03 ސެޕްޓެމްބަރ 2020
ކޭޕް ޓައުން (ސެޕްޓެމްބަރު 3) - ސައުތު އެފްރިކާގެ ކޮވިޑް ފަންޑުން "ފިތްކަނޑައިގެންދާވާރުގެ" ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެ ގައުމުގެ އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.
ކޭޕް ޓައުން (ސެޕްޓެމްބަރު 3) - ސައުތު އެފްރިކާގެ ކޮވިޑް ފަންޑުން "ފިތްކަނޑައިގެންދާވާރުގެ" ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެ ގައުމުގެ އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ކިމީ މަކްވެޓޫ ވިދާޅުވީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ގަތުމަށް ފަސް ގުނަ އަގުބޮޑުކޮށް ހޭދަކޮށްފައިވާ ކަމަށެވެ. އޮޑިޓަ ޖެނެރަލް ބަލަމުންދަނީ ސައުތު އެފްރިކާގެ ކޮވިޑް ފަންޑަށް ކަނޑައެޅި 500 ބިލިއަން ރޭންޑް (26 ބިލިއަން ޑޮލަރު) ހޭދަކުރި ގޮތެވެ. ކޮވިޑް ފަންޑަށް ކަނޑައަޅާފައި ވަނީ ސައުތު އެފްރިކާގެ ޖީޑީޕީގެ 10 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.
ކޮވިޑް ފަންޑުން ހޭދަ ކުރަން ހަމަޖައްސާފައި ވަނީ ސިއްހީ ސާމަނު ގަތުމަށާއި ކޮރޯނާވައިރަހުގެ ސަބަބުން ދަތި ހާލުގައި އުޅޭ މީހުންނަށް އެހީވުމަށާއި ކުދި ވިޔަފާރިތަކަށް އެހީވުމާއި ވަޒީފާ ގެއްލޭ މީހުންނަށް އިނާޔަތް ދިނުމަށް އަދި ދަނޑުވެރިންނަށް އެހީވުމަށެވެ. އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ގޮތުން ފަންޑުގެ އެހީ ލިބުނު 30،000 މީހުންގެ މައްސަލަ އަލުން ބަލަން ޖެހެ އެވެ. ވަޒީފާ ގެއްލޭ މީހުންނަށް މަހަކު 350 ރޭންޑް ދިނުމަށް ސައުތު އެފްރިކާ އިން ނިންމީ މެއި މަހު އެވެ.
ކޮވިޑް ފަންޑުގެ ކޮރަޕްޝަނުގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ އޮފިޝަލުން އިސްތިއުފާ ދިނުމަށް މިހާރު ވަނީ އަންގައިފަ އެވެ.
އޮޓިޑަ ޖެނެރަލް ވިދާޅުވެފައި ވަނީ ފަންޑުގެ ކޮރަޕްޝަނުގެ ފުރިހަމަ ރިޕޯޓް ނޮވެމްބަރު މަހު ނެރޭނެ ކަމަށެވެ.
ސައުތު އެފްރިކާ އިން ވަނީ 630,595 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 14,389 މީހުން މަރުވެފަ އެވެ.
އިމްޕީޗްގެ ބިރު އޮތަސް ރާމަފޯސާ އިސްތިއުފާ ނުދެއްވާނެ
ދެކުނު އެފްރިކާގެ ރައީސަށް އިމްޕީޗްގެ ބިރު
ޖެކޮބް ޒޫމާ އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް
އަޅުގަނޑަކީ "ކޮރަޕްޝަނުގެ ރަސްގެފާނެއް" ނޫން: ޒޫމާ
ސައުތު އެފްރިކާގެ ކުރީގެ ރައީސް ކޯޓަށް ހާޒިރުކޮށްފި
ކުރީގެ ރައީސް ޒޫމާ އަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ
ޒޫމާއާ ގުޅުން އޮންނަ ވިޔަފާރިވެރިއެއްގެ ގެ ބަލާ ފާސްކުރަނީ
ޖަލަށްދާން ޖެހިދާނެތީ ޖެހިލުމެއް ނުވޭ: ރައީސް ޒޫމާ
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
އޭސީސީން އެދުނު ހުރިހާ ލިޔުމެއް ހިއްސާކޮށްފިން: ހީނާ