Roadha Mihaaru
އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް؟

އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް؟

06 ޖުލައި 2020

ބޮލީވުޑަށް ނުކުތް ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބި، މާ ގިނަ ދުވަހެއް ނުވެ އެކްޓިން ކެރިއަރު ނިމުމަކަށް އައި ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް ނުކުތް ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބި، މާ ގިނަ ދުވަހެއް ނުވެ އެކްޓިން ކެރިއަރު ނިމުމަކަށް އައި ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރްމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅު ސޮއިކޮށްފައި ވަނީ ސްޓާ ބާރަތުގެ މައިތޮލޮޖިކަލް ސިލްސިލާ "ޖަގް ޖަނާނީ މާ ވައިޝްނަވީ ދޭވީ" އަށެވެ.

މީޑިއާތަކުން ބުނިގޮތުގައި އެ ސިލްސިލާގައި އީޝާ، 38، ކުޅޭނީ ކުރިން ތޯރަލް ރާސްޕުތުރާ ކުޅުނު ރާނީ ސަމްރިދީ ދޭވީގެ ރޯލެވެ. ނަމަވެސް ސިލްސިލާ އަށް ސޮއިކުރިކަން އީޝާ އަދި ކަށަވަރުކޮށް ދީފައި ނުވި ނަމަވެސް އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެ އެވެ.

ދެހާސް އެގާރައިގެ ހެމާ ޑައިރެކްޓްކުރި ފިލްމު "ޓެލް މީ އޯ ޚުދާ" އާ އެކު ބޮޑު ސްކްރީނުން ގެއްލުނު އީޝާ 2018 ވަނީ "ކޭކް ވޯކް" ކިޔާ ކުރު ފިލްމެއް ކުޅެފައިވެ އެވެ.

އޭނާ އަލުން އެނބުރި އެކްޓިން އަށް އަންނަން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، އީޝާ ވަނީ 2015 ގައި އެމްޓީވީގެ ޝޯ "ރޯޑީޒް އެކްސް 2" ގެ މެންޓޯއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާގެ ލޮނުމަޑުކަމުން އިތުރު ސީޒަނަކުން ފުރުސަތު ނުދީ، ފަހުން ޝޯގެ ހަމައެކަނި އަންހެން މެންޓޯއެއްގެ ދައުރު އަދާކުރަމުން އަންނަނީ ބަތަލާ ނޭހާ ދޫޕިއާ އެވެ.

ދެހާސް ބާރައިގައި ކައިވެނިކޮށް މިހާރު ދެ އަންހެން ދަރިން ވެސް ތިބި އީޝާ ވަރަށް ފަހުން ވަނީ "އައްމާ މިއާ" ކިޔާ ފޮތެއް ވެސް ލިޔެމ ނެރެފަ އެވެ. އޭގައި އޭނާ ކިޔައި ދީފައި ހުރީ މަޔަކަށްވުމުގެ ތަޖުރިބާ އާއި ދަރިން ބެލުމާ ގުޅޭ ވާހަކަތަކެވެ.

"ޖަގް ޖަނާނީ މާ ވައިޝްނަވީ ދޭވީ" އަކީ މިދިޔަ އަހަރު ސްޓާ ބާރަތުން ގެނެސްދޭން ފެށި ސިލްސިލާއެކެވެ. މިހާތަނަށް މި ސިލްސިލާގެ 149 އެޕިސޯޑް ގެނެސްދީފައިވެ އެވެ.