17 އޯގަސްޓް 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް އަމުރުކޮށްފައި ނުވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް އަމުރުކޮށްފައި ނުވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލުމުން އެ މައްސަލަތަކުގެ އަޑުއެހުން ކުރިއަށް ގެންދަން އިއްޔެ އަށް ތާވަލްކުރި އެވެ. ނަމަވެސް ޔާމީންގެ ވަކީލުންނާ ބައްދަލުވުމުގައި ދަތިތަކެއް ދިމާވެފައިވާތީ ޝަރީއަތް ވަނީ ފަސްކޮށްފަ އެވެ.
ނޫސްބަޔާން (މއ. ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ) pic.twitter.com/yhninPtPh2
— Maldives Correctional Service (@CorrectionsMv) August 17, 2020
އެމްސީއެސް އިން މިއަދު ކުރި
ޔާމީނަށް ވަކީލުންނާ ބައްދަލުނުވެވޭ މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ދަނީ މައްސަލަ ޖައްސަމުންނެވެ. ޔާމީނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ހައި ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި އެ އިންތިޒާމު ހަމަޖައްސައިނުދޭ ކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްސީއެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ އަމުރެއް އެއްވެސް ކޯޓަކުން އެތަނަށް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ވަކީލުންނަށް ޔާމިނާ އެކަހެރިކޮށް ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށާއި މީގެ ކުރިން ވެސް އެކަން އެގޮތަށް ހަމަޖައްސަދީފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް، އޮންނަ އުސޫލުގެ ދަށުން ބައްދަލުކުރެވޭނެ ކަން ޔާމީންގެ ވަކީލުންނަށް ދީފައިވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
ކްރިމިނަލް ކޯޓުން އެމްސީއެސް އަށް އަމުރުކޮށްފައިވާ ކަމަށާއި އެތަނުން އެ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ މައުލޫމާތު ފަތުރަމުން ދާތީ، އެކަމާ މެދު އެމްސީއެސް އިން ކަންބޮޑުވުން ފާޅުކުރި އެވެ.
ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި އެމަނިކުފާނަށް ލިބޭ ހިދުމަތްތައް ރަނގަޅުކުރަން އެދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފަ އެވެ.
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
ޔާމީންގެ ޝަރީއަތް ލައިވްނުކުރަނީ ޖެހިލުންވާތީ: އަދުރޭ
ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި
ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
ޝަރީއަތް ދިގުލައިގެން ހައްގުތަކެއް ގެއްލިއްޖެ: ޔާމީން
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
ޔޫސުފް ނައީމް މިނިވަންކޮށް މައްސަލަ އަލުން ބަލަނީ