14 ޖުލައި 2020
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ވެސް ބަލަންޖެހޭ ގޮތަށް ހަމަޖައްސަައި، އެ ރެކޯޑަށް ބަލައިގެން މުސާރަ އާއި އިނާޔަތް ދިނުމަށްޓަކައި މަޖިލީހުގެ ގަވައިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ވެސް ބަލަންޖެހޭ ގޮތަށް ހަމަޖައްސަައި، އެ ރެކޯޑަށް ބަލައިގެން މުސާރަ އާއި އިނާޔަތް ދިނުމަށްޓަކައި މަޖިލީހުގެ ގަވައިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، މަޖިލީހަށް ވަޑައިގެން މެމްބަރުން ސޮއިކުރައްވާ ހާޒިރީގައި ސޮޔާ ޖެހިގެން ކޮލަމެއް އިތުރުކޮށްް، ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މެމްބަރުންގެ ހާޒިރީ އާއި މުސާރައާ ގުޅުން އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެހެންވެ، މަޖިލީހުގެ ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީގައި އެ މަނިކުފާނު އެދިވަޑައިގަންނަވާނެ އެވެ.
"ދެން އަޅުގަނޑު ދެކޭ ގޮތުގައި ހާޒިރުވާ ގަޑި އާއި މުސާރަައާ ގުޅުން އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސަައްކަތްތައް ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮތް ކަަމަށާއި އެ ވަރަށް ހާޒިރުވެވަޑައިގެން މަސައްކަތް ކުރައްވަން މެމްބަރުން ތިއްބެވީ ހުވާކުރައްވައިގެން ކަަމަށެވެ.
މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 82،000ރ. ލިބިވަޑައިގަންނަވަ އެެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. އެހެންވެ މިހާރު ކޮމިޓީ އެލަވަންސާ އެކުގައި ވެސް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 69،750.ރ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތް އިތުރުކުރަން ނަޝީދު ގެންދަވަނީ ކުރިއްސުރެ އިރުޝާދު ދެއްވަމުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ މަނިކުފާނު ގެންދަވަނީ މަޖިލީހުން ކުރަން ނުޖެހޭ ކަންތައްތައް ކުރައްވަމުންނެވެ. މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ވެސް ބައެއް ޖަލްސާތަކުގައި އެފަދަ ތުހުމަތުތައް ކުރައްވާފައި އެބަ ހުއްޓެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ މަޖިލީހަކީ މަސް ކައްކާ ތަނެއް ވެސް، އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން ކަމަށާ އެއީ ރާއްޖޭގެ ގާނޫނު ހަދާ ތަން ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ ކަންތައްތައް ބަޔާން ކޮށްފައި ވާނެ. މި ތަނަށް ހުށަހެޅޭ މައްސަލަތަކާއި މި ތަނަށް ހުށަހެޅޭ ގަރާރުތަކަކީ މި ތަނުގެ ގަވައިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން،" ރައްދު ދެއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދެއް ނުފެނޭ؟
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
"މިއީ ފައްޔާޒާ ދެކޮޅަށް ވޯޓު ނަގަންވީ ވަގުތެއް ނޫން"
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
އަމީރު ދަރަނި މެނޭޖުކުރާ ގޮތް ރަނގަޅެއް ނޫން: ނަޝީދު
މަޝްވަރާކުރަނީ ޖުލައި 16 ގައި ބޯޑަރު ހުޅުވާލަން
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
މެމްބަރުން ވިސްނަވަނީ ރާއްޖެ އަނބުރައިލަން: ނަޝީދު
މެމްބަރުން ވާންވީ ރައްޔިތުންގެ އެކުވެރިންނަށް: ނަޝީދު