01 އޮކްޓޯބަރ 2020
މަރުވި ޒިިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.
މަރުވި ޒިިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.
ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު އަނިޔާލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި އެ ހުކުމުގެ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ރޭޕްގެ ދައުވާގެ އިތުރުން ދެން ހުރި މައްސަލަތަކުގެ ހުކުމެއް ހައި ކޯޓުން އަދި ނީއްވަ އެވެ. އިހުމާލުގެ މަރުގެ ދައުވާ އާއި ފަރުވާކުޑަ އަމަލަކުން މަރުވުމުގެ ދައުުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުނުވި މައްސަލަ ވެސް ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ.
އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިވަނީ ހައި ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި ޝާހުއާ ދެކޮޅަށް ދެން ހުރި މައްސަލަތައް ނިމި، އޭނާ ޖަލަށްލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
Huge win today at @mvhighcourt for criminal justice system. Marital rape is recognized in law and now recognized by the court system! We shall continue this work and ensure protection for vulnerable.
— Hussain Shameem (@HuShameem) October 1, 2020
2 more pending cases for this accused and we hope to put him behind bars.
ޝަމީމްގެ ޓްވީޓް
ޒިޔާދާގެ ފިރިމީހާ ޖަލަށްލުމުން ދަރިފުޅު ގެއިން ނެރެފި
ފިރިމީހާ އަނބިމީހާ ރޭޕްކުރުން ކަނޑައެޅި ތާރީޚީ ހުކުމް
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ޒިޔާދާގެ މައްސަލާގައި ކުރި ހުކުމަކީ މުހިންމު ފިޔަވަޅެއް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު