Roadha Mihaaru
ޑާކް ރެއިން "ޝޯޓްސް" އަށް ފުރަތަމަ "ދައުވަތު"

ޑާކް ރެއިން "ޝޯޓްސް" އަށް ފުރަތަމަ "ދައުވަތު"

26 ސެޕްޓެމްބަރ 2020

ޑާކް ރެއިން އެންޓަޓައިންމަންޓް ސްޓޫޑިއޯސް އިން ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ޕްރޮޖެކްޓްތަކުގެ ތެރެއިން އެ ތަނުގެ ޔޫޓިއުބް ޗެނެލްގެ "ޝޯޓްސް" އަށް ގެންނަ ފުރަތަމަ ފިލްމު "ދައުވަތު" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓް ސްޓޫޑިއޯސް އިން ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ޕްރޮޖެކްޓްތަކުގެ ތެރެއިން އެ ތަނުގެ ޔޫޓިއުބް ޗެނެލްގެ "ޝޯޓްސް" އަށް ގެންނަ ފުރަތަމަ ފިލްމު "ދައުވަތު" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މިހާތަނަށް އެ ސްޓޫޑިއޯ އިން ގެނެސްދިން ގިނަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމަކީ ސަސްޕެންސުން ފުރިގެންވާ ތުރިލާއެއް ކަމަށް ޑާކް ރެއިނުން ބުންޏެވެ.

މީގެ ކާސްޓްގައި އަހުމަދު ސުނީގެ އިތުރުން އަރަމުން އަންނަ ޒުވާން ބަތަލާ މަރިޔަމް ޝިފާ ވެސް ހިމެނެ އެވެ. ޓީވީ ޕްރެންޓަރެއްގެ ގޮތުގައި ވެސް ފެންނަ ޝިފާ އަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ލަސްވިޔަސް" ގެ ވެސް ބަތަލާ އެވެ.

ޑާކް ރެއިން "ޝޯޓްސް" އާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން ބުނީ ޔޫޓިއުބް ޗެނެލް މެދުވެރިކޮށް ވަރަށް ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދޭނެ ކަމަށާއި މިއީ ޑާރް ރެއިންގެ ވަފާތެރި ފޭނުންނަށް މުޅިން ހިލޭ ގެނެސްދޭ ހަދިޔާތަކެއް ކަމަށެވެ.

މި ވަގުތު ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯގެ ގޮތުގައި ފާހަގަކޮށްލެވޭ ޑާކް ރެއިނުން ފީޗާ ފިލްމުތައް ހެދުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ކުރު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ.

ނަމަވެސް ޔޫޓިއުބް ޗެނެލުން "ޝޯޓްސް" ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ފީޗާ ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ" އާއި "ބަޅިނދު" އާއި "ބީވީމާ" އާއި "ރެހެން ޚަދީޖާ" ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.