05 އޮކްޓޯބަރ 2020
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބަލައި ކަމަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖް މިއަދު ގޮވައިލައްވައިފި އެވެ.
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބަލައި ކަމަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖް މިއަދު ގޮވައިލައްވައިފި އެވެ.
އެންޓިކޮރަޕްޝަން ގާނޫނަށް ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ސިރާޖް ވިދާޅުވީ އޭސީސީން ތަރުތީބަކުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި އިސްކަންދީގެން ބަލާތަން ފެންނަނީ ކުދި މައްސަލަތައް ކަމަށެވެ. އެގޮތަށް ކުރާ މަސައްކަތަކަށް މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ 2000.ރ ގެ މައްސަލައެއް ބަލަން 30،00.ރ ޚަރަދުކޮށްފައި ރަށްރަށް ދަތުރުކުރާ ކަމަށެވެ. ރާއްޖޭގައި ހިނގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އެކޮމިޝަނަށް ބެލިފައިނުވާ ކަމަށާއި އެފަދަ މައްސަލައެއްގައި ދައުވާކުރަން ވެސް ނުފޮނުވާ ކަމަށް ސިރާޖް ތުހުމަތު ކުރެއްވި އެވެ.
"ފަހަރުގައި ވެދާނެ އަޅުގަނޑުމެންނަށް އޭސީސީއަށް އައްޔަން ކުރެވިފައި ތިބި މެމްބަރުންގެ މައްސަލައެއް ކަމަށް. އެބޭފުޅުންގެ ގާބިލިއްޔަތު ނެތީކަމަށް. އެހެން އެކަން ވަނީ ނަމަ އަޅުގަނޑު ހަމަ ގޮވައިލަން އަޅުގަނޑުމެން އައްޔަންކޮށްފައި ތިބި މެމްބަރުން ވެސް ވަކިކޮށް މިކަން ކުރެވޭނެ ބަޔަކާ ހަވާލުކޮށްގެން މިކަން ކުރަން،" ސިރާޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ކަމަށް ހީވިޔަސް، އެފަދަ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަތައް ބަލަން ހަރުދަނާ އުސޫލަކުން އޭސީސީން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. އޭސީސީގެ މެމްބަރުން ވަކިކުރަން އޭނާ ގޮވައިލެއްވި--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައިދިނުމާއި އެކަން ކަމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ ވަރަކަށް އެކަން ހާސިލުނުވާ ކަމަށް ވެސް ސިރާޖް ވިދާޅުވި އެވެ. އެހެންވީމާ މިއީ އޭސީސީގެ މެމްބަރުންގެ މައްސަލަ ބަލައި، އިސްލާހު ނުކުރެވޭނެ ނަމަ ވަކިކޮށް އާ ބަޔަކު ލާން އެންމެ ރަނގަޅު ވަގުތުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނުފަހުންް އައްޔަންކުރި މެމްބަރުންނެވެ. އެހެން ނަމަވެސް އެ މެމްބަރުންނާ މެދު އެމްޑީޕީގެ މެމްބަރުން ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކުރުން ވަނީ އިތުރުވެފަ އެވެ.
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ހިޔާނާތް ބަލަން މަޖިލިހުގެ ބާރު ބޭނުންކުރާ ތަން ނުފެނޭ
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ
އޭސީސީން ތަހުގީގުކުރުމުގެ އާ ގަވައިދު ގެޒެޓްކޮށްފި
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު