23 އޮކްޓޯބަރ 2024
މީގެ 11 ވަރަކަށް އަހަރު ކުރިން ފެށި ޗެނަލް13 ގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ފެށުމަށް ފަހު، އެ މަސައްކަތް ހުއްޓާލަން މިއަދު ނިންމައިފި އެވެ.
މީގެ 11 ވަރަކަށް އަހަރު ކުރިން ފެށި ޗެނަލް13 ގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ފެށުމަށް ފަހު، އެ މަސައްކަތް ހުއްޓާލަން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން "މިހާރު" އަށް ވިދާޅުވީ ޗެނަލް13 ގެ ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ފެށީ އެ ޗެނަލް ހިންގާ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އުވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާތީ ކަމަށެވެ.
އެ ކުންފުނީގެ ހިއްސާދާރުންނަކީ މި ސަރުކާރުގެ މަގާމެއްގައި ހުންނެވި އަހުމަދު ނާސިފް (ޑީޑީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ އެވެ.
ކުންފުނީގެ އަހަރީ ފީ ނުދައްކާ ކަމަށް ބުނެ ކުންފުނި އުވައިލުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ވެސް އެ ޗެނަލް ހިންގާތީ އެކަމުގެ ޝަކުވާ ބްރޯޑްކޮމަށް ހުށަހެޅުއްވީ މެނޭޖިން ޑިރެކްޓަރު ނާސިފު އެވެ.
އެކަމަކު، އޭނާ އަށް "މިހާރު" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކޮމެންޓެއް ނުލިބުނެވެ.
ފަޒީން ވިދާޅުވި ގޮތުގައި ނާސިފްގެ ޝަކުވާއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އެކަން ސާފު ކުރަން ހުށަހެޅުމުން ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން، ކުންފުންޏެއް ވައިންޑިން އަޕް ސްޓޭޓަސް އަށް ބަދަލުކުރުމާ އެކު، ދައުލަތުގެ އެކި އިދާރާތަކުން ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސްތައް ބާތިލުކުރަން ޖެހޭ ކަމަށް އެ މިނިސްޓްރީއަށް ފެންނަ ކަމަށް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
"އެގޮތުގެ މަތިން ލައިންސަސް އުވާލުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ. އަދި ޖަވާބުދާރީވުމުގެ ފުރުސަތު ދިނީ. މިއަދު ޗެނަލް13 ގެ ފަރާތުން އަޅުގަނޑުމެންނާ ވަނީ ބައްދަލު ކޮށްފައި،" ފަޒީން ވިދާޅުވި އެވެ.
ފަޒީން ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ޗެނަލް13 އިން ހާޒިރުވިއިރު، މީޑިއާ ރިންގް މިހާރު އޮތީ ވައިންޑިން ލިސްޓަގައި ނޫން ކަމަށާއި އޭގެ ބަދަލުގައި އޮތީ ކުންފުނިތަކުގެ ލިސްޓުގައި ކަމަށެވެ. އެހެންވެ، ލައިސަންސް އުވަލުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު، ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން ކޮމިޝަންގެ ބައްދަލުވުމަށް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާ ރިންގް "ވައިންޑިން އަޕް" ސްޓޭޓަސް އިން "ރެޖިސްޓާޑް" ސްޓޭޓަސްއަށް ބަދަލުވެފައިވާތީ ޗެނަލް13 ލައިސަންސް ބާތިލް ކުރުމުގެ މައްސަލައަށް އަންނަ ހަފުތާގެ ކޮމިޝަންގެ ބައްދަލުވުމަށް އެޖެންޑާކޮށް އެ މައްސަލަ އަށް ގޮތެއް ނިންމޭނެ،" ފަޒީން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މީޑިއާ ރިންގް ކުންފުނި ވައިންޑިން ލިސްޓްގައި ހިމެނީ އިކޮނޮމިކް މިނިސްޓްރީ އަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. އެހެންވެ، އަހަރީ ފީ ދެއްކި ކަމުގެ ސްލިޕްތައް ކުންފުނީގެ ފަރާތުން އެ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ.
ޗެނަލް13 އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި މިހާރު ހިންގާ ޓީވީ ސްޓޭޝަނެކެވެ. އެއީ އެ މަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާތަކާއި އިވެންޓްތައް ވެސް ލައިވްކޮށް ގެނެސްދޭ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ޗެނަލެކެވެ.
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ދެވަނަ ފުރުސަތުގައި ވެސް ޗެނަލް-13އިން ޖަވާބެއްނުދިން
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އަންގައިފި
ޗެނަލް 13 ޖަވާބު ދާރީވާން ބްރޯޑްކޮމުން އަންގައިފި
އަމްޖަދު ބްރޯޑްކޮމްއަށް އައްޔަންކޮށްފި
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި