04 އޮކްޓޯބަރ 2020
ބަތަލާ ކެޓްރީނާ ކެއިފާ އެކު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް ސުޕަހީރޯ ފިލްމުގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށަން އަމާޒު ހިފާފައިވާ ކަމަށް އަލީ ބުނެފި އެވެ.
ބަތަލާ ކެޓްރީނާ ކެއިފާ އެކު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް ސުޕަހީރޯ ފިލްމުގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށަން އަމާޒު ހިފާފައިވާ ކަމަށް އަލީ ބުނެފި އެވެ.
ސަލްމާނާއި ކެޓްރީނާއާ އެކު މިދިޔަ އަހަރު "ބާރަތު" ގެނެސްދިން ޑައިރެކްޓަރު ބުނީ މިހާރު މަސައްކަތްތައް ދާ ގޮތަށް ބަލާ އިރު ޖެނުއަރީގެ ތެރޭގައި ޝޫޓިން ފެށޭނެ ކަމަށެވެ. ނަން އަދި އިއުލާންނުކުރާ މި ފިލްމުގެ ތައްޔާޔާރީތަކަށް އަލީ އާއި އޭނާޣޭ ޓެކްނިކަލް ޓީމް ދުބާއީގައި ތިބޭތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. މި ފިލްމުގައި އިންޓަނޭޝަނަލް ވަރުގަދަ ޓެކްނިކަލް ޓީމެއް މަސައްކަތްކުރާނެ އެވެ.
ފިލްމުގެ ތައްޔާރީތަކާ ބެހޭ ގޮތުން އަލީ ބުނީ ކެޓްރީނާ ކުޅޭ ސުޕަހީރޯ އެކްޝަން ކެރެކްޓާ އަށް ތައްޔާރުމުގެ ގޮތުން ޓްރޭނިންތަކެއް ވެސް ހަދަމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި މި ފިލްމުގައި މީގެ ކުރިން ފިލްމަކުން ނުފެންނަހާ ތަފާތުކޮށް ކެޓްރީނާ ފެންނާނެ އެވެ. އަދި މި ފިލްމަކީ ބޮލީވުޑްގައި ހަދާ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމަށްވާތީ ވަރަށް ތަފާތު މޮޅު ފިލްމެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް އަލީ ބުނެފައިވެ އެވެ.
ކެޓްރީނާގެ މި ސުޕަހީރޯ ފިލްމު ވެގެން ދާނީ އަލީއާ އެކު އޭނާ މަސައްކަތްކުރާ ހަތަރު ވަނަ ފިލްމަށެވެ. އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަލީގެ ސުޕަހީރޯ ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މީގެ ބަޖެޓަކީ 200 ކްރޯޑް ރުޕީސް (27.3 މިލިއަން ޑޮލަރު) ކަމަށްވެ އެވެ.
ކެޓްރީނާގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އަންނަ އަހަރަށް
ކެޓްރީނާގެ ސުޕަހީރޯ ފިލްމަކީ "ސުޕަ ސޯލްޖާ"
ވިކީގެ ސުޕަހީރޯ ފިލްމަށް ސާރާ؟
ކެޓްރީނާގެ ސުޕަހީރޯ ފިލްމު ހަތަރު ގައުމެއްގައި
ކައިވެންޏަށް ފަހު ވިކީ ކުޅުނު ފުރަތަމަ ފިލްމު ނިމިއްޖެ
މާދުވަން ބޭނުމީ ރިތިކް ކަހަލަ ހަށިގަނޑެއް
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ފާތިމާ އާއި ސާނިއާ އަލުން އެއް ފިލްމަކަށް
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު