03 ޖުލައި 2020
އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ބޭނުންކުރާ ސައިންސް ލެންގްއޭންޖް ނުވަތަ އިޝާރާތުގެ ބަހުރުވަ ބަހަށް ތަރުޖަމާކޮށްދޭ "އަންގިއެއް" އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން އުފައްދައިފި އެވެ.
އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ބޭނުންކުރާ ސައިންސް ލެންގްއޭންޖް ނުވަތަ އިޝާރާތުގެ ބަހުރުވަ ބަހަށް ތަރުޖަމާކޮށްދޭ "އަންގިއެއް" އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން އުފައްދައިފި އެވެ.
ލޮސް އެންޖެލިސްގެ ކެލިފޯނިއާ ޔުނިވަސީޓީ (ޔޫސީއެލްއޭ) ގެ ޓީމުން ބުނީ މި ހައި-ޓެކް "އަންގި" ބޭނުންކޮށްގެން، އަޑު ނީވޭ މީހުންނާ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާ އެކު މުއާމަލާތްކުރެވޭނެ ކަމަށެވެ. އަންގި ފަރުމާކޮށްފައި ވަނީ އަތަށް "ލައްވާފައި" ހުންނަ އިރު، ކުރާ އިޝާރާތްތައް، ވަޔަލެސްކޮށް ސްމާޓްފޯނަށް ފޮނުވައި، އެ ހަރަކާތް ލަފުޒުތަކަށް ބަދަލުވާ ގޮތަށެވެ. އެގޮތުން ކޮންމެ އިޝާރާތެއް ލަފުޒަކަށް ބަދަލުވާން ނަގާނީ ސިކުންތެއްހާ ވަގުތެވެ. މި "އަންގި" އިންނަނީ އޭގެ މައިގަނޑު އަތްތިލައިގެ މެދަށް ސެޓްކޮށްފައި، އޭގައި ހުންނަ ކޭބަލްތައް އަތުގެ ކޮންމެ އިނގިއްޔަކާ ގުޅައިލާ ގޮތަށެވެ.
އެމެރިކާގެ ސައިން ލެންގްއޭޖަށް މި ހާއްސަ "އަންގި" އަކީ އިވުމުން މަހުރޫމުވެފައިވާ މީހުންގެ މުއާމަލާތްތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ އެއްޗެއް ކަމަށް ޔޫސީއެލްއޭގެ ސައިންސްވެރިންގެ ޓީމުން ބުންޏެވެ.
Wearable-tech glove translates #signlanguage into speech in real time @NatureElectron https://t.co/ug54zyDER3
— TechXplore (@TechXplore_com) June 29, 2020
"މި އުފެއްދުމަކީ ކުރިއަށް އޮތް ތަނުގައި، އަޑު ނީވޭ މީހުންނަށް ތަރުޖަމާނަކާ ނުލައި ކޮންމެ މީހަކަށް ވެސް މުއާމަލާތްކޮށްލެވޭނެ އީޖާދެއް،" އަންގި އުފެއްދި ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ރިސާޗަރު ޖުން ޗެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި "އަންގި" އަކީ ގިނަ ބަޔަކަށް އިޝާރާތުގެ ބަހުރުވަ އަމިއްލަ އަށް ދަސްކުރަން ވެސް ލިބޭނެ ފުރުސަތަކަށެވެ.
"މި އަންގި ފަރުމާކޮށްފައި ވަނީ ކުރިން އުފައްދާފައިވާ މި ޒާތުގެ އެއްޗިއްސަށް ވުރަ ފަސޭހައިން ބޭނުންކުރެވޭ ގޮތަށް. އަދި މީގެ ބަރުދަން ވެސް ވަރަށް ލުއިވާނެ،" ހާއްސަ ސެންސަތަކާ އެކު އުފެއްދި އަންގިއާ ބެހޭ ގޮތުން ޗެން ވިދާޅުވި އެވެ.
އެމެރިކާގައި އިޝާރާތުގެ ބަހުރުވަ ބޭނުންކުރާ މީހުންގެ އަދަދު ލައްކައަކާއި މިލިއަނަކާ ދޭތެރޭ އުޅޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވެ އެވެ.
އިޝާރާތުގެ ބަހުރުވައިގެ ތެރޭގައި 300 އެއްހާ ވައްތަރެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެ އެވެ.
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ސޯސް ޕެކެޓް ކަނޑަން ހާއްސަ ޑިވައިސްއެއް
އިސްތަށިގަނޑު ތަތްވި މީހާ އެކަމުން ފެށީ ވިޔަފާރިއެއް
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
"އަތްނުލައި" އަަރައި ބޭލޭ ބޫޓެއް ނައިކީން ހަދައިފި
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން
ގިނައިން ޝޭވްކުރާ މީހުންނަށް ޖިލެޓްގެ "ހީޓެޑް" ރޭޒަރު
ހާލީ-ޑޭވިޑްސަނުން އިލެކްޓްރިކް ބައިސްކަލް ހަދަނީ
ޖައްވަށް 23 މިލިއަން ޑޮލަރުގެ ފާހާނާ ތައްޓެއް
އެޕަލް އިން "ސެލްފް ހީލިން" ފަތްޖެހޭ ފޯނެއް ނެރެނީ