30 ޖޫން 2020
ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށެވެ. އާ މަރުހަލާގައި، އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުހިންމު މަސައްކަތްތައް ކުރުމަށް މިހާރު ވެސް މަދު ބަޔަކު ނެރެގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސްގެ ޓްވީޓްގައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ވޮލެންޓިއަރުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އެންމެ ނުރައްކާ ހާލަތަށް ދިޔަ ނުދީ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކުރީ ސަފުގައި، އެ މީހުންގެ އާންމު ޑިއުޓީގެ ބޭރުން މަސައްކަތްކުރި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންނާއި ސަރުކާރުގެ އެކި އިދާރާތަކަށް ޝުކުރުވެރިވަމެވެ." ރައީސްގެ ޓްވީޓްގައިވެ އެވެ.
On 1st July 2020 the National Emergency Operations Centre shall cease its operations managing the Maldives’ Covid 19 response. Under new normal rules, government offices will reopen and businesses including shops, cafes, and restaurants can start operations from tomorrow onwards.
— Ibrahim Mohamed Solih (@ibusolih) June 30, 2020
ރައީސްގެ ޓްވީޓް
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު އޭޕްރީލް 15 ވަނަ ދުވަހު މާލެ އިން ފެނުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވި ބަލިވާ މީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައި ވާތީ މިދިޔަ މަހުގެ 28 އިން ފެށިގެން ލޮކްޑައުން އަށް ލުއި ދޭން ފަށައި މި މަހުގެ 15 އިން ފެށިގެން ވަނީ ވަރަށް ބޮޑެތި ލުއިތައް ދީ ވިޔަފާރިތަކަށް ވެސް ހުއްދަ ދީފަ އެވެ. މާދަމާ ފަށާ މަރުހަލާ އަކީ، ބަލީގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ހުއްދަ ދޭން ކުރިން ވެސް ނިންމާފައިވާ ކަންކަމެވެ.
އަންނަ މަހު 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލައި ޓޫރިޒަމް ވެސް ފަށާނެ އެވެ.
ކޮވިޑް-19 ގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ފެބްރުއަރީ މަހުގެ ފަހުކޮޅު ދަރުބާރުގޭގައި ގާއިމްކުރި އެންއީއޯސީ އުވާލައި އެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށަށެވެ. އެންއީއޯސީ ހިންގާ ދަރުބާރުގެ އަށް ރައީސް އިއްޔެ ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ވާހަކަ ވަނީ ދައްކަވައިފަ އެވެ.
ކޮވިޑް-19 ފެތުރުން އެއްކޮށް ނުހުއްޓުނު ކަމުގައި ވިޔަސް ރައްކާތެރިކަމާ އެކު އާންމު ހާލަތަކަށް ދާން މާދަމާ އާ މަރުހަލާއެއް ފަށާއިރު އިއްޔެގެ ނިޔަލަށް ރާއްޖޭން ވަނީ 2,337 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން 1,927 މީހަކު ރަނގަޅުވެފައި ވާއިރު މަރުވީ އަށް މީހެކެވެ. ބަލި ޖެހިފައި ހުއްޓާ ފަސް ބިދޭސީއަކު ރާއްޖޭން ފުރައިގެން ގޮސްފައިވެ އެވެ. އެހެންވެ ރާއްޖޭގައި މިހާރު ތިބި މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 397 އެވެ.
އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
މާދަމާ އާއި ބުރާސްފަތީގައި އޮފީސްތައް ނުހުޅުވާނެ
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
އާދިއްތައިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަނީ
ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު
ލުއިތަކުން ނަތީޖާ ގޯސް ނަމަ، ކަންކަން މަޖުބޫރުކުރޭ!
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
އޮފީސްތަކުގެ މަސައްކަތު ގަޑި ޝިފްޓަށް ބަހާލާ: މަބްރޫކް