03 އޮކްޓޯބަރ 2020
މުޅި ރާއްޖޭގެ ތަރައްގީ އަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ތަރައްގީގެ ހަބަކަށްވާން ޖެހޭ ކަމަށާއި މި ސަރުކާރުގެ ވިސްނުމާއި އަމާޒު ވެސް ހުރީ އެ ދިމާއަށް ކަމަށް އިނޮމިނިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖޭގެ ތަރައްގީ އަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ތަރައްގީގެ ހަބަކަށްވާން ޖެހޭ ކަމަށާއި މި ސަރުކާރުގެ ވިސްނުމާއި އަމާޒު ވެސް ހުރީ އެ ދިމާއަށް ކަމަށް އިނޮމިނިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް އަލުން ފެށުމުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ވަގުތު ވެސް އައްޑޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބައެއް މަޝްރޫއުތައް ހުރީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އޭގެ ތެރޭގައި ތާރު އަޅައިގެން މަގުތައް ހެދުމާއި ބިންހިއްކުމާއި ގަން އެއާޕޯޓް އިތުރަށް ތަރައްގީކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މިކަންކަމަކީ އައްޑޫގައި ކުރިއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަމެވެ. އެހެންވެ ސަރުކާރުކަން ކަންކަން ކުރަން ބޭނުން ވަނީ ހަމައެކަނި ފޮޓޯއެއް ދައްކައިލުމުގެ ބޭނުމުގައި ކަމަށާއި ސަރުކާރު އޮތީ އިހުލާސްތެރިކަމާ އެކު ހިދުމަތްކުރަން ކަމަށް ވިދާޅުވި އެވެ.
"Developing Addu as a key economic hub is one of the highest priorities of the Govt. Projects for the development of the roads and drainage system of Addu, reclamation of land, expansion of Gan Int Airport are already underway to achieve HEP's vision" -Min. Fayyaz Ismail @faya_i pic.twitter.com/3zz0PnNDJF
— Economy & Trade (@MoEDmv) October 3, 2020
މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑުއާ އެކު ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް ކުރިއަރުވައި ތަރައްގީ ކުރުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް އިންޓަނެޝަނަލް އެއާޕޯޓް ކަމަށްވާ ގަން އިންޓަނެޝަނަލް އެއާޕޯޓަކީ ހަގީގީ އިންޓަނެޝަނަލް އެއާޕޯޓަކަށް ހެދިއްޖެ ނަމަ އެތައް ގޮތަކުން ފައިދާ އާއި ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒ ވިދާޅުވި ގޮތުގައި އަލުން ސީޕްލޭން ފެށުމަކީ ވެސް މި މަސައްކަތުގެ މުހިއްމު ބައެކެވެ.
"މި ސަރުކާރުގެ ފަރާތުން ކަންކަން މި ކުރަނީކީ ކޮންމެހެން ފޮޓޯއެއް ނަގާލަން ކުރާ ކަންކަމެއް ނޫންކަން ސާބިތުކުރަމުން މި ދަނީ. މިތަނުގެ ފަހަތުގައި އެއާ ޓެކްސީއެއް އޮތްތަން ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ރަނގަޅު، މާދަމާ އަދި މި ހިދުމަތް ފެށެނީއެއް ނޫން. މައުލޫމާތު ލިބިފައިވާ ގޮތުގައި ސާލީސް ފަސް ދުވަހުގެ ތެރޭގައި ދުވަސްތެރޭގައި [ސީޕްލޭން] ގެ ހިދުމަތް ފެށޭނީ. އެކަމަކު މިހާ ކުލަގަދަކޮށް މި ހަފުލާ [ސޮއިކުރުމުގެ ހަފުލާ] މި ބޭއްވީ މި މެސެޖު މާކެޓަށް ދިނުމަށް."
ފައްޔާޒް ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ހަމައެކަނި ފައިދާވާނީ ހަމައެކަނި އައްޑު އަށް ކަމަށް ދެކިގެން ނުވާނެ އެވެ. އަދި އެކަން ގުޅެނީ މުޅި ދެކުނާއި މުޅި ރާއްޖެއާ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުރަތަމަ ކުރާނީ ކޮން ކަމެއްތޯ؟ މިއީ ވަރަށް ބޮޑަށް އުފެދޭ ސުވާލެއް. އެނދު އިތުރުކުރީމަތޯ ފްލައިޓް އިތުރުވާނީ. ނޫނީ ފްލައިޓް އިތުރުކުރީމަތޯ އެނދު އިތުރުވާނީ؟ މިކަހަލަ ތާށްޓެއްގައި މިތިބީ. މިކަންކަން ހައްލުކުރުމަށް ރައީސް އިރުޝާދު ދެއްވި ކާމިޔާބުވާނޭ ގޮތަކަށް ކުރެވެން ހުރި ކަންކަން ބެލުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހުވަދޫ އަތޮޅުގައި ހުރި ރިސޯޓްތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ބެލުމަށް ރައީސް އެންގެވި. އެއާ އެކު އެމަސައްކަތް ފެށިގެން ދިޔައީ."
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް
ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ގަބޫލުނުކުރުން
އައްޑު އަށް މިހާ ފަހި ސަރުކާރެއް ނެތް: އަސްލަމް
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
ގަން އެއާޕޯޓުގެ މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރަނީ
ދޫގަސް ބިން އައްޑޫ އެއާޕޯޓަށް، ދަރަނި ސަރުކާރަށް
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ގަން އެއާޕޯޓް ވާނީ ރީޖަނަލް ހަބަކަށް: އިންޑިއާ
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ