ ތެރެއިން އެންމެ މުހިއްމު އެއް ބައެވެ.
ކުޅިކޮށް ކެއުމަކީ ސިއްހީ ގޮތުން ވެސް އެތައް ފައިދާއެއް ހުރި ކަމެކެވެ. ހާއްސަކޮށް ފެހި މިރުހަކީ އެ ބޭނުންކުރުމުން ސިއްހީ ބޮޑެތި މައްސަލަތަކުން ދުރުކޮށްދޭން ބާރަކަށްވެ އެވެ. އަނެއްކޮޅުން މިރުހަކީ ފަސޭހައިން ލިބޭ އެއްޗަކަށްވާތީ، ކާނާ ތައްޔާރުކުރުމުގައި މިރުސް ބޭނުން ކުރުމަކީ އާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ކުޅިކޮށް ކާން އާދަވެފައި ހުރި ނަމަ، އެންމެ ރަނގަޅު ގޮތަކީ އެކަމާ ދުރުނުވުމެވެ. އަދި މިރުހަކީ ހައްދަން މާ އުނދަގޫ އެއްޗަކަށް ނުވާތީ މިރުސް ގޭގައި ވެސް ހެއްދުމަކީ ކުރެވިދާނެ ކަމެކެވެ.
* ފަސޭހަ އިން އަރިދަފުސް ރޯގާ ޖެހޭ ސައިނަސްގެ މައްސަލަތައް ހުންނަ މީހުން ކުޅިކޮށް ކެއުމުން ލުއިވެ އެވެ. ފެހިކޮށް ހުންނަ މިރުސް ކާ ނަމަ ނޭފަތުގެ ތެރެއިން ވައި ދައުރުވުން ފަސޭހަކޮށް ދިނުމާ އެކު، ރޯގާގެ ސަބަބުން ވާ އުނދަގޫތަކަށް ލުއިކަން ގެނެސްދެ އެވެ.
* މެޓަބޮލިޒަމް ރަނގަޅު ބޭނުން ނަމަ މިރުސް ބޭނުންކުރާށެވެ. މީގެ ސަބަބުން ކެލަރީޒް އަންދާލަން މަގުފަހިވެ، ބަރުދަން ވެސް ލުއިކޮށްދޭން އެހީވެ އެވެ. ދިރާސާތަކުން ގޮތުގައި ކެއުމުގައި މިރުސް ބޭނުންކުރާ ނަމަ މެޓަބޮލިޒަމް ރޭޓް 50 ޕަސެންޓަށް އިތުރުކޮށްދެ އެވެ.
މިރުސް.
* މިރުސް ކާ ނަމަ ހިތުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދޭން ބާރަކަށްވެ އެވެ. މިރުސް ބޭނުން ކުރުމުން ސަރުބީތައް ޖެހުން ކުޑަކޮށް ދިނުމާ އެކު، ލޭގަނޑުވުން ފަދަ މައްސަލަތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.
* މޫޑް ގޯސްވެފައި ނަމަ ހުރި ނަމަ ކުޅިކޮށް ކާލާށެވެ. މޫޑް ހަމައަކަށް އެޅޭނެ އެވެ. އަދި މީހާގެ ހަކަތަ އާއި ޖޯޝް އިތުރުކޮށްދީ، ހަށިގަނޑުގައި ހުންނަ ލޮޑުކަން ފިލައި، ގައިގައި ހުންނަ ރިހުންތައް ވެސް ކަނޑުވައިދޭނެ އެވެ.
* ހަކުރުބަލީގެ މީހެއް ނަމަ ފެހި މިރުސް ކާން އާދަކުރާށެވެ. އޭގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެންސްކޮށްދެ އެވެ. ރަނގަލު ޑައިޓެއް ފޮލޯކުރަން ބޭނުން ނަމަ އެ ވެސް ބެލެންސް ކުރެވޭނީ މިރުސް ވެސް ހިމަނައިގެންނެވެ.
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ކޮލެސްޓްރޯލާ ދެކޮޅަށް ކެޝޫ ނަޓްސް
ޑްރެގަން ފުރުޓުން ވެސް އެތައް ފައިދާއެއް
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް
ކަށިތައް ވަރުގަދަކުރަން ކިއުކަމްބާ
އެވަކާޑޯ މިއީ ޑައެޓް ފުރިހަމަކޮށްލަން މޮޅު މޭވާއެއް
ރޭގަނޑުގެ ކެއުން އަވަސްކުރުމުގެ ފައިދާ ބޮޑު