28 ސެޕްޓެމްބަރ 2020
ސްކޫލަކީ މުސްތަގުބަލަށް ދަރިވަރުން ތައްޔާރުކޮށްދޭ މައި މަރުކަޒެވެ؛ ލީޑަޝިޕްގެ ހުނަރުން ފެށިގެން ދިރިއުޅުމަށް ބޭނުންވާނެ މުހިއްމު ހުރިހާ ކަމެކެވެ. ދުނިޔޭގައި ހިނގާ ކަންތައްތަކަށް ލޯ ހުޅުވައިދީ އެ ބަދަލުތަކާ އެކު ދިރިއުޅުން ކުރިއަށްގެންދަން އެހީތެރިވެ އެވެ. އެހެންކަމުން ސްކޫލަށް ނުދާ ކޮންމެ ދުވަހަކު ވެސް ދަރިވަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކުރެ އެވެ.
ސްކޫލަކީ މުސްތަގުބަލަށް ދަރިވަރުން ތައްޔާރުކޮށްދޭ މައި މަރުކަޒެވެ؛ ލީޑަޝިޕްގެ ހުނަރުން ފެށިގެން ދިރިއުޅުމަށް ބޭނުންވާނެ މުހިއްމު ހުރިހާ ކަމެކެވެ. ދުނިޔޭގައި ހިނގާ ކަންތައްތަކަށް ލޯ ހުޅުވައިދީ އެ ބަދަލުތަކާ އެކު ދިރިއުޅުން ކުރިއަށްގެންދަން އެހީތެރިވެ އެވެ. އެހެންކަމުން ސްކޫލަށް ނުދާ ކޮންމެ ދުވަހަކު ވެސް ދަރިވަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކުރެ އެވެ.
ކޮވިޑް-19 ގެ ސަބަބުން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ހަ މަސް ވަނީ އެވެ. ބަލީގެ ހާލަތު ރަނގަޅުވުމުން، ޖުލައި 1 ގައި މަތީ ގްރޭޑްތަކަށް ހުޅުވާލިޔަސް، ކޮވިޑް ކޭސްތައް އަލުން ގިނަވާން ފެށުމުން، އަނެއްކާ ބަންދުކުރީ އެވެ. ގްރޭޑް 9-12 އަށް މާލޭ ސަރަހައްދުގެ ސްކޫލްތައް އަންނަ އާދިއްތަދުވަހު ހުޅުވަން ވަނީ ނިންމައިފަ އެވެ.
ރަސްމީ ފަރާތްތަކުން، މައިންބަފައިންގެ ކިބައިން އެދެނީ ދަރިވަރުން ސްކޫލަށް ފޮނުވުމަށެވެ. އަދި ސްކޫލްތަކުގެ ރައްކާތެރިކަން ބޮޑު ކަމަށް ވެސް، ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ދަރިވަރުން ސްކޫލަށް ވައްދަނީ ހުން ބަލައި އަތް ސެނެޓައިޒްކުރުމަށް ފަހުގަ އެވެ. އެހެންވެ ބޭރު ފުށުން އެ ހުންނަ ބަލީގެ އަލާމާތްތައް ފުރަތަމަ ވެސް ޔަގީންކުރެވޭ ކަމަށް ވިދާޅުވި އެވެ.
ކަނޑައަޅާފައިވާ މިންވަރަށް ވުރެ ހުން މަތިވެއްޖެ ނަމަ އެ ދަރިވަރަކު އަނބުރާ ގެއަަށް ފޮނުވަ އެވެ.
އަމީނިއްޔާ ސްކޫލުގެ ޓީޗަރުންތަކެއް ދަރިވަރުން އަތަށް ސެނެޓައިޒާ އަޅައިދެނީ -- ފޮޓޯ: ނިޝާން އަލީ /މިހާރު
ހަސަން ވިދާޅުވީ ކްލާހުގައި ދުރުދުރުގައި ދަރިވަރުން ތިބެން މޭޒުތައް ބަހައްޓާފައި ކޮންމެ މޭޒެއް ވެސް މާކްކޮށްފަ އެވެ. އެ މާކުން ބޭރަށް މޭޒުތަކެއް ނުޖެއްސޭނެ އެވެ. އެހެންކަމުން ކްލާހުގައި ކުދިން އެ ތިބެނީ، އެޗުޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަ އެއްގޮތަށެވެ.
މީގެ ކުރިން ކްލާސްރޫމުތަކުގައި ގިނަވެގެން 32 ދަރިވަރުން ތިއްބަސް، ގައި ދުރުކުރުމުގެ މި ފިޔަވަޅާ އެކު ކްލާހެއްގައި ތިބޭނީ 16 ވަރަކަށް ދަރިވަރުންނެވެ. ހަސަން ވިދާޅުވީ އެއީ ކްލާސްރޫމް ރަނގަޅަށް ބަލަހައްޓަން ޓީޗަރުންނަށް ލިބޭ ފަސޭހައެއް ކަމަށެވެ.
"ދެން ނިމިގެން ވެސް ޕޭރެންޓުން މި ވަންނައިރު އެންމެން މާސްކް އަޅައިގެން ސްކޫލުތެރެއަށް ވަންނަ ގޮތަށް މި އޮތީ. ވަންނަން ވެސް އެއް ގޭޓް، ނުކުންނަން ވެސް އެހެން ގޭޓެއް. އެކަކު އަނެކަކާ ދިމާނުވާނެ ހުރިހާ ގޮތްތަކެއް ރާވާފައި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.
ފާހަނާއަށް ދާން ކްލާހުން ނުކުމެވޭނީ ފަހަރަކު ކުއްޖަކަށެވެ. އެއް ކުއްޖަކު ފާހަނާ ބޭނުންކޮށް ނިމުމުން އެހެން ދަރިވަރަކަށް އެތަނަށް ވަދެވޭނީ ސާފުކުރުމުންނެވެ. ކްލާސްތަކަށް ކުދިން ވައްދާށާއި ނިމިގެން ބެލެނިވެރިންނާ ހަމައަށް ގެންގޮސްދޭން ވެސް، ދަރިވަރުން ބޮނޑިނުވެ، ގައިދުރުކަމާ އެކު އުޅެވޭ ގޮތަށް ވެސް، ސްކޫލްތަކުގައި ކަންކަން ވަނީ އިންތިޒާމްކޮށްފަ އެވެ.
އެފަދަ ފިޔަވަޅުތަކާ އެކު ސްކޫލް މާހައުލުގެ ރައްކާތެރިކަން ބޮޑުވާނެ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.
"އެކަހަލަ ބެލުންތަކެއް ބަލައިގެން ހަގީގަތުގައި ސްކޫލު ކްލަސްޓާއެއް ނުއުފެދި މި ދިޔައީ ވެސް. އަޅުގަނޑުމެންނަށް ކުދިންގެ ސޭފްޓީއަށް ވުރެ އިސްކުރާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ އެކަމެއް އަޅުގަނޑުމެން ކޮމްޕްރޮމައިޒެއް ނުކުރާނަމޭ. އެ ޔަގީންކަން ދެމޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލާސްރޫމުގައި ކުއްޖަކު ކުއްލިއަކަށް ހުން ގަދަވެއްޖެ ނަމަ ވަގުތުން އައިސޮލޭޓް ކުރާނެ ކަމަށެވެ. އެ ރޫމުން ސީދާ ބޭރަށް ނުކުމެވޭ ގޮތަށް ދޮރެއް ހުންނާތީ އެހެން ކުއްޖަކާ ކޮންޓެކްޓުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްޖެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އައިސޮލޭޝަން ކުރަން ޖަމާލުއްދީންގައި ހަދާފައިވާ ރޫމެއް -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ސްކޫލަކީ ކުއްޖާއަށް ބޭނުން ވަރަށް ގިނަ ކަންކަން ހިމެނޭ ތަނެކެވެ. ރައްޓެހިންނާ ބައްދަލުވެ، ގޭތެރޭގެ ހާސްކަން ފިލުވާލެވެ އެވެ. އެކަމަކު ބަލިމަޑުކަމުގައި ގިނަ ވަގުތު ގޭގައި ތިބެން ޖެހުމުން ދަރިވަރުންގެ މާޔޫސްކަން ބޮޑެވެ.
ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވި ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތައް، ޓީޗަރުން ވަރަށް ރަނގަޅަށް ފޮލޯކުރާނެ އެވެ. އެޗްޕީއޭގެ ގައިޑްލައިންތަކަށް އެންމެ ރަނގަޅަށް އަމަލުކުރާ އެއް ތަނަކަށް ވަނީ ސްކޫލް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުންނާއި ހުރިހާ މުވައްޒަފުންގެ ހުން ހުރި ވަރު ބަލައި ގައިދުރުކަން ބަހައްޓައި ދަރިވަރަކަށް ކަމެއް ދިމާވެއްޖެ ނަމަ ބޭނުންކުރާނެ އައިސޮލޭޝަން ރޫމް ފަދަ ތަންތަން ސްކޫލުތަކުގައި ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު ނޫޅޭނެ އެއްވެސް އިރުކޮޅަކަށް ވެސް މާސްކް ނާޅައި. މިސާލަކަށް މާސްކް ތިރިކޮށްލައިގެން މި ހުންނަނީ ނޫންތޯ. އެކަމަކު ސްކޫލު ރަސްމީ ގަޑީގައި ހަމަ ހުރިހާ އެންމެން ވެސް އުޅޭނީ މާސްކް ފުލްކޮށް އަޅައިގެން ކަވަރު ކޮށްގެން. އެހެންވެ ސްކޫލުތައް އެންމެ ސޭފްއޭ މި ބުނަނީ،" ބަޝީރާ ވިދާޅުވި އެވެ.
މީގެ ކުރިން ސްކޫލުތައް ހުޅުވިއިރު ދަރިވަރުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވާތީ މިފަހަރު ސްކޫލުތައް އަލުން ހުޅުވާއިރު ގިނަ ކުދިން ސްކޫލަށް ހާޒިރުވާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. ސަބަބަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ކޮވިޑުން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ރަނގަޅަށް ލިބިފައިވުމެވެ.
ބަޝީރާ ވިދާޅުވީ ބަލި ޖެހެނީ ކޮންމެހެން ސްކޫލަށް ގޮސްގެން ނޫން ކަމަށެވެ. އެކި ބޭނުންތަކަށް ގޭގެ ކޮންމެވެސް މީހަކު ބޭރަށް ނުކުންނަން ޖެހެ އެވެ. އެހެންކަމުން އެގޮތަށް އުޅޭ އިރު ބަލި އެރުމުގެ ފުރުސަތު އޮވެ އެވެ.
"ޕޭރެންޓުން އެހާ ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭ ސްކޫލަށް ފޮނުވައިގެން އެކަން ވެދާނެއޭ. ސްކޫލުގައި ކުދިން ތިބޭއިރު މި ތިބެނީ އެކަން ކަށަވަރުކުރެވިފައޭ އަސްލު. ތިން ފޫޓު ޑިސްޓެންސް ބަހައްޓައި މާސްކް އަޅައިގެން، ރައްކާތެރިވުމަށް އަޅާ ހުރިހާ ފިޔަވަޅެއް ސްކޫލުގައި ކުދިން ތިބޭ ގަޑީގައި އެބަ އަޅާކަން. އެހެންވިއްޔާ ޕޭރެންޓުން ކަންބޮޑުނުވޭ،" ބަޝީރާ ވިދާޅުވި އެވެ.
ނިއު ނޯމަލްއަށް އިމާދުއްދީން ސްކޫލު ތައްޔާރުކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ބޮޑެތި ކުދިންގެ ޕޭރެންޓުން އަސްލު ވިސްނަންވީ ކަމަކީ މިހާ ގިނަ ދުވަސް ވަންދެން ކުދިންގެ ކިޔެވުން ގެއްލުމުގެ އިތުރަށް ކުދިންގެ މި އިންނަ ސޯޝަލް އިންޓަރެކްޝަން މިހާރު ވާޗުއަލްކޮށް ބަދަލުވީމަ ކުދިންނަށް އަންނަ ބަދަލުތަކާއި އެ ކަންކަމަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ އެ ކުދިންގެ ރައްޓެހިންނާ، މުދައްރިސުންނާއި ކޮލީގްސްއާ އެންމެން ސީދާ ދިމާވެ ވާހަކަދެއްކުމުގެ ފުރުސަތު ދިނުން."
އޭނާ ވިދާޅުވީ ކިޔެވުން އެކަނި ގެއްލުމުގެ ބަދަލުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ވެސް ދަރިވަރުން އަލުން ސްކޫލަށް ދާން އެބަ ޖެހޭ ކަމަށެވެ.
އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވި ގޮތުގައި ސްކޫލުތަކުގައި އަޅާފައިވާ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް، ރާއްޖޭގެ އެހެން ތަނެއްގައި އަޅާފައިވާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. ސްކޫލު ދޮރާށިން ވަނުމާއި ކުއްޖާ، އަނބުރާ ބެލެނިވެރިޔާއަށް ހަވާލުކުރުމާ ހަމައަށް، ދަރިވަރުންގެ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިފުޅު ހިތްހަމަޖައްސައިދިނުމަށް ޓަކައި:
— Ministry of Education (@MoEdumv) September 26, 2020
?ދަރިފުޅަށް ބޭނުންވާ ވަގުތު ދެއްވުން މުހިއްމު
?ދަރިފުޅުގެ އިހްސާސްތައް ދެނެލެއްވުން މުހިއްމު
?ދަރިފުޅަށް އަޅާލުމާއި ލޯބި ދެއްވުން މުހިއްމު#UfalunSchoolah pic.twitter.com/iY839w5Ind
ޔުނިސެފާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ "އުފަލުން ސްކޫލަށް" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ޕޯސްޓެއް.
"ބެލެނިވެރިންނަށް ދަންނަވާލާނީ ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވާށޭ. ތި ބޭފުޅުން ކަންބޮޑުވެވަޑައިނުގަންނަވާށޭ. ގޭތެރޭގައި އެ ކުދިން ތިބެތިބެ އެ ކުދިންނަށް ނަފްސާނީ ގޮތުން އެ ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑުވެގެންނޭ މި ދަނީ. އެހެންވީމަ ކުދިން ސްކޫލުގެ މާހައުލަށް ފޮނުވާށޭ އިތުބާރުކުރައްވާފައި. އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކުދިންގެ ކަންތައް ބަލަހައްޓައިދޭނަމޭ،" ސައީދު ވިދާޅުވި އެވެ.
ނިއު ނޯމަލްގައި އިސްކަންދަރު ސްކޫލްގެ ކްލާހެއްގައި ދަރިވަރުން ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އޭނާ ވިދާޅުވީ ސްކޫލުތައް މިހާރު އޮތީ "މަރުވެފައި" ކަމަށެވެ. ސްކޫލު، ސްކޫލަކަށް ވަނީ ދަރިވަރުން ތިބުމުން ކަމަށް ވާތީ އެ ދަރިވަރުން ނެތުމުން ސްކޫލުތަކުގައި އެއްވެސް ދިރުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ކަށަވަރުކުރައްވާށޭ، ޔަގީންކުރައްވާށޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ފިޔަވަޅު އެޅިފައި ހުރިއްޖެއްޔާ އެއީ ސްކޫލުތަކުގެ ތެރޭގައި އެ ފިޔަވަޅުތައް އެޅިފައި ހުރީ،" ސައީދު ވިދާޅުވި އެވެ.
ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފުރަތަމަ ޓާމު ޓެސްޓު އަންނަ މަހުގެ 11 ގައި އަދި 9ގެ ދަރިވަރުންގެ ފުރަތަމަ ޓާމު ޓެސްޓް އަންނަ ނޮވެމްބަރު 4 ގައި ފަށާނެ އެވެ. މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، ގްރޭޑު 8 އިން ދަށުގެ ދަރިވަރުން ކިޔަވަމުން އަންނަނީ ގޭގަ އެވެ.
ސައީދު ވިދާޅުވީ އެހެން ގްރޭޑުތަކުގެ ދަރިވަރުން ވެސް ސްކޫލުގައި ތިބެން ޖެހޭނެ ކަމަށް ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މި އަހަރު އެހެން ގްރޭޑުތަކުގެ ދަރިވަރުންނާ ވެސް ސްކޫލުން ބައްދަލުވާނެ ކަމަށް އުއްމީދުކުރައްވަ އެވެ.
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް
ތިން މަހަށް ފަހު ދަރިވަރުން ސްކޫލުތަކަށް
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ސްކޫލުގައި ކިޔަވައިދޭނީ 4 ދުވަހު ދުވާލަކު 4 ގަޑިއިރު
ފިލާވަޅު ފޯރުކޮށްދޭނީ ޕީއެސްއެމްގެ ޗެނަލަކާއި ޔޫޓިއުބުން
ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
ނާސްތާއަށް 10 މެނޫއެއް، ފުރަތަމަ 25 ސްކޫލެއްގައި
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު