20 އޯގަސްޓް 2020
އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަަމަށާއި އެހެންވެ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް ޕްރެކްޓިސް ފެށޭނެ ގޮތެއް މަގުފަހިކޮށްދޭން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ މާޒިޔާ އިން އެދިއްޖެ އެވެ.
އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަަމަށާއި އެހެންވެ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް ޕްރެކްޓިސް ފެށޭނެ ގޮތެއް މަގުފަހިކޮށްދޭން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ މާޒިޔާ އިން އެދިއްޖެ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ހިމެނެނީ މާޒިޔާގެ އިތުރުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެންނާއީ ސިޓީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ރާއްޖޭން އޭއެފްސީ ކަޕް މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ ސްޕޯޓްސް މިނިސްޓްރީގެ އެހީއާ އެކު އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަންގާފައިވާތީ އަދި ކްލަބްތަކުގެ ޕްރެކްޓިސް ފެށޭކަން ނެތެވެ. އެފްއޭއެމް އިން "މިހާރަ"ށް ދާދި ފަހުން ބުނީ އަލުން ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އުއްމީދަކީ ހަފްތާއެއްހާ ދުވަސްތެރޭ ޕްރެކްޓިސްތައް ފެށުން ކަމަށެވެ.
އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރަކަށެވެ. މިހާރު އެ މުބާރާތުގެ މެޗުތަކާ ދެމެދު އޮތީ ދެ މަސް ދުވަހެވެ. މާޗް މަހު އޭއެފްސީ ކަޕް މެދުކަނޑާލި ފަހުން ކްލަބެއްގެ ޕްރެކްޓިސް އަދި ނުބާއްވަ އެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މަހެއްހާ ދުވަސް ވަންދެން ކުރުމަށް ފަހު މިހާރު އޮތީ ހުއްޓިފަ އެވެ.
މާޒިޔާ އިން ބުނީ މާލޭގައި މެޗުތައް ބާއްވާއިރު ކްލަބްގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފަށަން ބޭނުންވާ ކަމަށެވެ.
"ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކު ފަރިތަކުރުންތައް ފެށުމަށް މި ކްލަބް އޮތީ ތައްޔާރަށް. ފަރިތަކުރުންތައް ފެށުމަށް ކޮންމެވެސް ގޮތެއް ކަމާބެހޭ ފަރާތްތަކުން ހޯދައިދިނުމަކީ މި ކްލަބްގެ ވަރަށް ބޮޑު އެދުމެއް. އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން،" މާޒިޔާ އިން ބުންޏެވެ.
އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަލުން ޕްރެކްޓިސް ފަށަން ފުރުސަތު ހޯދައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކޮށްދެއްވާ މަސައްކަތް ފާހަގަކުރާ ކަމަށް މާޒިޔާ އިން ވަނީ ބުނެފަ އެވެ.
މާޒިޔާ އަކީ މި ފަހަރުގެ އޭއެފްސީ ކަޕަށް އެންމެ ރަނގަޅަށް ތައްޔާރުވި ދިވެހި ޓީމެވެ. ވަރުގަދަ ސްކޮޑެއް އެކުލަވާލިއިރު އެ ޓީމު މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ޕްލޭއޮފްގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު ބަލިކޮށްފަ އެވެ. މާޒިޔާ އަށް އޭއެފްސީ ކަޕްގެ ކޮލިފައިން އާއި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ ކޮންޓްރެކްޓް ހަމަވުމުން ޓީމާ ވަކިވެފަ އެވެ. ކުރިއަށް އޮތް އޭއެފްސީ ކަޕާއި ލޯކަލް ސީޒަނުގައި މާޒިޔާ އަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
އެޗްޕީއޭ އިން ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ބުނާއިރު އޭގެތެރެއިން ޕްރޮފެޝަނަލް ކުޅިވަރުތައް އިސްތިސްނާ ނުވުމަކީ ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމެކެވެ. އެއީ ގައުމީ ޓީމުތަކާއި ޕްރޮފެޝަނަލް ޓީމުތަކުގެ ކުޅުންތެރިންގެ ޕްރެކްޓިސް ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން ގެންދިއުމުގެ ފުރުސަތު އެހެން ގައުމުތަކުގައި ވެސް ދެމުން އަންނާތީ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ޓީމު ޕްރެކްޓިސްތައް ފެށީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ފޭހުގައި ޕްރެކްޓިސް ކުރިއަށް ގެންދަނީ ހަ ކުޅުންތެރިންގެ ގްރޫޕަށް ބަހާލައިގެންނެވެ. އަދި ދެ ވަނަ ފޭހުގައި ކޮންޓެކްޓްނުވާ ގޮތަށް އެއްކޮށް ޕްރެކްޓިސް ކުރަން ފުރުސަތު ދެ އެވެ. އަދި ތިން ވަނަ ފޭހުގައި ކޮންޓެކްޓްވާ ގޮތަށް ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭނެ އެވެ. އެއް ފޭހުން އަނެއް ފޭހަށް ބަދަލުކުރުމުގެ ކުރިން ކުޅުންތެރިންގެ ކޮންޑިޝަން ގަވާއިދުން މޮނިޓާކުރަމުންދާނެ އެވެ.
ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ހުރިހާ ދާއިރާއަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު ސަރުކާރުން އަންނަނީ އެ ފަރާތްތަކަށް މާލީ ގޮތުން އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ކުޅިވަރުގެ ދާއިރާ އިން އާމްދަނީ ހޯދަމުން އައި ފަރާތްތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވީ ނަމަވެސް އެ ފަރާތްތަކަށް ސަރުކާރުން ދޭ އެހީ ނުލިބޭކަމުގެ ޝަކުވާ ކުޅިވަރުގައި އުޅޭ އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެކަޑަމީތައް ހިންގާ ފަރާތްތައް ގިނަ އެވެެ.
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
މާޒިޔާއަށް ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް
އޭޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ގަލޮޅު ދަނޑުގައި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި
އޭއެފްސީ ކަޕް މެޗުތައް ބާއްވަން ރާއްޖޭން ބިޑްކޮށްފި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް އެއް ދަނޑެއްގައި
މިއީ އުނދަގޫ ހާލަތެއް، ޓީމަށް ބަދަލުތަކެއް އަންނާނެ
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟