21 ޖުލައި 2020
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މުސާރަ ނުދޭ ކަމަށް ބުނެ ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މުސާރަ ނުދޭ ކަމަށް ބުނެ ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މާރިޔާ ވިދާޅުވީ ކޫއްޑު އާއި ހެރެތެރެ އައިލެންޑް ރިސޯޓްގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ޑިމާންޑަކީ ރަށަށް ދިއުން ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގައި ފުލުހުންނާ ކުރިމަތިލުން އިތުރު ކަމަށާއި އެހެންކަމުން އެކަމުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލަ ނޫންކަން އެބަ އެނގޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހިޔާގެ ފްލެޓްތަކަށް އައިލެންޑް އެކްސްޕާޓް ފަރާތުން އެ ހޯދާފައި ތިބި މީހުން އެ މީހުންނަށް މުސާރައިގެ ކަންތައް ކޮންމެވެސް ވަރަކަށް ދެމުން ވާހަކަ ދައްކަމުން ދަނިކޮށް އެ މީހުން ނުކުމެ މި ހަމަނުޖެހުން ހިންގީ. ދެން ހަމަނުޖެހުން ހިންގާއިރު ބޮޑު ފިނޮޅުގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފުލުހުންނަށް އެ މީހުން ހަމަލާ ދެނީ،" މާރިޔާ ވިދާޅުވި އެވެ.
"ހަމަ އެހެންމެ ހުޅުމާލޭގައި އެ ހިންގި އެ ހަމަނުޖެހުމުގައި ވެސް ހަމަ ފެނިގެން ދިޔައީ ހަމަ ފުލުހުންނަށް ހަމަލާ ދޭތަން. މިގޮތަށް މިކަން ކުރެވެމުން ދާއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ހެން. ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނުކުންނަނީއެއް ނޫން. މީގައި ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ."
Mi dhanee hadhdhun nettigen, mi hageegathaa kurimathilaa!
The most trusted news source in the Maldives
Mihaaru
ބިދޭސީންގެ މައްސަލަ ހައްދުން ނެއްޓުން
މިނިސްޓަރު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން ރާއްޖޭގައި އުޅުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ކޮމެޓީއާ ހިއްސާ ކުރަން ޖެހޭތީ ފަހުން ވަނީ ކޮމެޓީ ސިއްރުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ކުރިން ވިދާޅުވެފައިވަނީ ބިދޭސީން ފަށައިގެން އުޅޭ މުޒާހަރާތަކުގެ ފަހަތުގައި "ސިޔާސީ ކަންތައްތަކެއް" ނުވަތަ އެއީ ބަޔަކު މީހުން އަޑީގައި ތިބެ ކުރުވާ ކަމެއް ކަމަށެވެ. އެ ސިޔާސީ ކަންތައްތައް ކުރަމުން އަންނަނީ ރާއްޖޭގެ އިދިކޮޅު ޕާޓީން ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
Bidheyseen lavvai muzaaharaa kuruvanee bayaku adeegai thibe kamah Minister Fayyaz thuhumathu kuravvaifi
The most trusted news source in the Maldives
Mihaaru
ބިދޭސީންގެ މުޒާހަރާގެ އަޑީގައި އެހެން ބަޔަކު ތިބި ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވުން
ބ. ބޮޑުފިނޮޅުގައި މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅުނު ބަޔަކަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މިހާރު އަންނަނީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ވެސް ކުރަމުންނެވެ. ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ވެސް ވަނީ މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގައިފަ އެވެ.
އެ ދެ ހަމަނުޖެހުމުގައި ވެސް ފުލުހުންނާ ކުރިމަތިލައި ގެއްލުންތަކެއް ވަނީ ދީފަ އެވެ. އެ ދެ މައްސަލައާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ތަހުގީގު ވަނީ ފަށައިފަ އެވެ.
ދިވެހި ޒުވާނުންނަށް ވުރެ ބިދޭސީން ގިނަ، އިންޒާރެއް!
ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް
"މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ"
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
ބިދޭސީންގެ މައްސަލަ: ކުއްލިއަކަށް ހައްލެއް ނުކުރެވޭނެ!
ބަންގްލަދޭޝް ލޭބަރުންގެ އަދަދު ހަތަރު މަސްތެރޭ ހަމަވާނެ