02 ޖުލައި 2020
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު މިދިޔަ މަހުގެ 15 ގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދު 33، އާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 43، އެވެ.
މި މައްސަލައިިގައި އިތުރު މީހަކު ހައްޔަރު ކުރި ނަމަވެސް، އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ. އެއީ އޭނާއާ ގުޅޭ ތަންތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ނުފެނުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ޝަރީފް އާއި ރަޝީދު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އިތުރު 15 ދުވަސް ދީފަ އެވެ. މިއީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ދެ ވަނަ ފަހަރެވެ.
ޝަރީފް އަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން، އައްޑު އަށް ފަސް ކިލޯގެ މަސްތުވާތަކެތި ގެންދިޔަ ހަ މީހަކު ވެސް ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި ޑްރަގުގެ އޮޕަރޭޝަނެއް
ޑްރަގްގެ މައްސަލައިގެ ދެ މީހުންގެ ބަންދު އިތުރުކޮށްފި
ފިލްމީ ތަރި މަލް އަށް އިތުރު ދައުވާއެއް ކޮށްފި
ބަންދަށް އެދުނީ މައްސަލަ ބަލާ އޮފިސަރު: ޕޮލިސް
ޑްރަގް މައްސަލައިގެ މީހުން އަނެއްކާ ވެސް ދޫކޮށްލައިފި
10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ދެ ޒުވާނުންގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް