26 އޯގަސްޓް 2020
މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވާ އާއްމު މާރުކޭޓުތަކުގެ މައްސަލަ ހައްލު ކުރެވޭނީ އެކަމާ ގުޅޭ ގަވާއިދެއް ހަދައިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވާ އާއްމު މާރުކޭޓުތަކުގެ މައްސަލަ ހައްލު ކުރެވޭނީ އެކަމާ ގުޅޭ ގަވާއިދެއް ހަދައިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ނުތިބެވޭގޮތަށް ސިޓީ ކައުންސިލުން ހެދުމުން އެ ތަންތަނުގައި މަސައްކަތް ކުރި ގިނަ ބިދޭސީން ވަނީ މާލޭގެ އެކި ތަންތަނުގައި އަމިއްލަ މާރުކޭޓުތައް ހުޅުވައިފަ އެވެ. މީގެ ސަބަބުން ދިވެހިންގެ ވިޔަފާރިއަށް އަސަރުކޮށް، ގިނަބައެއްގެ ފާޑު ކިޔުން ސަރުކާރަށާއި ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފަ އެވެ.
ޝިފާ ވިދާޅުވީ މި ވަގުތު އެކި ސަރަހައްދުތަކުގައި މާރުކޭޓުތައް ހުޅުވައިގެން ވިޔަފާރި ކުރެވެނީ ގާނޫނުގައި އޮތް ހުސްކަމެއްގެ ތެރެއިން ކަމަށެވެ. އަދި މި ފުރުސަތު ހަނިކުރުމަށް މި ވަގުތު އާއްމު މާރުކޭޓު ހިންގުމުގެ ގަވާއިދެއް ބޭނުންވާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވި އެވެ.
"ކުރިން އަޅުގަނޑުމެން ހުއްދަ ދިން އިރު ކުދި ތަންތަނުގައި ވިޔަފާރި ކުރުމަށް ހުއްދައެއް ނުދެން. އެކަމަކު ފަހުން ހެދި ގާނޫނުގެ ސަބަބުން ބޭނުން ތަނެއްގައި ވިޔަފާރި ކުރުމުގެ ހުއްދަ އެބަލިބޭ. މިކަންތައް ހައްލު ކުރުމަށް މިހާރު ގަވާއިދެއް ހެދުމުގެ މަސައްކަތް އެބަދޭ ކުރިއަށް،" ޝިފާ ވިދާޅުވި އެވެ.
މާލޭގެ ގެއެއްގައި ހަދާފައި ހުރި މާރުޚޭޓު ގޯޅިއެއް-- ފޮޓޯ: މިހާރު
ސިޓީ ކައުންސިލުން ވަނީ މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ބެލުމަށް "މާސް އިންސްޕެކްޝަން"އެއް ވެސް ހިންގައިފަ އެވެ. މި އިންސްޕެކްޝަންގައި ގަވާއިދާ ހިލާފަށް ހުޅުވާފައި ހުރި ތަންތަން ދެނެގަނެ އެ ތަންތަނުގެ ނަން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. ގާވައިދާ ހިލާފަށް ހުޅުވާފައި ހުރި ތަންތަން ބަންދު ކުރުމަށް ބާރު އަޅުއްވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވިގޮތުގައި މާލެ ތެރޭގައި ގިނަ މާރުކޭޓުތަކެއް ހުޅުވުނީ ކޮވިޑް-19ގެ ސަބަބުން ލޯކަލް މާރުކޭޓު ސަރަހައްދަށް ދާން ގިނަ ބަޔަކު ފަސްޖެހުމުންނެވެ. މާލެ ތެރޭގައި މާރުކޭޓުތައް ހުރުމަކީ ރައްޔިތުންނަށް ފަސޭހަވާނެ ކަމެއް ކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ އެފަދަ މާރުކޭޓުތައް ހުންނަން ޖެހޭނީ ވަކި ގަވާއިދަކަށް ކަމަށެވެ. އަދި މި މާރުކޭޓުތަކުގައި ވެސް ހިދުމަތް ދޭން އިސްކޮށް ތިބެން ޖެހޭނީ ދިވެހިން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު މާރުކޭޓުތައް ހިންގަނީ ދިވެހިންނާ ގުޅިގެންނެވެ. ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީ ކުރުމަށްފަހު ވިޔަފާރި ކުރުމުގެ ކަންތައްތައް ބިދޭސީންނާ ހަވާލު ކުރާ ކަމަށް އެފަދަ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ބުނެ އެވެ.
މާރުކޭޓް ގޮޅި ސިޔާސީ މީހުންނަށް ނުދީ: ވިޔަފާރިވެރިން
ގަވާއިދާ ހިލާފު ބިދޭސީންނަށް ދެން މަސައްކަތް ނުކުރެވޭނެ
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ
ބިދޭސީން ހިންގާ ތަންތަން ހޯދަން ކައުންސިލް ނުކުމެއްޖެ
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ގަވައިދާ ހިލާފު ބިދޭސީންނަށް ކައުންސިލުން ވަޒީފާދީފައި!
އިމާރާތް ވެއްޓުނީ ދިރިނޫޅެން އަންގާފައި ވަނިކޮށް
ޕާކުތަކަށް ވަންނަ ބިދޭސީންނަށް15-500ރ. ގެ ފީއެއް
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި