13 އޯގަސްޓް 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ޖަލުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބައެއް ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ޖަލުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބައެއް ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.
މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް، ވީހާ ވެސް އަަވަހަކަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މަޝްވަރާކުރީ ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ކަމަށެވެ. ޕީޕީއެމުން ވަނީ ހޯމް މިނިސްޓްރީން ދޮގު ޓްވީޓެއް ކޮށް ކަމުގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އެފަދަ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާ މަސައްކަތް ހުއްޓާލަން ވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ގޮވާލާފައި ވެ އެވެ.
މަނީލޯންޑްރިންގ ގެ ކުށުގައި 5 އަހަރުގެ ޖަލުހުކުމެއް ތަންފީޛުކުރަމުންދާ ހ. ދޫވެހި ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދު ﷲ އާ ބައްދަލުކުރައްވަނީ. pic.twitter.com/Cm9WaaUN9b
— Home Ministry, MV (@HomeMinistrymv) August 13, 2020
ނަމަވެސް ބައްދަލުވުމުގައި އިތުރަށް ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން، އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޔާމީން ގެއަށް ބަދަލުކޮށްދޭން އެދުމުން، އެންމެ ފުރަތަމަ ޓެސްޓް ހެދުމަށް އިމްރާން އެދިވަޑައިގެންނެވި ކަމަށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެ ފުރުސަތު ވެސް ދެއްވާފައިވާ ކަމަށާއި ނަތީޖާއަށް ރިއާޔަތްކޮށް ގެއަށް ބަދަލުކުރުމުގެ ކަންކަން ހަމަޖައްސާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ލޯޔަރުންނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަތުމުން، އެޗްޕީއޭގެ ހުއްދައާއެކު އެދިވަޑައިގަތުމުން އެކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވީ،" ހަފްސީ ވިދާޅުވި އެވެ.
ޔާމީނަށް ޖަލުގައި ލޯކަލް ޓީވީ ޗެނަލްތައް ނުފެންނާތީ އެކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން ހިއްސާކުރުމުން، އިތުރު ޗެނަލްތައް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. މިވަގުތު ދައުލަތު މީޑީއާ، ޕީއެސްއެމްގެ ޗެނަލްތައް ފެންނާނެ އެވެ.
އެކަންކަމުގެ އިތުރުން ޖަލުގައި ފެތުމުގެ އިންތިޒާމްތައް ހަމަޖައްސައިިދިނުމަށް ވެސް، އިދިކޮޅު ކޯލިޝަނުން އެދުނެވެ.
"އާއިލީ ބައްދަލުވުންތައް ފޯނު މެދުވެރިކޮށް ޔާމީނަށް ގެންދަވަނީ ހަމަޖައްސަވައިދެއްވަމުން،" ހަފްސީ ވިދާޅުވި އެވެ.
އެ ބައްދަލުވުމަށްފަހު ކޯލިޝަންގެ ބަޔާނުގައި ވަނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ހައި ކޯޓުން އަމުރުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ޔާމީނަށް އެ ފުރުސަތު ފަހިކޮށްދީފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޔާމީން ފަތަން މާފުށީގައި ޓްރެކެއް ހަދަން ފަށައިފި
އެއާޕޯޓް އަތުލަން ގާސިމާއި އިމްރާން ބޭނުމެއްނުވި:ޔާމީން
އިންޑިއާއައުޓު ބޮޑު ހަރަކާތް އޮންނާނެ، ހުއްދަ ލިބިއްޖެ
އެއްވުން ނުބޭއްވޭނެ ކަމަކަށް ނާންގާ: އިދިކޮޅު
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ޖަވާބުދާރީވުމުގެ ފުރުސަތު ބޭނުންކުރީ ޕްރޮމޯޝަނަށް
އިދިކޮޅު ކޯލިޝަނަށް އިމްރާން މަގާމުން ދުރުކުރެވިދާނެތަ؟
"ޔާމީނާ މެދު އިމްރާނަށް ރަނގަޅަށް ކަންތައްކުރެއްވޭނެ"
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް