25 އޮކްޓޯބަރ 2016
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކޮށްފައިވާ ހދ. ނާގޯށި ނެގުމަށް ފަހު އެ ރަށް އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކޮށްފައިވާ ހދ. ނާގޯށި ނެގުމަށް ފަހު އެ ރަށް އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. ނެއްލައިދޫގެ ބަނދަރު ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންކަމުން، އެމްޓީޑީސީ އަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ އެ ރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް، އަމިއްލަ އިންވެސްޓަރުން ހޯދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނާގޯށި ތަރައްގީކުރާނެ އަމިއްލަ އިންވެސްޓަރެއް އެބަހުރި ކަމަށެވެ. އެ ރަށް ތަރައްގީކުރުމުގެ ގާބިލްކަން އެ ފަރާތުގެ ކިބައިގައި އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އެ އިންވެސްޓަރާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ނުދެއްވަ އެވެ.
އެމްޓީޑީސީން ސަބްލީސްކޮށްގެން ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ ރިސޯޓުގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލްއާ އެވެ. އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭއިން 2011 ގައި ސޮއިކުރުމަށް ފަހު ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. ނަމަވެސް، އަދިވެސް އެ ރަށުގެ މަސައްކަތް ނުނިމެ އެވެ.
ނާގޯށި އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވޭނެ ކަމަށް އެމްޓީޑީސީން މި އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފެއްދި އެމްޓީޑީސީ އަށް ގިނަ އަދަދެއްގެ ރަށް ދިނެވެ. ނަމަވެސް، އެއިގެ ތެރެއިން ތަރައްގީ ކުރެވުނީ ވަރަށް މަދު ރަށެކެވެ.
ގިނަ އާ ރިސޯޓުތަކެއް މި އަަހަރުގެ މިހާތަނަށް ވަނީ ހުޅުވާފަ އެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގާތްގަނޑަކަށް އިތުރު ނުވަ ރިސޯޓު ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން، އަންނަ އަހަރު ވެސް އިތުރު 20 ރިސޯޓު ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ.
ނެއްލައިދޫން މިނިސްޓަރު ގެންދިޔައީ ހިޔާލީ ރިސޯޓަކަށް!
ނާގޯށި ތަރައްގީކުރަން ދުބާއީ ކުންފުންޏަކާ ހަވާލުކުރަނީ
ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ނާގޯށި ވިއްކާލަނީ
ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓް ހުޅުވައިފި
މި އަހަރު 25 އާ ރިސޯޓް ހުޅުވަނީ
ކުޑަމުރައިދު އާއި ހޮނޑާފުށީގެ މައްސަލަ ހައި ކޯޓަށް
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ
ނާގޯށީގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި