24 ޖުލައި 2020
އެމެރިކާގެ ރައީސްކަމަށް މި އަހަރު ވާދަކުރަން ނިންމައި ކެމްޕޭން ފަށާފައިވާ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ބުނެ މީގެ ކުރިން ފިރިމީހާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ނުދައްކާހާ ތިލަކޮށް ކިމް ކާޑޭޝަން ވާހަކަ ދައްކައިފި އެވެ.
އެމެރިކާގެ ރައީސްކަމަށް މި އަހަރު ވާދަކުރަން ނިންމައި ކެމްޕޭން ފަށާފައިވާ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ބުނެ މީގެ ކުރިން ފިރިމީހާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ނުދައްކާހާ ތިލަކޮށް ކިމް ކާޑޭޝަން ވާހަކަ ދައްކައިފި އެވެ.
މިހާރު ހަތަރު ކުދިން ވެސް ތިބި ކިމް، ކަންޔޭގެ ނަފުސާނީ މައްސަލަތަކުގެ ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަންޔޭ ބޭއްވި ރިޔާސީ ފުރަތަމަ ކެމްޕޭން ރެލީގައި ރޮއެފައި ވާހަކަ ދެއްކުމުން ކަންޔޭ ގޭގައި ބަންދުކުރަން ކިމް އުޅޭ ކަމަށް ބުނެ ޓްވީޓްތަކެއް ވެސް ކޮށްފައި ވަނިކޮށެވެ. ކަންޔޭ ވަނީ ފަހުން އެ ޓްވީޓްތައް ޑިލީޓްކޮށްލައިފަ އެވެ.
ފިރިމީހާގެ ސިއްހަތާ ބެހޭ ގޮތުން ކިމް ބުނީ ބައިޕޯލާ ޑިސްއޯޑާ އަކީ ކިހާ ވަރެއްގެ މައްސަލައެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އެފަދަ މީހަކާ އެކީ ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އޭނާ ބުނިގޮތުގައި އެ ވާހަކަ މިހާތަނަށް ފާޅުގައި ދައްކާފައި ނުވަނީ އެކަމުގެ ސަބަބުން އާއިލާ އަށް ކޮށްފާނެ ނޭދެވޭ އަސަރަކާ ހެދި އެވެ. އެކަމަކު ނަފުސާނީ މައްސަލަތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި ކަންޔޭގެ ވާހަކަ ވެސް ހިއްސާކުރަން ބޭނުންވީ ހާލަތު އާންމުންނަށް ބުނެދިނުމުގެ ގޮތުން ކަމަށް ކިމް ބުންޏެވެ.
"އަހަރެންނަކީ އަބަދު ވެސް އަހަރެންގެ ދަރިންނާއި ފިރިމީހާ އާއި މުޅި އަށް އާއިލާއާ މެދު ވެސް ޕްރޮޓެކްޓިވްކޮށް ދެކޭ މީހެއް. އެހެންވެ ހަގީގަތުގައި ކުރިން ކަންޔޭގެ ހާލަތު ހިއްސާކުރަން ބޭނުން ނުވީ،" ކިމް ބުންޏެވެ.
"އެކަމަކު މިއަދު އެބަޖެހޭ ނަފުސާނީ މައްސަލަތަކުގެ ވާހަކަ ދައްކަން."
ކިމް ބުނިގޮތުގައި ކަންޔޭ އަކީ އަބަދު ވެސް ވަރަށް ރަނގަޅު އެކަމަކު "ކޮމްޕްލިކޭޓެޑް" ފިރިއެކެވެ.
"އަހަރެންނަކީ އަބަދު ވެސް އަހަރެންގެ ދަރިންނާއި ފިރިމީހާ އާއި މުޅި އަށް އާއިލާއާ މެދު ވެސް ޕްރޮޓެކްޓިވްކޮށް ދެކޭ މީހެއް. އެހެންވެ ހަގީގަތުގައި ކުރިން ކަންޔޭގެ ހާލަތު ހިއްސާކުރަން ބޭނުން ނުވީ،" --- ކިމް
އަދި ކަންޔޭ ވަށާލާފައިވާ ގިނަ މައްސަލަތެއް ހުރި ކަމަށާއި އޭގެ ތެރޭގައި ކަޅު ނަސްލުގެ މީހަކަށް ވުމާއި މަންމަ ވަކިވެ ދިއުމުގެ ހިތާމަތަކާއި ނުފޫޒު ގަދަ މިއުޒިޝަނަކަށް ވުމުން ކުރިމަތިވާ ޕްރެޝަރު ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ. މިކަންކަން ކަންޔޭއާ އެންމެ ގާތް މީހުންނާއި ރައްޓެހިންނަށް ވެސް އެނގޭނެ ކަމަށް ބުންޏެވެ.
"އަހަންނަށް އެނގޭ ކަންޔޭ އަކީ ޕަބްލިކް ފިގާއަކަށް ވީމާ މީހުންގެ ފަރާތުން އެކި ކަންކަމުގައި ފާޑުކިޔުންތައް ވެސް ކުރިމަތިވާނެ ކަން. އެކަމަކު ބުނެލަން ބޭނުން ވަނީ އޭނާ އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައާ ހެދި ބައެއް ހާލަތްތަކުގައި ދައްކާ ވާހަކަ އާއި ކުރާ ކަންކަމާ ދިމާނުވެދާނެއޭ،" ކިމް ބުންޏެވެ. "އެއީ ގަސްދުގައި ކުރާ ކަމެއް ނޫން. އެހެންވީމާ އެކަން އެނގިފައި އޮތުމާއި އާންމުން އޭނާއާ ދޭތެރޭ ގޯސް ނަޒަރަކުން ނުދެކުމަކީ ވެސް މުހިއްމު ކަމެއް."
ކިމް ބުނިގޮތުގައި ބައިޕޯލާ ޑިސްއޯޑާ ކަހަލަ ސިއްހީ މައްސަލައެއްގެ ތެރޭގައި އުޅުމަކީ މީހާގެ ދިރިއުޅުން ހުއްޓި، މާޔޫސް ކަމާއި ނާކާމިޔާބީގެ ތެރޭގައި އުޅެން ޖެހޭ ކަމެއް ވެސް ނޫނެވެ. ކަންޔޭގެ ތަޖުރިބާ އިން ފާހަގަ ކުރެވުނީ ބައްޔަކާ އެކު ވެސް މީހާ މަސައްކަތްކުރާ ނަމަ ކާމިޔާބީ އާއި ބޮޑެތި ހުވެފެންތައް ހާސިލުވުމަކީ ވެސް ކުރެވިދާނެ ކަމެއްކަން ކަމަށް ކިމް ބުންޏެވެ.
ކަންޔޭ ވަނީ އަމިއްލަ އަށް ވެސް މިދިޔަ އަހަރު އޭނާގެ ނަފުސާނީ މައްސަލަތަކުގެ ވާހަކަ ޓީވީ ހޯސްޓް ޑޭވިޑް ލެޓަމަންއާ ހިއްސާކޮށްފަ އެވެ. އޭރު ކަންޔޭ 43، ބުނެފައި ވަނީ ބައިޕޯލާ ޑިސްއޯޑާގެ ޝިކާރައަކަށް ވެގެން 2016 ގައި ފަރުވާ ވެސް ހޯދި ކަމަށެވެ.
ކަންޔޭ އާއި ކިމް ކައިވެނިކުރީ 2014 ގަ އެވެ. އޭގެ ކުރިން ވެސް ދެ މީހަކާ ކިމް ކައިވެނިކުރި އެވެ.
ކަންޔޭގެ ރަސްމީ ނަމަކީ މިހާރު "ޔޭ"
ކަންޔޭ ގެވެހި ސާމާނުގެ ވިޔަފާރިއެއް ފަށަނީ
ކަންޔޭ "ރިޔާސީ ކެމްޕޭން" ފަށައިފި
ކަންޔޭ ވެސްޓް އެމެރިކާގެ ރިޔާސީ ރޭހަށް
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން
ކިމްގެ އާ ބައިވެރިޔަކީ ކޮމީޑިއަން ޕީޓް
ކަންޔޭގެ އާ އަލްބަލް ނެރުނީ އޭނާގެ ބަހެއް ނެތި