Roadha Mihaaru
ގާނޫން އަސާސީން އުފެއްދި އެންމެ ބާރުގަދަ މަގާމަކީ ޕީޖީ

ގާނޫން އަސާސީން އުފެއްދި އެންމެ ބާރުގަދަ މަގާމަކީ ޕީޖީ: ރިއްފަތު

04 ސެޕްޓެމްބަރ 2020

ނުުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން ސަލާމަތް ކުރުމަށް، ގާނޫނު އަސާސީން އުފެއްދި އެންމެ ބާރުގަދަ އަދި މުހިއްމު މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނުުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން ސަލާމަތް ކުރުމަށް، ގާނޫނު އަސާސީން އުފެއްދި އެންމެ ބާރުގަދަ އަދި މުހިއްމު މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި، ޕީޖީ ހުސެން ޝަމީމް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ރިއްފަތު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ ބުރަ އަދި ބޮޑު މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޝަމީމާއި އެ އޮފީހުގެ މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.

އަހަރީީ ދުވަހުގެ މުނާސަބަތުގައި ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ އެތަނަކީ އަބަދު ވެސް، ހުރިހާ ހާލަތެއްގައި ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ. އަދި އިތުބާރާ އެކު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްދޭ، ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ހެދުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވަނީ، 2008 ވަނަ އަހަރު އެ މުއައްސަސާ ހުޅުވި އިރު އަދި އެންމެ ފުރަތަމަ ޕީޖީގެ މަގާމު އަދާކުރެއްވި އަހުމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މުއައްސަސާ ކުރިއެރުވުމަށް މުއިއްޒު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.