Roadha Mihaaru
ރަސްމާދޫ ބަނދަރު ހަދަން ފަށައިފި

ރަސްމާދޫ ބަނދަރު ހަދަން ފަށައިފި

31 އޯގަސްޓް 2020

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ މެޝިނަރީތައް އެ ރަށަށް ގެންގޮސް މޮބިލައިޒް ކޮށްފައިވަނީ މިދިޔަ މަހުގެ 26ގަ އެވެ.

މި މަޝްރޫއުގެ ދަށުން 9،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. އަދި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އިން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މި މަޝްރޫއަށް 21.97 މިލިއަން ރުފިޔާ ހަރަދުވާނެ ކަމށް އެމްޓީސީސީން ލަފާ ކުރެ އެވެ.