23 އޯގަސްޓް 2020
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިރެއިން ފެށިގެން 8:00 އިން ފެށިގެން ކޮންމެ ރެޔަކު ނުވަ ގަޑި އިރަށް ވެހިކަލް ދުއްވުން މަނާކޮށް، އެ އެންގުމަށް އަމަލުނުކުރާ މީހުން ޖޫރިމަނާކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމުމާ އެކު ހިތްހަމަނުޖެހި ޝޯޝަލްމީޑިއާގައި ޝަކުވާތައް އޮއްސާލައިފި އެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިރެއިން ފެށިގެން 8:00 އިން ފެށިގެން ކޮންމެ ރެޔަކު ނުވަ ގަޑި އިރަށް ވެހިކަލް ދުއްވުން މަނާކޮށް، އެ އެންގުމަށް އަމަލުނުކުރާ މީހުން ޖޫރިމަނާކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމުމާ އެކު ހިތްހަމަނުޖެހި ޝޯޝަލްމީޑިއާގައި ޝަކުވާތައް އޮއްސާލައިފި އެވެ.
އެޗްޕީއޭ އާއި ފުލުހުން ރޭ އިއުލާންކުރި ނިންމުން، ގިނަ ބަޔަކު ސިފަކުރަނީ އެކަށީގެންވާ ފިޔަވަޅަކަށް ނުވިސްނައި ރައްޔިތުންނަށް ޖެއްސި އުނދަގުލެއްގެ ގޮތުގަ އެވެ. ކޮވިޑް-19 އެންމެ ބާރަށް ފެތުރެނީ ވަކި ގަޑިތަކެއްގައި ވެހިކަލްތަކުގައި ދަތުރުކުރުމުންތޯ ސުވާލު އުފައްދައި އެ ނިންމުމަށް ދަނީ ޖޯކު ޖަހަމުންނެވެ.
ވެހިލްތައް ރޭގަނޑު އަށަކުން މަނާކުރިޔަސް 10 ޖަހަންދެން ފައިމަގުގައި އުޅެވެ އެވެ. އަދި، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ރޭގަނޑު 9:30 ވަންދެން ހުޅުވާފައި ބެހެއްޓެވެ.
"ފިހާރަތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށްފައި ގެއަށް ދާނީ ކިހިނެއްތޯ؟ ވިސްނުންތެރިކަމެއް ނެތީތޯ؟ ހިނގާފައި ހުޅުމާލެއަށް ވެސް ދާންވީތޯ؟ ޓެކްސީ ލާރި ތި ބޭފުޅުން ދޭނަންތޯ؟،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުން ޓެގުކޮށް ޓްވީގައި މީހަކު ޝަކުވާ ކުރި އެވެ.
އޭނާ އެދިފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ނަމުގައި ވިސްނުންތެރިކަމެއް ނެތި އަޅާ ފިޔަވަޅުތަކުން ރައްޔިތުން އިތުރަށް ނިކަމެތި ނުކުރުމަށެވެ. ސައިކަލް ދުއްވުން 8 ޖަހާއިރު ހުއްޓުވާފައި ފިހާރަތައް ރޭގަނޑު 9:30 އަށް ހުޅުވާފައި ބެހެއްޓުމަކީ ހަމަޖެހޭ ނިންމުމެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ.
Makes no sense to close shops at 9:30 but cannot drive vehicles from 8:00 onwards..people finishing work at 9;30 supposed to walk back to their homes? Atleast get peoples opinions on this before implementing, clearly you guys are not capable of making sensible guidelines
— who.knows (@whoknow38538461) August 23, 2020
އެކަކު ޓުވިޓާގައި އެހީ، "މިއީ، ޓަސްލާފައި ކާކަށް އަންނަ ހިޔާލުތަކެއްތޯ" އެވެ. ކޮވިޑް ކޮންޓްރޯލްކުރުމުގައި ސިއްހީ މާހިރުންނާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް އެކުލަވާލާފައި އޮތަސް ނިންމުންތައް ހަރުދަނާ ނުވުމުގެ ފަހަތުގައި، ގޯސްތައް ހުރި ކަމުގެ ތުހުމަތު އޭނާ ކުރި އެވެ.
ރައްޔިތުންގެ ހިޔާލު ނުހޯދައި، ވިޔަފާރިތަކަށް ގެއްލުންވެ، އާއްމުންނަށް ތަކުލީފު އުފުލަން ޖެހޭ ގޮތަށް ނިންމި ނިންމުމާ މެދު ފާޑުވިދާޅުވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ރައްޔިތުންނަށް ޖެއްސުންކުރަން އެޗްޕީއޭ އިން އުޅޭހެން ބައެއް ފަހަރު ހީވާ ކަމަށެވެ. ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އެޗްޕީއޭގެ ނުކުޅެދިފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"މިކަހަލަ ކަންކަން ކުރުމުގެ ބަަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް،" އުޝާމް ވިދާޅުވި އެވެ.
ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް. https://t.co/NCBY2NX9CW
— Ahmed Usham (@a_usham) August 22, 2020
ކޮވިޑް ފެތުރުން ހުއްޓުވަން މާސްކް އެޅުން މަޖުބޫރުކޮށްފައިވާ އިރު، އެ އުސޫލަށް އަމަލުނުކުރާ މީހުން 1،000ރ. އިން ޖޫރިމަނާކުރެ އެވެ. މިރޭ އަށަކުން ފެށިގެން ވެހިކަލްތަކުގައި ދަތުރުކުރާ ނަމަ ވެސް ޖޫރިމަނާ ކުރަން ނިންމީ، އާއްމުންގެ އަތުން އަނެއްކާވެސް ދައުލަތަށް ފައިސާ ވައްދަން ކަމުގެ ހިތްހަމަނުޖެހުން ވެސް އެބަހުއްޓެވެ.
Dear MP, Plz bring up this issue to Majlis. This is no laughing matter. Our small businesses n shops will be ruined if such stupid decisions are made. We will not have customers after 8pm. We are already in debt n can’t pay huge shop rents n we are barely surviving
— omega (@omegaohmz) August 22, 2020
ކޮވިޑް-19 ހުއްޓުވަން ހަތަރު މަހެއްހާ ދުވަހު މާލެ ލޮކްޑައުންކުރަން ޖެހުމާ އެކު ގިނަ ވިޔަފާރިތަކެއް އިނދަޖެހި، ރައްޔިތުންގެ އަތްމަތިދަތި ދަތިވެފައިވާ ކަމުގެ މާޔޫސްކަން ބޮޑެވެ. މި ހާލަތުގައި، ކޮވިޑް ހުއްޓުވަން ތަންފީޒީ އިދާރާތަކުން އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ބަހައްޓައި އާއްމުން ޖޫރިމަނާކުރުމުގެ ވިސްނުން އެއް ބަޔަކަށް ބަލައެއް ނުގަނެވެ އެވެ.
އެޗްޕީއޭގެ ނިންމުމަކީ ކުދި ވިޔަފާރިތައް އިތުރަށް އިނދަޖެހޭނެ ކަމެއް ކަމުގެ ކަންބޮޑުވުމާ އެކު އުޝާމްގެ ޓުވީޓަށް ޖަވާބުދިން އެކަކު އެދިފައި ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް ހައްލެއް ހޯދައިދެއްވަން މަސައްކަތް ކޮށްދެއްވުމަށެވެ.
އުސޫލުތައް ކަނޑައަޅާއިރު ވަށައިޖެހޭގޮތައް ތަރުތީބު ކުރާނަމަ، ރައްޔިތުންނަށް ދިމާވާ ތަކުލީފު ކުޑަ ނުވާނެތޯ؟
— Ahmed Rasheed (@aaru_thundi) August 22, 2020
ފިހާރަތައް 9:30އަށް ހުޅުވުން ހުއްދަ، ކޭޝިއަރކުއްޖާ ގެއަށް މިޖެހެނީ ބޮޑު ޖޫރިމަނާއެއް ބޮލުގައި އަޅައިގެން. އެވެސް ކޮންމެ ރެއަކު. މަސް ނިމޭއިރު 30K ޖޫރިމަނާ. ވަރައްދެރަ.
އެޗްޕީއޭގެ ނިންމުމާ މެދު ނުރުހުންވެ މީހަކު ކުރި ޓުވީޓެއް.
ވެހިކަލް މަނާކުރި ނިންމުމަށް ފާޑުކިޔާ މީހުންނަށް ރައްދު ދޭ މީހުން ބުނިގޮތުގައި ކަމުދާ އެއްގޮތެއް ވެސް ނޯވެ އެވެ. ބަލި ފެތުރި ކޮންޓްރޯލް ނުވުމުގެ ބިރު އޮވެ ފިޔަވަޅު ނާޅާކަމަށް ޝަކުވާ ކުރަނިކޮށް އެޅި ފިިޔަވަޅު ގޯސްވެ ވާހަކަ ދެއްކުމަކީ ބަލި ކޮންޓްރޯލް ކުރެވިދާނެ ގޮތެއްތޯ އެއް ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
ފުލް ލޮކްޑައުން ކުރެވޭކަށް ނެތް
— ނައިބުތުއްތު (@naibuthuthu3) August 23, 2020
ރޭގަޑު10 އިން ފަތިހު5 ލޮކްޑައުން ކަމުނުދޭ
ރޭގަޑު8 އިން ފަތިހު 5ވެހިކަލް ދުއްވުންމަނާކުރުން ކަމުނުދޭ
HPA Guidelines ތަކާ އެެއްގޮތަށް ރައްޔިތުން އަމަލުނުކުރޭ،ކޮވިޑް މަދުނުވޭ
ދެންހަދަންވީ މޮޅުގޮތެއް ބުނެދީފިއްޔާ ރަގަޅު ފާޑުނުކިޔެ https://t.co/vn98gW7sP5
ޓުވިޓާގައި ހަރަކާތްތެރި، ނައިބު ތުއްތު އެދުނީ ފާޑުނުކިޔައި "ދެން ހަދަންވީ މޮޅު ގޮތެއް" ބުނެދޭށެވެ. ފުލް ލޮކްޑައުން ކަމުނުދާއިރު، ދެން އަޅާ ފިޔަވަޅުތަކަށް ފާޑުކިއުން އޮއްސާ މީހުން މޮޅު ހިޔާލު ދޭންވާނެ ކަމަށް އޭނާ ދެކެ އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި ރޭގަނޑު 8 އިން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރުމުގެ އިތުރުން ކުށް ތަކުރާރުކުރާ ނަމަ ވެހިކަލް ޓޯކުރާނެ އެވެ. އެ ވެހިކަލެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭ އިން އާއްމުކުރާ ހިސާބުތަކުން ފެންނަނީ ބަލި ކޮންޓްރޯލްނުވެ، އިތުރުވަމުންދާ ކަމެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅޭއިރު، އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އަދަދު އުޅެނީ 160 އިން މަތީގަ އެވެ.
ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ. ބަލި އިތުރުވަމުންދާއިރު އެޗްޕީއޭ އިން ހަރުދަނާ ފިޔަވަޅުތައް އަޅަން ނުކުޅެދިފައިވާ ކަމުގެ ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ. ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްވުމާއި ޕޮޒިޓިވްވާ މީހުންނާ ހިންގާ މުއާމަލާތްތަކުގައި އިދާރީ އޮޅުންބޮޅުންތައް ގިނަވެ އެޗްޕީއޭ އަށް ވާނުވާ ނޭނގޭ ކަމުގެ ޝަކުވާވެސް ދަނީ ކުރަމުންނެވެ.
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
މާސްކު އެޅީމަ އަތް ދޮންނަން ހަނދާން ނެތިއްޖެ؟
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
އެޗްއީއޯސީގައި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެއްޖެ
އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖައްސަނީ
ކޮވިޑްގެ ބަލި މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް
ބޮޑެތި ޕްރެޝަރުތަކާއެކު މިނިސްޓަރު ނަސީމް މީޑިއާއަށް
ކާފިއު ގަޑީގައި ނުކުތް 731 މީހަކު ޖޫރިމަނާކުރި
ވެކްސިނަށް ހޭލުންތެރިކުރަން ސިޓީ ކައުންސިލުން ތެދުވެއްޖެ
އެއް ހަފުތާތެރޭގައި 3،000 މީހުންނަށް ކޮވިޑް ޖެހުނު