26 ސެޕްޓެމްބަރ 2020
ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މީޑިއާތަކުގެ ވެސް އަމިއްލަ ކަމެއް ކަމަށް ބަލައި، އިސްނަގައިގެން މަސައްކަތް ކުރަން ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި އިސްލާމިކް ޔުނިވާސިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.
ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މީޑިއާތަކުގެ ވެސް އަމިއްލަ ކަމެއް ކަމަށް ބަލައި، އިސްނަގައިގެން މަސައްކަތް ކުރަން ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި އިސްލާމިކް ޔުނިވާސިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.
"ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭ ގޮތުން މީޑިއާ ހޭލުންތެރިކޮށް ބާރުވެރި ކުރުވުން" މި ނަމުގައި ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ވެބިނާގައި އެންސީޓީސީގެ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާ ދެކޮޅަށް، މީޑިއާތަކުން ދައުލަތުގެ ކަމާބެހޭ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަދި ގެވެށި އަނިޔާއާ ދެކޮޅަށް މީޑިއާތަކުން ކުރަމުން އަންނަނީ ފާހަގަކޮށްލެވޭ ވަރުގެ ކެމްޕެއިނެއް ކަމަށެވެ. ނަމަވެސް ހަރުކަަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން މީޑިއާތައް އަދި އަހުލުވެރި ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ނާންނާނެ އިންޓަވިއުއެއް ކޮށްލަން ވެސް، އެހެނެއް ނޫން ވަރަށް ޑައިރެކްޓު ސުވާލުތަކެއް އައިސްދާނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އޭގެ ބަދަލުގައި އެންޓީސީޓީ ވެސްް އިންޓަރެކްޓިވް ގޮތަކަށް، ދެމެހެއްޓެނިވި ގޮތަކަށް އެ މަސައްކަތް ނުކުރާ ނަމަ ހަރުކަަށި ފިކުރާ ދެކޮޅަށް ކުރާ ކަންކަން ރާއްޖެ އަށް ފަތުރައިލަން ވަަރަށް އުނދަގޫވާނެ އެވެ. ރާއްޖެ އަކީ ވަރަށް ތަފާތު ގައުމެއް ކަމަށް ވެފައި ކޮންމެ ރަށަކީ ވަކި މުޖުތަމައަކަށް ވާތީ ރަނގަޅު މެސެޖު ފޯރުކޮށްދޭން އުނދަގޫ ކަމަށާއި ނަަމެވެސް މީޑިއާ އިން އެ މަސައްކަތް ކުރާ ނަމަ އެއީ ފަސޭހަ ކަމަކަށް ވާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
"ޕީސްފުލް މެސެޖެއް، ރަނގަޅު ހެޔޮލަފާ ބަހެއް، މި ކަހަލަ އެއްޗެއް ފެންނަ ކަހަލަ ގޮތަަކަށް ވުން އެއީ ކޮންމެވެސް ތާކު ހުރި ކޮންމެވެސް މީހަކަށް އޭތި ފެނިގެން އެ އަށް ބަލައިގެން މަސައްކަތް ކޮށްފިއްޔާ ވާނެ،" އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ރާއްޖޭގައި އަދިވެސް ބަލައިގަންނަނީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަަސައްކަތް ކުރުމަކީ ވަކި ބަޔަކު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށް އިހުސާސް ކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަކީ ނޫސްވެރިން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގަނެގެން ކުރިއަށް ދާ ނަމަ އެއީ ކޮންމެވެސްް ވަރެއްގެ ކުރިއެރުމަކަށް ވާނެ ކަމަށެވެ.
"މިއީ ވަކި ބައެއްގެ ހެޑޭކެކޭ މިއީ އަހަރެމެންގެ ހެޑޭކެއް ނޫނޭ މި ކަހަކަ ގޮތަކަށް މި މައްސަލަ ނެގިފައި އޮންނަނީ،" އިބްރާހިމް ޒަކަރިއްޔާ ވިދާޅުވި އެވެ.
ހައްދުފަހަނައަޅައިދިއުމާއި ޓެރަރިޒަމްގެ މައްސަލަ އަކީ ހޫނު މައްސަލައެއްގެ ގޮތުގައި ރާއްޖޭގެ މީޑިއާގައި ގެންނަ ކަމަށް ދެކެެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބްރާހިމް ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ދިވެހި މީޑިއާއިން އެގޮތަށް މަސައްކަތް ނުކުރެވޭ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ.
ފުރަތަމަ ސަބަަބަކީ އޭނާ ވިދާޅުވި ގޮތުގައި، ދީނީ ނަސޭހަތް ދިނުމާއި މައުލޫމާތު ފެތުރުމުގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިކުރާ ވާހަކަތައް ވަކިކުރަން ނޫސްވެރިންނަށް ނޭނގުމެވެ. ދެވަނަ ސަބަބަކީ ޓެރަރިޒަމް ހުއްޓުވަން ހާއްސަ ވެގެން ވަކި ބަޔަކު ތިބޭނެ ކަމަށާއި އެ މަސައްކަތް ކުރާނީ އެ މީހުން ކަމަށް މީޑިއާތަކުން ގަބޫލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ މީޑިއާގައި ދައުރުވާ މައުލޫމާތުގައި ހަރުކަށި ފިކުރާއި ސަހައްްހަ މައުލޫމާތާއި ދެމެދު އޮންްނަނީ ވަރަށް ހިމަ ރޮނގެެއް ކަމަށާއި އެ ރޮނގު ފާހަގަކުރަން މީޑިއާތަކުން ދަސްކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ވެބިނާގައި މީޑިއާގެ ތަޖުރިބާކާރުންނާއި ކައުންޓަ ޓެރަރިޒަމްްގެ މާހިރުން ބައިވެރިވެވަޑައިގެން ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ފުލުުހުންގެ އިންޓެލިޖެންސްގެ ބޭފުޅުންނާއި އެންސީޓީސީގެ އިސްބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ.
ހަރުކަށި ފިކުރުގެ ތަހުގީގުތައް އަވަސްކުރަން ފާސްކޮށްފި
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް
އެއްވެސް ޖަމިއްޔާއެއް އުވާލާކަށް ތަރުހީބެއް ނުދެން
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ
ނަފްރަތު ބިލް ކޮމިޓީ ނިންމުމުން ޔައުގޫބުގެ ހުށަހެޅުމެއް
ނަފުރަތު ބިލާ އެމްޑީޕީގެ މެމްބަރަކު ވެސް ދެކޮޅު
ބިލު ހުށަހެޅީ ދީނީ ވިސްނުމަކުން: ހިސާން
ހަރުކަށިފިކުރުގެ ތުހުމަތުކުރެވުނު ބަޔަކު ދޫކޮށްލައިފި
ޖަލަކީ ހަރުކަށިފިކުރުގެ އައްޑާއެއް: ވިސާމް
ޓެރަރިޒަމް ހަމަލާ މަދުކުރަން ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ