20 އޮކްޓޯބަރ 2016
ހަތްވަނަ ގައުމީ ފިލްމު އެވޯޑްސް އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބާއްވަން ނިންމައި އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
ހަތްވަނަ ގައުމީ ފިލްމު އެވޯޑްސް އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބާއްވަން ނިންމައި އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
ފިލްމު އެވޯޑްސްގައި މި ފަހަރު ބައިވެރިކުރަން ނިންމައިފައި ވަނީ 2011-2013އާ ދެމެދު ނެރެފައިވާ ފީޗާ ފިލްމުތަކާއި ކުރު ފިލްމުތަކެވެ.
ފިލްމުތައް އެވޯޑްސްގައި ބައިވެރި ކުރަން ބޭނުންވާ ޕްރޮޑިއުސަރުންނަށް މި މަހުގެ 23 އިން އަންނަ މަހުގެ ތިނަކާ ހަމަ އަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމު އެންސީއޭ އާއި އެ ތަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެންސީއޭ އިން ބުންޏެވެ.
އެންސީއޭއާ ހަވާލުވެވަޑައިގެން ހުންނެވި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރު އަބްދުﷲ މުއާޒް ވިދާޅުވީ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވޯޑް ހަފުލާ ބާއްވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ހަމަނުޖައްސާ ކަމަށެވެ.
"އެވޯޑް ހަފުލާ ބާއްވާނެ ތަނެއް ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އޮލިމްޕަސް ނުވަތަ ދަރުބާރުގެ ކަހަލަ ތަނެއްގައި ހަފުލާ ބާއްވަން،" އޭނާ ވިދާޅުވި އެވެ.
"ތަން ހަމަޖެހުނީމަ ޑޭޓް އިއުލާން ކުރާނަން. މި ފަހަރު ވެސް ހަމަ ވަރަށް ކުލަ ގަދަކޮށް އެވޯޑް ހަފުލާ ބާއްވާނީ."
ދާދި ފަހުން އެގްޒެކެޓިކް ކޯޑިނޭޓަރު ކަމަށް އައްޔަން ކުރި މަޝްހޫރު ފިލްމީ ތަރި މުއާޒް ވިދާޅުވީ ގައުމީ ފިލްމް އެވޯޑަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށާއި މުސްތަގުބަލަށް ވަރަށް މުހިއްމު އެވޯޑެއް ކަމަށެވެ. އެހެންވެ ބޭނުން ވަނީ މެދުނުކެނޑި އެވޯޑް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަލުން އައިސް މި މަސައްކަތް ފަށައިގަތީ. އިރާދަކުރެއްވިޔާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި މެދުނުކެނޑި ގައުމީ އެވޯޑް ބާއްވަން އެންސީއޭ އިން މަސައްކަތް ކުރާނެ،" މުއާޒް ވިދާޅުވި އެވެ.
ގައުމީ ފިލްމް އެވޯޑްސް މިދިޔަ އަހަރު ޗޮޕްއާޓާ ގުޅިގެން ބޭއްވީ 2008-2010އާ ދެމެދު ނެރުނު ފިލްމުތަކަށް ހާއްސަކޮށްގެންނެވެ.
މިދިޔަ އަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ "ހެޕީ ބާތުޑޭ" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމުގެ ޑައިރެކްޓަރު މޫމިން ފުއާދެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް "ހެޕީ ބާތުޑޭ" އިން ޔޫސުފް ޝަފީއު (ޔޫއްޕެ) އުފުލާލި އިރު، އެންމެ މޮޅު ބަތަލާގެ އެވޯޑް ގެންދިޔައީ ފިލްމް "ނިއުމާ" އިން ނިއުމާ މުހައްމަދެވެ. އަދި އެންމެ މޮޅު ކުރު ފިލްމަކަށް ހޮވުނީ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ "ފަގީރު ކޮއި" އެވެ.
ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ގައި ބާއްވަނީ
ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
މުއާ އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ
އެކްޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
ފިލްމު އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ވިޝްކާ"
ދިވެހި ފިލްމު އެވޯޑްސް: ދެ ފިލްމަކަށް 6 ނޮމިނޭޝަން
ފިލްމު އެވޯޑްސް މި މަހުގެ 15 ގައި
ދިވެހި ފިލްމު އެވޯޑްސްގެ ޖޫރީން ކަނޑައަޅައިފި
ފިލްމު އެވޯޑްސް: 12 ފީޗާ އާއި ކުރު ފިލްމެއް