25 ޖޫން 2020
ޗައިނާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގޫގުލްގައި ކުރިން މަސައްކަތްކުރި މީހަކަށް ލިބިއްޖެ އެވެ.
ޗައިނާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގޫގުލްގައި ކުރިން މަސައްކަތްކުރި މީހަކަށް ލިބިއްޖެ އެވެ.
ފޯބްސް އިން ބުނި ގޮތުގައި ޕިންޑޯޑޯ (ޕީޑިޑީ) ގެ ނަމުގައި އަމިއްލަ އޮންލައިން ވިޔަފާރިއެއް ހިންގަމުން އަންނަ ކޮލިން ހުއާންގް، 40، ގެ މިލްކިއްޔާތު މިހާރު 45.5 ބިލިއަން ޑޮލަރަށް އަރަ އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުތިސާދީ ބާރުގެ ތެރޭގައި ވެސް ހިމެނޭ ޗައިނާގައި މި ވަގުތު ހުރި އެންމެ މުއްސަނދި މީހަކީ އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ އެވެ. އުމުރުން 55 އަހަރުގެ ވިޔަފާވެރިޔާގެ މިލްކިއްޔާތު 51.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮލިން އަކީ ވިސްކަންސިން ޔުނިވަސިޓީން ކޮމްޕިއުޓަ ސައިންސްގެ ދާއިރާ އިން މާސްޓަ ޑިގްރީ ހާސިލުކޮށް، މައިކްރޮފްސޮފްޓް ކުންފުނީގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހުން ގޫގުލްގައި އިންޖިނިއަރެއްގެ ގޮތުގައި ތިން އަހަރު ވަންދެން މަސައްކަތްކުރި މީހެކެވެ. އޭނާ ބުނި ގޮތުގައި އެ ކުންފުނީގައި ހޭދަކުރި ތިން އަހަރަކީ ވަރަށް އުފެއްދުންތެރި އަދި އެހާމެ ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރުތަކެކެވެ.
"އަހަރެން މީހަކަށްވުމުގައި ގޫގުލް އިން ލިބުނު ތަޖުރިބާ އާއި އެ ކުންފުނިން ލިބުނު އެހީތެރިކަން ވަރަށް ބޮޑު،" ކޮލިން ބުންޏެވެ.
އޭނާގެ އޮންލައިން ވިޔަފާރި ޕީޑީޑީ ވުޖޫދަށް ގެނައީ 2015 ގަ އެވެ. ކޮލިން ބުނިގޮތުގައި ވިޔަފާރި އަށް އެންމެ ބޮޑު ކުރިއެރުމެއް އަންނަން ފެށީ ކޮވިޑް-19އާ ދިމާކޮށެވެ. އެގޮތުން އޮންލައިންކޮށް ލިބޭ އޯޑަރުތަކުގެ އަދަދު ދުވާލެއްގެ މައްޗަށް 50-65 މިލިއަނަށް އުފުލި، ވިޔަފާރި އަށް ހީ ވެސްނުކުރާ ވަރުގެ ބޮޑު ފައިދާއެއްވާން ފެށި އެވެ.
ކޮލިން ބުނިގޮތުގައި ޕީޑީޑީގެ ހާއްސަ ކަމަކީ އެއްފަހަރާ ގިނަ ބަޔަކު، އަގުހެޔޮކޮށް ތަކެތި ގަތުމުގެ ފުރުސަތު ލިބުމެވެ.
މީގެ އިތުރުން އެ ކުންފުނީގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް އެކި ކަހަލަ ގޭމްތަކުގައި ވެސް ބައިވެރިވެގެން އެކި ކަހަލަ ހަދިޔާތައް ހޯދެ އެވެ. އެހެންކަމުން ޕީޑީޑީ އަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ވިޔަފާރިއެކެކެވެ.
އޮންލައިން ވިޔަފާރީގައި މި ވަގުތު އެންމެ ކުރީގައި އުޅެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެރިކާގެ ޖެފް ބެޒޯސްގެ އެމެޒޯނެވެ. ފޯބްސް އިން ބުނާގޮތުގައި ބެޒޯސް، 56، ގެ މިލްމިއްޔާތު މިހާރު 165.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ކިމް ކާޑޭޝަން ވެސް ބިލިއަނަރަކަށް
ބޮޑު މަހުޖަނުގެ މަގާމުގައި އީލޮންއަށް ތިން ދުވަސް
އޮސްޓިން ރަސަލް: އެންމެ ޒުވާން ބިލިއަނަރު
ކަންޔޭ އަކީ ވެސް މިހާރު ބިލިއަނަރެއް
ހޮންކޮންގުގެ މަހުޖަނަކު ދަރިވަރުންނަށް އެހީވަނީ
ފުރަތަމަ ހިޕް-ހޮޕް ބިލިއަނަރަކީ ޖޭ-ޒީ
އެންމެ ޒުވާން ބިލިއަނަރަކީ ކައިލީ ޖެނާ
މިހާރު އެންމެ މުއްސަނދީ އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސް
އެންމެ ޒުވާން ފަސް ބިލިއަނަރުން
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި