11 އޮކްޓޯބަރ 2020
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބުން ލަސްވެ، ކޯސް ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވާތީ ކުރާ ޝަކުވާތައް ބަލައި މައްސަލަތަކަށް އަވަސް ހައްލެއް ހޯދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބުން ލަސްވެ، ކޯސް ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވާތީ ކުރާ ޝަކުވާތައް ބަލައި މައްސަލަތަކަށް އަވަސް ހައްލެއް ހޯދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ފްލައިން ސްކޫލްގެ ބައެއް ދަރިވަރުން އެތަނުގެ މެނޭޖުމަންޓަށް ފޮނުވާފައިވާ ޝަކުވާގެ ބައެއް އީމެއިލްތައް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ މެއިލްތަކުގައި ދަރިވަރުން ކޮށްފައިވާ ޝަކުވާ އަކީ އުދުހުމުގެ ތަޖުރިބާގެ ކުރިން ހަދަން ޖެހޭ އިމްތިހާނުތައް ނިމި، އެތައް ދުވަހެއް ވާ އިރު ވެސް އުދުހުމުގެ ބައި ނިންމަން ފުރުސަތު ނުލިބި ތިބެން ޖެހުމެވެ. ފްލައިން ސްކޫލުން ދަރިވަރުންނަށް މައުލޫމާތު ދީފައި އޮންނަ ގޮތުގައި އަށް އިމްތިހާނު ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ކޮންމެ ހަތަރު ދުވަހަކުން އެއް ދުވަހު އަމަލީ ތަޖުރިބާގެ ފުރުސަތު ދޭނެ އެވެ. އެކަމަކު، ހުރިހާ އިމްތިހާނެއް ފުރިހަމަ ކުރުމަށް ފަހު އެތައް ހަފުތާއެއް ވާއިރު ވެސް އެ ފުރުސަތު ނުލިބޭ ކަމަށް ޝަކުވާގެ މެއިލްތަކުގައި ވެ އެވެ.
އެ މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ ވެސް ބައްދަލު ކުރައްވައި ކަންބޮޑުވުން ހިއްސާ ކުރައްވައިފަ އެވެ.
އިބްރާހީމް ހަސަން، ރޮޒައިނާ އަށް ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި މިދިޔަ އޮގަސްޓް މަހު، ފްލައިން ސްކޫލްގެ މެނޭޖްމަންޓާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް އެއްވެސް ދައްްޗެއް ނުވާނެ ކަމަށް އެ ސްކޫލުން އެ ދުވަހު ބުނި ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވެ އެވެ. އެކަމަކު އެ ވާހަކައިގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ ލިޔެކިޔުން ހުށަހަޅަން އެދުމުން އަދިވެސް ހުށަނާޅާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނެތުމުން މިދިޔަ ހަފުތާގައި ވެސް އެ ފަރާތާ މުއާމަލާތުކޮށް، މައުލޫމާތު ހުށަހެޅުމަށް ފުރުސަތު ދެވުނު. މިއަދާ ހަަމައަށް ވެސް ލިޔެކިޔުން ހުށަހަޅާފައި ނުވާތީ މި މައްސަލަ ހުށަހެޅުމުގައި ދަތިތަކެއް އެބަހުރި،" އިބްރާހިމް ހަސަންގެ މެސެޖުގައި ވިދާޅުވި އެވެ.
ރޮޒައިނާ އަށް މިނިސްޓަރު އިބްރާހިމް ހަސަން ދެއްވި ޖަވާބުގައި ވާ ގޮތުން، ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ކަމާ ބެހޭ އެހެން އިދާރާތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫ ފްލައިން ސްކޫލުން އިހުމާލުވާ ކަމުގެ ބޮޑެތި ޝަކުވާތައް މިދިޔަ އަހަރު ވެސް ދަރިވަރުން އުފުލި އެވެ. އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އޭރު ވެސް މީޑިއާގައި ބުނީ ދަރިވަރުންގެ ޝަކުވާތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
އެެ ސްކޫލު އައްޑޫން ނ. މާފަރަށް ބަދަލުކުރަން އުޅޭ ކަމަށް ވެސް އޭއޭއޭ އިން އޭރު ބުނެފައި ވެ އެވެ.
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
އައްޑޫ ފްލައިން ސްކޫލަށް ސަރުކާރުން ފިޔަވަޅު އަަޅައިފި
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް
މަތީތައުލީމަށް ދޫކުރި ގިނަ ލޯނުތައް ނުދައްކާ އެބަހުރި
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"
އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި
އައްޑޫ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ
ފޭދޫގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ސްކޫލު: ރައީސް
ނަޝްވާގެ ކުއްލި ވަކިވުން؛ އަމިއްލަ ދަރިއެއް ބީވިފަދަ