Roadha Mihaaru
އެޕަލް އިން ޗައިނާގެ 47،000 އެޕް ސްޓޯރުން ނެރެފި

އެޕަލް އިން ޗައިނާގެ 47،000 އަށް ވުރެ ގިނަ އެޕް ސްޓޯރުން ބޭރުކޮށްލައިފި

20 އޯގަސްޓް 2020

އެޕަލް ކުންފުނީގެ އެޕް ސްޓޯރުން ޗައިނާގެ 47،000 އަށް ވުރެ ގިނަ އެޕް ބޭރުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް ކުންފުނީގެ އެޕް ސްޓޯރުން ޗައިނާގެ 47،000 އަށް ވުރެ ގިނަ އެޕް ބޭރުކޮށްލައިފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެޕް ސްޓޯރުން މި މަހުގެ ކުރީކޮޅު ނެރެލި އެޕްތަކުގެ ތެރެއިން ގިނަ އެއްޗިއްސަކީ ޗައިނާގެ ގޭމް އެޕްތަކެވެ.

ޗައިނާ އަށް އެމެރިކާގެ ފިއްތުންތައް އިތުރުކޮށްފައި ވާއިރު ބޭރު ކުންފުނިތަކަށް ޗައިނާގައި ވިޔަފާރިކުރުމަކީ ވެސް މާ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން އެ ގައުމުގެ ހަރުކަށި އުސޫލުތަކާ ހެދި މީގެ ކުރިން ވެސް ކުންފުނިތަކަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

އެގޮތުން އެޕަލް އަކީ ކުރިން ވެސް ޗައިނާގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު ކުންފުންޏެކެވެ. އޭގެ ތެރެއިން 2016 ގައި އައިބުކްސްޓޯރާއި އައިޓިއުންސް ޗައިނާގައި ހުއްޓައިލަން ޖެހުނެވެ.

ޗައިނާގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ބޭރުގެ އެޕް ސްޓޯރުތައް އެ ގައުމުގައި އޮޕަރޭޓްކުރެވެނީ ޗައިނާގެ ކުންފުންޏަކާ އެކު ޖޮއިންޓްވެންޗާ ހަދާ ނަމަ އެވެ. އެކަމަކު މިހާތަނަށް އެޕް ސްޓޯރަށް އޭގެ ތެރެއިން މައްސަލައެއް ކުރިމަތިވެފައެއް ނެތެވެ. އެޕް ސްޓޯރް ޗައިނާގައި ހިންގަނީ ސީދާ އެ ކުންފުނީގެ ބާރުގެ ދަށުންނެވެ.

ޗައިނާގެ ގިނަ އަދަދެއްގެ އެޕްތަކެއް އެޕް ސްޓޯރުން ނެރެލި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ޓިކްޓޮކާއި ވީޗެޓް އެމެރިކާގައި މަނާކުރައްވާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. މި މައްސަލާގައި ޗައިނާ އަށް އޮތް ގޮތަކީ ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލުމެވެ. އަދި ޗައިނާގެ ވާވޭ އަށް އެމެރިކާ އިން ކުރާ ތުރާލަކީ ވެސް ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާ ކަމެކެވެ.