08 އޯގަސްޓް 2020
ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް ހެލްތު މިނިސްޓްރީން މިހާރު އަމަލު ކޮށްފައިވާ ގޮތްތަކާއި ކުރިމަގަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސިއްހީ ދާއިރާގެ ކަމާގުޅޭ މީހުންނާއި އާންމުންގެ ހިޔާލަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް ހެލްތު މިނިސްޓްރީން މިހާރު އަމަލު ކޮށްފައިވާ ގޮތްތަކާއި ކުރިމަގަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސިއްހީ ދާއިރާގެ ކަމާގުޅޭ މީހުންނާއި އާންމުންގެ ހިޔާލަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވައިލީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމާފައިވާތީ، އެ ކޮމިޓީގެ ބޭނުމަށް ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ، މިދިޔަ މާޗް 7 ގައި ރާއްޖެ އިން ފެނުނު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަމަލުކުރާ އުސޫލުތަކާއި ކުރިމަގަށް ރާވަން ފެންނަ ކަންކަމުގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. ކޮމިޓީގެ އީމެއިލް އެޑްރެހަކީ committee@majlis.gov.mv އެވެ. އީމެއިލްގެ އިތުރުން މަޖިލީހުގެ އިދާރާ އަށް ލިޔުމުން ވެސް ހިޔާލާއި ކޮމެންޓު ބަލައިގަންނާނެ ކަމަށް އެ އިދާރާގެ އިއުލާނުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ކޮވިޑާ ގުޅޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަަށެވެ.
އެކަންކަން ދިރާސާ ކުރުމަށް ކުރީގެ ހެލްތު މިނިސްޓަރުންނާއި ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިސް ބޭފުޅުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ބޭފުޅުންނާއި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ޕަބްލިކް ހެލްތު ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ކަމާ ގުޅުން ހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫން ވެސް، މިކަމާ ގުޅުން ހުރި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އިޖުތިމާއީ ކޮމިޓީން މިއަދު ވަނީ ހެލްތު މިނިސްޓްރީ އަދި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް އޮޅުން ފިލުވައިފަ އެވެ.
އެއް ހަފުތާތެރޭގައި 3،000 މީހުންނަށް ކޮވިޑް ޖެހުނު
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ކޮވިޑް: ހަތަރު ހަފުތާގެ ފިޔަވަޅުތަކުން ބަދަލެއް ނައި
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
މަރުވިފަހުން އައިސޮލޭޝަނަށް ގުޅުމުން މައާފަށް އެދިއްޖެ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
ކޮވިޑް ހާލަތު ގޯސް މިންވަރު ފަސް ޗާޓުން
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް