ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން މިއަދު ފަށައިފި އެވެ.
05 ޖުލައި 2020
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން މިއަދު ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ޕީސީއާރު ސިސްޓަމުން ދުވާލަކު 72 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކޮވިޑަށް ޓެސްޓު ކުރަން ފެށިއިރު، އެ ތަނުގެ ދެ މުވައްޒަފަކު ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ތިން ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ.
މިވަގުތު ތަމްރީނު ފުރިހަމަކޮށްފައި ވަނީ ލެބޯރެޓަރީގެ ދެ ޓެކްނޮލޮޖިސްޓުންނަށް ވުމުން ފުލް ކެޕޭސިޓީގައި އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި ނަމަވެސް ކުރިމަގުގައި އިތުރު މީހުން ތަމްރީނު ކުރާނެ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީންނެވެ.
ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. pic.twitter.com/crivcdcBLB
— Kulhudhuffushi Regional Hospital (@KRHmv) July 5, 2020
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޓުވީޓް
"..މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލް ޓައިމް ޕީސީއާރު ޓެސްޓު ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައި ޖީން އެކްސްޕާޓް ކާޓްރިޖުތައް ވެސް މި ކޮޅަށް ލިބޭނެ،" ކުޅުދުއްފުށީ ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މިހާރު ޓެސްޓު ކުރަމުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ޕޮލިސް ފޮރެންސިކް ސާވިސްގެ އިތުރުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ޖީން އެކްސްޕާޓް މެޝިން ބަހައްޓައިގެން އިތުރު ހަ ރަށެއްގައި ކޮވިޑް-19 އަަށް ޓެސްޓުކުރަން ވަނީ ތައްޔާރުވެފަ އެވެ.
އެއީ ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަރު މެމޯރިއަލް ހޮސްޕިޓަލެވެ. އެ ރަށްތަކާއެކު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އެވެ. ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންގޮސް، ނަތީޖާ ލިބުން އަވަސް ވާނެ އެވެ.
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން އެނގެންޖެހޭ
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ލޮލުރޯގާ އެންމެ ގިނައީ ހދ. ރ. އަދި ލ. ގައި
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް
ޓެސްޓު ހަދަން ތިން މައިން ކިއޫގައި ތިން ގަޑިއިރު!
މީހުން ގިނައިން އެއްވާ ހަރަކާތްތައް ފަސްކުރަން އެދިއްޖެ