04 ސެޕްޓެމްބަރ 2020
ޗެނަލް-13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ބަލާނެ ކަމަށް ބުނެފި އެވެ.
ޗެނަލް-13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ބަލާނެ ކަމަށް ބުނެފި އެވެ.
"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި އެ މީހާ އެހެން ބުނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ވާހަކަ ދެއްކި ތ. ވިލިފުށީ މީހެކެވެ. ސަރުކާރަށް ފާޑުކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ (ކަނޑާލާފައި) " ކަމަށެވެ.
ބްރޯޑްކޮމުން މިރޭ ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް-13 އިން ލައިވްކޮށްފައިވާތީ އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް އެ ތަނުން ބުންޏެވެ.
މި މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ޗެނަލް-13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާއަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.
"ޗެނަލް-13އަކީ އަނިޔާވެރިކަމާއި އާއްމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫނެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ކަންކަމަށް ހިތްވަރުު ދީ، ގާނޫނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ދަންނަވަމެވެ." އެ ޗެނަލުން ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
ޗެނަލް13ގެ ލައިސެންސް ބާތިލްކުރާ ނިންމުން ބަދަލުކޮށްފި
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
"ހަޖަމް"ގެ މައްސަލާގައި ޗެނަލް 13 މާފަށް އެދިއްޖެ
ޗެނަލް13 ގެ ޕްރޮގްރާމެއްގެ މައްސަލަ ބަލަނީ
ޗެނަލް 13 މާފަށް އެދެން ބްރޯޑްކޮމްއިން އަންގައިފި
ދެވަނަ ފުރުސަތުގައި ވެސް ޗެނަލް-13އިން ޖަވާބެއްނުދިން
ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
މަސްލަހަތު ގެއްލޭ ކަންކަން ޕާޓީތަކުން ނުކުރަން އެދެފި