05 އޯގަސްޓް 2020
ބޭރޫތު (އޮގަސްޓް 5) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އިރާކޮޅު ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން މުޅި ހިސާބުގަނޑު އެއްކޮށް ބިމާހަމަވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޭރޫތު (އޮގަސްޓް 5) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އިރާކޮޅު ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން މުޅި ހިސާބުގަނޑު އެއްކޮށް ބިމާހަމަވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރެޑް ކްރޮސް އިން ބުނެފައި ވަނީ މިހާތަނަށް 100 މީހުން މަރުވެ 4،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ރައްކާކޮށްފައިވާ ގުދަން ގޮވުމާ އެކު މުޅި އެ ސަރަހައްދުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވި އެވެ. ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.
ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވީ ކެމިކަލް ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެއްޖެ ކަމަށާއި ގުދަން ގޮވީ އެ ތަކެތި އެފްރިކާ އަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
ސީސްމޮލޮޖިސްޓުން ބުނެފައި ވަނީ ގޮވިލެއް ވަރުގަދަކަމުން 3.5 ގެ ބާރުމިނުގެ ބިންހެލުމެއް ރެކޯޑްކުރި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ބޭރޫތުގައި ކެމިކަލް ގުދަން ގޮވުން، އަސްކަރީ ޖެނެރަލުން ސިފަކޮށްފައި ވަނީ "ބާރުގަދަ ބޮމެއް" ގޮވުން ކަމަށެވެ.
ލުބުނާނުގެ ރައީސް ވިދާޅުވީ އެ ހާދިސާގެ ޒިންމާ ނަގަން ޖެހޭ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.
ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދުކުޑަ
ވެއްޓުނު އިމާރާތެއްގެ ދަށުން "ހިތުގެ ތެޅުމުގެ" އަޑެއް
ބޭރޫތުގެ ބާރުގަދަ ގޮވުމާއެކު 140 ފޫޓު ފުން ވަޅެއް
"ކެމިކަލް ގުދަން ގޮއްވާލީ ބޮމަކުން ކަމަށް ވެދާނެ"
ބޭރޫތުގެ ގުދަނެއްގައި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް
ބޭރޫތުގެ ބަނދަރު އޮފިޝަލުން ގޭ ބަންދުކޮށްފި
ބޭރޫތުގެ ގޮވުން: މީހުންތައް ދިޔައީ "އުދުހެމުން"
ދިވެހިންގެ ދުއާ މިއަދު ލުބުނާނާ އެކު
ބާރުގަދަ ގޮވުންތަކަކުން ބޭރޫތު ގުޑުވާލައިފި
އެއްޗެއް ގޮވިކަމުގެ ނިޝާނެއް ނެތް: އެމްއެންޑީއެފް