Roadha Mihaaru
އައްޑޫން ކާޅު ނައްތާލަން ހުއްދަަ ދީފި

ދޮންދީނިގެ ރައްކަލަށް އައްޑޫން ކާޅު ނައްތާލަން ހުއްދަަ ދީފި

07 އޮކްޓޯބަރ 2020

އައްޑޫގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް ކާޅުތައް ގެއްލުން ދެމުންދާތީ ކާޅު ނައްތައިލުމުގެ ހުއްދަ އަށް އައްޑޫ ސިޓީ ކައުންސިލުން އެދުމުން އެންވަޔަރަމަންޓް މިނިސްޓްރީން އެ ހުއްދަ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް ކާޅުތައް ގެއްލުން ދެމުންދާތީ ކާޅު ނައްތައިލުމުގެ ހުއްދަ އަށް އައްޑޫ ސިޓީ ކައުންސިލުން އެދުމުން އެންވަޔަރަމަންޓް މިނިސްޓްރީން އެ ހުއްދަ ދީފި އެވެ.

ކާޅާ ހެދި އައްޑޫގެ ދޮންދީނީގެ އާބާދީ ނުރައްކަލަށް ވެއްޓިފައިވާތީ ކާޅު ނައްތައިލަން ކައުންސިލުން ކަމާބެހޭ އިދާރާތަކުގެ ހުއްދަ އަށް އެދުނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން އެންވަޔަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ސޮއިކުރައްވައި މޭޔަރު އަބްްދުﷲ ސޯދިގް (ސޯބެ) އަށް އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކާޅަކީ އައްޑޫގައި އާންމުކޮށް އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އާއި އޭގެ ސަބަބުން އުނދަގުލަކަށްވާ ނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.

ސިޓީގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ޓ) ގައި ވާ ފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންވެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަމަލުކުރަން ގަސްދުކުރާ ކަމެއް ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ބޭނުންވާ ނަމަ ކަމާބެހޭ ފަރާތްތަކަށް ލިޔުއްވައި އެހީތެރިކަން ހޯދުމަށް ވެސް ނަސީރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

އައްޑޫން ކާޅު ނައްތައިލުމުގެ ލަފައަކަށް ކައުންސިލަށް އެދެން ޖެހުނީ ބަޔަކު އައްޑު ދޫކޮށްގެން އުޅޭ ކާޅުތަކެއް ދޮންދީނިތަކަށް ގެއްލުން ދެމުންދާތީ އެވެ. އެގޮތުން ދޫނިަތއް މަރައި، ޅަ ދޫނި ކާޅު ކަމުން ގެންދާކަން ވެސް ފާހަގަކުރެވިފައިވެ އެވެ.

ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އައްޑޫގައި ކާޅު އިތުރުވަމުން ދަނީ ބަޔަކު ގަސްތުގައި އައްޑު އަށް ކާޅު ގެނެސް ދޫކޮށްލާފައިވާތީ އެވެ. އައްޑު އަކީ އެއް އިރެއްގައި ވެސް ކާޅު ދިރިއުޅޭ ތަނެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން އައްޑޫން ކާޅު ފެންނާތީ އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދެ އެވެ.

މި ފަހަކަށް އައިސް ކާޅުގެ ނުރައްކާ ބޮޑުވެފައި ވަނީ އައްޑޫގެ ދޮންދީނީގެ އާބާދީ ދެނެގެތުމަށް އެންވަޔަރެމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއިކައުންސިލާއި އައްޑޫ ނޭޗާ ޕާކް ގުޅިގެން ސާވޭއެއްގެ މަސައްކަތް ވެސް މިދިޔަ ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.