Roadha Mihaaru
އިންސްޓަގްރާމްގައި ފޭކް ލައިކް ވިއްކާތީ ދައުވާކުރަނީ

އިންސްޓަގްރާމްގައި ފޭކް ލައިކް ވިއްކާ މީހުންނަށް ދައުވާކުރަނީ

30 އޯގަސްޓް 2020

އިންސްޓަގްރާމްގައި ފޭކް ލައިކް ވިއްކާ ޑިވެލޮޕަރުންނަށް ދައުވާކުރަން ނިންމައި ފޭސްބުކުން ނިކޮލީ ހޯޕާ ކިޔާ މީހަކަށް ދައުވާކުރަން އެމެރިކާގެ ސެން ފްރަންސިސްކޯގެ ފެޑެރަލް ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމްގައި ފޭކް ލައިކް ވިއްކާ ޑިވެލޮޕަރުންނަށް ދައުވާކުރަން ނިންމައި ފޭސްބުކުން ނިކޮލީ ހޯޕާ ކިޔާ މީހަކަށް ދައުވާކުރަން އެމެރިކާގެ ސެން ފްރަންސިސްކޯގެ ފެޑެރަލް ކޯޓަށް ހުށަހަޅައިފި އެވެ.

އިންސްޓަގްރާމް ހިންގާ ފޭސްބުކުން ބުނީ ބުނީ ފޭކް ލައިކްސް ވިއްކުން އެ ކުންފުނީގެ އުސޫލުތަކާ ހިލާފު ކަމަށާއި އެކަން ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތާއި އެމެރިކާގައި ފޭކް އިންސްޓަގްރާމް ލައިކްސް ވިއްކާ ޑިވެލޮޕަރުންނަށް ދައުވާކުރާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

މި މައްސަލާގައި ދައުވާކުރި ނިކޮލީއާ ބެހާ ގޮތުން ފޭސްބުކުން ބުނީ "ފޭކް އެންގޭޖްމަންޓް ސާވިސް" އެއްގެ ގޮތުގައި "ނަކުރުތުކާ" ގެ ނަމުގައި އޭނާ ފޭކް އިންސްޓަގްރާމް ލައިކްސް ވިއްކާ މައްސަލަ ބޮޑުވެގެން އޭނާގެ ބައެއް އެކައުންޓްތައް ކުރިން ވެސް ބޭނުންނުކުރެވޭ ގޮތް ހަދާފައިވާނެ ކަމަށެވެ.

"އެކަމަކު އޭނާ ދަނީ ތަފާތު އެކި ވެބްސައިޓްތައް މެދުވެރިކޮށް މިކަން ކުރަމުން. މި މައްސަލާގައި އަހަރެމެން ކުރިން ވެސް ވާނެ އުސޫލުތަކާ ހިލާފުވާ ކަމަށް ބުނެ ނިކޮލީ އަށް އިންޒާރު ދީފައި." ފޭސްބުކުން ބުންޏެވެ.

ނިކޮލީއާ ދެކޮޅަށް ފޭސްބުކުން ކޯޓަށް ހުށަހެޅި މައްސަލާގައިވާ ގޮތުން އޭނާ ދަނީ އިންސްޓަގްރާމް.ބައި އާއި ނަކްތުރުތުކާ.ސީސީ. ފަދަ ނަންތަކުގައި ފޭކް އިންސްޓަގްރާމް ފުޅާ ދާއިރާއެއްގައި ލައިކްސް ވިއްކަމުންނެވެ. މި ސައިޓްތަކަށް ސައިންއަޕްވެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ފޭކް ފޮލޯވަރުން އިތުރުކޮށް ލައިކްސް އާއި ކޮމެންޓާއި ވިއު ވެސް ހޯދެ އެވެ. އަދި މިކަމަށް ނަގާ އަގުތަކަށް ބަލާއިރު ކޮންމެ ޓްރާންސެކްޝަނަކަށް 22.70 ޑޮލަރުން ފެށިގެން އެކި ރޭޓްތަކުގައި ޗާޖްކުރެ އެވެ.

ފޭސްބުކުން ބުނި ގޮތުގައި ނިކޮލީގެ މި މަސައްކަތަކީ އިންސްޓްގަރާމް ބޭނުންކުރާ މީހުންނަށް "ޗީޓް އިންސްޓްގްރާމް" އަށް ހިތްވަރު ދިނުމެވެ. އަދި މިކަމާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތެއްކޮށް، އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއީޒު ފަދަ ނަގާ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދޭން ދައުވާކުރާނެ އެވެ.

ފޭސްބުކުން ނިކޮލީ އަށް ދައުވާކުރި އިރު ފޭސްބުކް އަޔަލެންޑުން ހަމަ މިފަދަ މައްސަލަތަކެއްގައި މޮބިބާން އާއި އޯކްސްމާޓް ޓެކްނޮލޮޖީޒް އާއި އެ ކުންފުނީގެ ވެރިޔާ ފާތިލް ހަލްތާސް އަށް ދައުވާކުރަން ހައި ކޯޓް އޮފް ޖަސްޓިސް އަށް ވަނީ ހުށަހަޅައިފަ އެވެ.