26 އޮކްޓޯބަރ 2016
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނުދަންނަ މީހަކު މިހާރު ހޮލީވުޑްގައި ހުންނާނެކަމާ ދޭތެރޭ ޝައްކެވެ. ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގައި ދައްކުވައި ދިން އާދަޔާހިލާފު މޮޅު ހުނަރާ އެކު އޭނާ ވަނީ އެއީ އާދައިގެ ބަތަލާއެއް ނޫންކަން ސާބިތުކޮށްފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނުދަންނަ މީހަކު މިހާރު ހޮލީވުޑްގައި ހުންނާނެކަމާ ދޭތެރޭ ޝައްކެވެ. ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގައި ދައްކުވައި ދިން އާދަޔާހިލާފު މޮޅު ހުނަރާ އެކު އޭނާ ވަނީ އެއީ އާދައިގެ ބަތަލާއެއް ނޫންކަން ސާބިތުކޮށްފަ އެވެ.
ނަތީޖާ ނިިކުތީ މިހެންނެވެ؛ ހޮލީވުޑްގައި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޓީވީ ސިލްސިލާ "ބޭވޮޗް" އަށް ބިނާކޮށް ގެނެސްދޭ ފިލްމުގެ އެންމެ މުހިއްމު އެއް ބަތަލާއަކީ ޕްރިޔަންކާ އެވެ. އެ ފިލްމް އަންނަ އަހަރުގެ ކުރީކޮޅު ސިނަމާތަކަށް އަންނާނެ އެވެ. "ބޭވޮޗް" ގައި ޕްރިޔަންކާ ފެނިގެން ދާނީ ނުފޫޒު ގަދަ ވިލަންއެއްގެ ރޯލުންނެވެ.
ޕްރިޔަންކާގެ ކާމިޔާބީތަކާއި އޭނާގެ ކުޅަދާނަ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝާ ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
"ސްޓައިލް އެވޯޑް 2016" ގައި ބްރޭކްތުރޫ ސްޓައިލް އެވޯޑް ޕްރިޔަންކާއާ ހަވާލު ކުރަމުން އަޝާ ދެއްކި ވާހަކައިގައި އޭނާ ބުނަނީ ޕްރިޔަންކާއަކީ "ފިސާރި އަންހެނެއް" ކަމަށެވެ.
"އެއީ ފުރިހަމަ އަންހެނެއް. އެހާމެ ވިސްނުން ތޫނުވެފައި ކުރިއަށްދާން ވީ މަގު ވަރަށް ސާފުކޮށް އެބަ ހޯދައިގަނޭ. އެއީ ކަންކަން އަވަހަށް ދަސްކުރާ ކުރިއަށް ދިއުމުގެ ހިތްވަރާއި ރޫހު ވަރުގަދަ ބޮޑާކަމާއި ކިނބުވެރި ކަމެއް ނެތް ވަރަށް ކާމިޔާބު އަންހެނެއް،" ޕްރިޔަންކާ އަކީ ވަރަށް ގާތް ރައްޓެއްސެއްކަން ފާހަގަކޮށް އަޝާ ބުންޏެވެ.
އަޝާ ޕްރިޔަންކާ ސްޓައިލް އެވޯޑް ހަވާލުކޮށް ދެނީ.
އަޝާ ބުނީ ޕްރިޔަންކާއަކީ މުޅި ދުނިޔެ އަށް ރޯލް މޮޑެލެއް ކަމަށާއި އެއީ އިންޑިއާ ފަހުރުވެރިވުން ހައްގު ޒުވާނެއް ކަމަށެވެ.
"އޭނާގެ ކެރިއަރުގައި މި ހިސާބަށް ކުރި ދަތުރަކީ އިންޑިއާގެ އެތައް އަންހެން ކުއްޖަކަށް އޮތް ހިތްވަރަކަށް ވާނެ. ޕްރިޔަންކާ ރަމްޒުކޮށް ދެނީ އަންހެނުންގެ ބާރުވެރިކަމާއި ކުޅަދާނަކަން،" އޭނާ ބުންޏެވެ.
Thank you @instyle for the honour. To be part of which August company was amazing. Lovely… https://t.co/Q8Ne8LZpz2
— PRIYANKA (@priyankachopra) October 25, 2016
ބްރޭކްތޫރު ސްޓައިލް އެވޯޑް ލިބުމުން ޕްރިޔަންކާ އިންސްޓައިލް މެގަޒިން އަށް ޝުކުރު އަދާކޮށްފައި.
އެވޯޑާ ހަވާލުވުމަށް ފަހު ޕްރިޔަންކާ ވަނީ އަޝާ ދެއްކި ވާހަކަތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ބްރޭކްތުރޫ ސްޓައިލް އެވޯޑް ލިބުމުން ޕްރިޔަންކާ ވަނީ އޭނާގެ ޑިޒައިނަރުންނަށާއި ސްޓައިލިސްޓުން ކުރި މަސައްކަތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ބުނީ މީހާ ހެދުން އަޅާ ގޮތުން މީހާގެ ޝަހުސިއްޔަތު ވަރަށް ރަނގަޅަށް ދައްކުވައި ދޭ ކަމަށެވެ. އެހެންވެ މަންމަ ވެސް އަބަދު ދޭ ނަސޭތަހަކީ އާންމުން ބަލައިގަންނަ ގޮތަށް ހެދުން އެޅުން ކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ މާފަށް އެދިއްޖެ
"ކްއަންޓިކޯ" ގެ މަންޒަރަކުން އިންޑިއާ މީހުން ރުޅިގަދަވެއްޖެ
"ކްއަންޓިކޯ 3" ގެ ޓީޒާ ދައްކާލައިފި
ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ
ޕްރިޔަންކާ "އެއިތުރާޒް 2" އިން ފެނިދާނެ
"ކްއަންޓިކޯ 3" އެޕްރީލް 26 ގައި ޕްރިމިއާ ކުރަނީ
"ކްއަންޓިކޯ ގެ އޮޑިޝަން ހެދި އިރު ވަރަށް ބިރު ގަތް"
ޕްރިޔަންކާ އަދިވެސް އޮޑިޝަން ދޭން ޖެހިލުންވޭ
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ