01 ޖޫން 2016
ޕްރިޔަންކާ ޗޯޕްރާ މިހާރު ކުޅޭ އެމެރިކާގެ ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ މަސައްކަތާއި ހޮލީވުޑް ފިލްމު "ބޭވޮޗް"ގެ މަސައްކަތަށް އެމެރިކާ އާއި ކެނެޑާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭނާ ވަނީ ދުވަސްކޮޅަކަށް އިންޑިޔާއަށް ގޮސްފަ އެވެ.
ޕްރިޔަންކާ ޗޯޕްރާ މިހާރު ކުޅޭ އެމެރިކާގެ ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ މަސައްކަތާއި ހޮލީވުޑް ފިލްމު "ބޭވޮޗް"ގެ މަސައްކަތަށް އެމެރިކާ އާއި ކެނެޑާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭނާ ވަނީ ދުވަސްކޮޅަކަށް އިންޑިޔާއަށް ގޮސްފަ އެވެ.
ހޮލީވުޑްގައި ޕްރިޔަންކާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. އެގޮތުން އޮސްކާ އެވޯޑުގައި ބައިވެރިވުމާއި ހޮލީވުޑްގެ އެންމެ މަޝްހޫރު މެގަޒިންތަކުގެ ކަވަރާއި ޓައިމް މެގަޒިންގެ ކަވަރަށް އެރުމަކީ ޕްރިޔަންކާ އަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބުނު ކާމިޔާބީތައް ކަމުގައި ބެލެވެ އެވެ.
ދާދިފަހުން އިންޑިއާ ޓައިމްސްއަށް ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ޓީވީ ސިލްސިލާއެއް ކުޅުމަކީ ކުރިން އޭނާ ކުޑަކޮށް ކުރަން ފަސްޖެހުނު ކަމެއް ނަމަވެސް "ކުއަންޓިކޯ"ގެ ކާސްޓިން އާ ބެހޭ އިސް މީހާ އިންޑިއާ އަށް ގޮސް އޭނާއާ ބައްދަލުކުރުމުން ޚިޔާލު ބަދަލުވީ ކަމަށެވެ.
"ކުއަންޓިކޯ"ގެ ލީޑް ރޯލަށް ޕްރިޔަންކާއަށް އޮޑިޝަން ދޭން ޖެހުނެވެ. އެއީ އޭނާ ދޭ ފުރަތަމަ އޮޑިޝަން ނޫން ނަމަވެސް އެ އޮޑިޝަން ދިން ވަގުތު އޭނާ ހުރީ އިންތިހާއަށް ހިތް ބިރުގަނެފައި ކަމަށް ޕްރިޔަންކާ ބުންޏެވެ.
ފަންސާހަށް ވުރެ ގިނަ ފިލްމު ކުޅެފައިވިޔަސް އެންމެ ފަސް މީހުންގެ ކުރިމަތީގައި ވެސް އޮޑިޝަން ދިނުން އޭނާ ވަރަށް ހާސްވި ކަމަކަށް ވީކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ މާފަށް އެދިއްޖެ
"ކްއަންޓިކޯ" ގެ މަންޒަރަކުން އިންޑިއާ މީހުން ރުޅިގަދަވެއްޖެ
"ކްއަންޓިކޯ 3" ގެ ޓީޒާ ދައްކާލައިފި
ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ
ޕްރިޔަންކާ "އެއިތުރާޒް 2" އިން ފެނިދާނެ
"ކްއަންޓިކޯ 3" އެޕްރީލް 26 ގައި ޕްރިމިއާ ކުރަނީ
ޕްރިޔަންކާއަކީ ފިސާރި އަންހެނެއް: އަޝާ
"ކްއަންޓިކޯ ގެ އޮޑިޝަން ހެދި އިރު ވަރަށް ބިރު ގަތް"
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ