Roadha Mihaaru
ޝޫޓިން އަަށް އަލުން ދީޕިކާ ގޯއާ އަށް

ޝޫޓިން އަަށް އަލުން ދީޕިކާ ގޯއާ އަށް

09 އޮކްޓޯބަރ 2020

މަސްތުވާތަކެތީގެ ތުހުމަތުތަކެއް ކުރެވި އެކަމާ ގުޅޭ ގޮތުން ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދާ ތަހުގީގަށް މިދިޔަ މަހު ބަޔާން ދިނުމަށް ފަހު، ބަތަލާ ދީޕިކާ ޕަދްކޯން މިހާރު ޝޫޓިން އަށް ގޯއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ ތުހުމަތުތަކެއް ކުރެވި އެކަމާ ގުޅޭ ގޮތުން ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދާ ތަހުގީގަށް މިދިޔަ މަހު ބަޔާން ދިނުމަށް ފަހު، ބަތަލާ ދީޕިކާ ޕަދްކޯން މިހާރު ޝޫޓިން އަށް ގޯއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާ އެނބުރި މުމްބާއީ އަށް މިދިޔަ މަހުގެ 26 ގައި ދާން ޖެހުނީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން ގޯއާގައި ފެށިތާ އެއް ދުވަސް ފަހުންނެވެ. އެންސީބީ އަށް ބަޔާން ދޭން މުމްބާއީ އަށް ދިޔަ ފަހުން ދީޕިކާގެ މާ ބޮޑު އަޑެއްބަޑެއް މިދިޔަ ދުވަސްތަކުގައި އެއްވެސް ވަރަކަށް ނީވެ އެވެ.

ނަމަވެސް މީޑިއާތަކުން ބުނީ އެންސީބީން ދީޕިކާއާ ކުރަން ބޭނުންވި ސުވާލުތައްކޮށް، ބަޔާން ނަގާފައިވާތީ އަލުން މަސައްކަތަށް ގޯއާ އަށް އެނބުރި ދާން އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނަށް އެއްވެސް ހުރަހެއް ވެސް ނެތް ކަމަށެވެ. ދީޕިކާ އާއި އޭނާގެ ބިޒްނެސް މެނޭޖަރު ކަރިޝްމާ ޕްރަކާޝްއާ ދެމެދު 2017 ގައި ވަޓްސްއެޕް މެދުވެރިކޮށް މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ބަދަލުކުރި މުއާމަލާތްތަކެއްގެ ސްކްރީންޝޮޓްތަކެއް ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ހުނަރުވެރި ބަތަލާ އަށް އަމާޒުވެފައިވެ އެވެ.

ގޯއާގައި ޝޫޓްކުރާ ދީޕިކާގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. މި ރިލޭޝަންޝިޕް ޑާކް ތުރިލާގެ ކާސްޓުންގެ ތެރޭގައި ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭގެ އިތުރުން ދައިރިއާ ކަރްވާ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ މަންޒަރުތަކެއް ގޯއާގައި ނެގުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ ސްރީ ލަންކާއަށެވެ.

އަންނަ އަހަރު ކުރީކޮޅު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމަކީ 2016 ގައި ރިލީޒްކުރި "ކަޕޫރް އެންޑް ސަންސް" އަށް ފަހު، ޝަކުން ގެނެސްދޭ ފުރަތަމަ ފިލްމެވެ.