30 ސެޕްޓެމްބަރ 2020
އަންހެން ކުއްޖަކު ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ކަނޑާލި މީހަކަށް، ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު ވެއްޖެ އެވެ. ދިހަ އަހަރުވެފައިވާ އެ މައްސަލައިގައި، ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އޭނާ ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށެވެ.
އަންހެން ކުއްޖަކު ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ކަނޑާލި މީހަކަށް، ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު ވެއްޖެ އެވެ. ދިހަ އަހަރުވެފައިވާ އެ މައްސަލައިގައި، ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އޭނާ ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށެވެ.
ފުލުހުންގެ ކޯޕްރަލްއެއްގެ ވަޒީފާގައި ހުރި ވ. ޝުކުރަން މުހައްމަދު ފަޔާޒު، 2010 ވަނަ އަހަރު ވަޒީފާއިން ވަކި ކުރީ، މާވެޔޮ މިސްކިތް ކައިރީގައި ހުރި އަންހެނަކު ފުލުހުންގެ ކާރަކަށް ގަދަކަމުން އަރުވައިގެން ގެންގޮސް ބަދުއަހުލާގީ އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ އެވެ.
ހަތަރު ފުލުހުން ހިމެނޭ އެ މައްސަލައިގައި އޭރުގެ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ އާއި އިތުރު ފުލުހަކު ވެސް ވަޒީފާއިން ވަކި ކުރި އެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ މީހުން ވަޒީފާއިން ކަނޑާލީ ގަވައިދާ ހިލާފަށް ކަމަށް ހުކުމް ކޮށްފަ އެވެ.
ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ހިލާފުވެގެން ފަޔާޒު ވަޒީފާއިން ވަކި ކުރި މައްސަލަ 2014 ވަނަ އަހަރު އޭނާ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އޭރު އެ ކޯޓުން އަމުރު ކުރީ، އެ މައްސަލަ ސާބިތުވާ ވަރަަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 2016 ވަނަ އަހަރު ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ފަޔާޒު، 2017 ވަނަ އަހަރު މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ތިން އަހަރު ފަހުން އެ ކޯޓުން ނިންމީ އޭނާ ވަޒީފާއިން ކަނޑާލީ ރަނގަޅަށް ކަމަށެވެ.
އަންހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ އަށް ފަޔާޒު އެންމެ ކުރިއްސުރެ އިންކާރު ކުރެ އެވެ. އޭނާ ބުނާ ގޮތުން، ހާދިސާ ހިނގި ރޭ އޭނާ އޮތީ ނިދައިފަ އެވެ. އެކަމަކު ދަން ގަޑިތަކުގައި އެހެން މީހުންނަށް ގުޅި ކަން އަންގައިދޭ ފޯނު ރެކޯޑިން ފުލުހުން އަތުގައި އޮތް އިރު، ދަންވަރުގެ ވަގުތުގައި ކާރުގައި އުޅެނިކޮށް ފެނިފައިވާ ކަމަށް، ބައެއް މީހުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އިރު ދެ ކަމެއް ފަޔާޒު ފާހަގަ ކޮށްފައިވެ އެވެ. އެއީ އޭނާ ވަޒީފާއިން ވަކި ކުރަން ޖެހޭ ވަރަށް ހެކި ސާބިތުވެފައި ނުވުމާއި، މައްސަލައިގައި ދެން ހިމެނޭ މީހުން ވަޒީފާއިން ވަކި ކުރީ ގަވައިދާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި އިރު ހަމަ އެ ހުކުން އޭނާގެ މައްޗަށް ނުކުރުމެވެ.
ފަޔާޒު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ބުނެ، ހައި ކޯޓުން ކުރި ހުކުމާ ހަވާލާދީ ސުޕްރީމް ކޯޓުން ބުނީ ތުހުމަތުގައި ފަޔާޒު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހާޒިރުކޮށް ޖަވާބުދާރީވުމުގައި ފުށުއަރާ ގިނަ ކަންތައްތަކެއް ފާހަގަވި ކަމަށް އެ ބޯޑުން ބުނެފައިވާ ކަމަށާއި މައްސަލައިގައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ކަމަށް ޑިސިޕްލިނަރީ ބޯޑަށް އެނގައިވާ ކަމަށެވެ. އެހެންވެ، ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއް ސާބިތުވި ކަން ކަނޑައެޅުމުގައި ހެއްކާއި ގަރީނާ ވަޒަންކުރުމަށް ފަހު ބޮޑަށް ބުރަވެވޭ ކޮޅަކަށް އަމަލު ކުރުމަކީ ގެންގުޅޭ މިންގަނޑު ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، ފުލުހުުންގެ ކޯޑް އޮފް ކޮންޑަކްޓާއި އެތިކްސްއާ ހިލާފުވެފައިވާތީ ފަޔާޒު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުޅި މުއައްސަސާއަށް އާއްމުން ކުރާ އިތުބާރު ކުޑަވެދާނެ ކަމަށް ބެލެވިގެން، ފުލުހުންގެ ގާނޫނާ އެއްގޮތަށް ކަމަށް ހައިކޯޓުން ނިންމާފައިވާއިރު އެ ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައި ވެ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ މީހުން ވަޒީފާއިން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައި، ފަޔާޒުގެ މައްސަލަ އެގޮތަށް ނިންމާފައި ނުވާތީ އޭނާ ޖެއްސި މައްސަލަ އަށް ރައްދު ދެމުން ސުޕްރީމް ކޯޓުން ބުނީ އެ ގަޒިއްޔާތަކަށް ރިއާޔަތްކޮށް ހަމަ އެގޮތަށް ފަޔާޒުގެ މައްސަލަ ނިންމަން ނުޖެހޭ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ރިޝީފަށް އަލުން ވަޒީފާ ދިން ނަމަވެސް، ބަނގުރަލުގެ މައްސަލައެއްގައި ފަހުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ތަހުގީގުކުރި ގޮތުން ބޮޑު ހުކުމަކުން ސަލާމަތްވެއްޖެ
ޖިންސީ ގޯނާގެ ދައުވާލިބޭ ޓީޗަރަކު އަލުން ބަންދަށް
ޝަހީބް ބަންދުކުރަން ނެރުނު އަމުރު ދަމަހައްޓައިފި
ޖިންސީ ގޯނާގެ މައްސަލަތަކުގައި ހެކި މާނަކުރި ގޮތް ގޯސް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް