Roadha Mihaaru

އެންމެ ޒުވާން ފަސް ބިލިއަނަރުން

18 މެއި 2016

މަހުޖަނުންގެ ލިސްޓަށް ބަލާއިރު އަބަދު އެ ލިސްޓުން ފެންނަ ނަންތަކާއި މުޅިން އަލަށް ލިސްޓަށް އެރި ނަންތައް ވެސް ހިމެނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަހުޖަނުންގެ ލިސްޓަށް ބަލާއިރު އަބަދު އެ ލިސްޓުން ފެންނަ ނަންތަކާއި މުޅިން އަލަށް ލިސްޓަށް އެރި ނަންތައް ވެސް ހިމެނެ އެވެ.

މި ލިސްޓުގައި އުމުރުން 40 އަހަރުން ދަށުގެ 66 ބިލިއަނަރުން އެބަތިއްބެވެ. މިއީ ޒުވާން ބިލިއަނަރުންގެ އަދަދަށް އައި ބޮޑު ކުރިއެރުމެކެވެ. އެއީ 2011 ވަނަ އަހަރު ތިބީ 40 އަހަރުން ދަށުގެ އެންމެ 8 ބިލިއަނަރުން ކަމަށް ވާތީ އެވެ. އެންމެ ޒުވާން ހަތް ބިލިއަނަރުންނަށް ބަލާއިރު އެ އެންމެންނަކީ ވެސް 30 އަހަރުން ދަށުގެ މީހުންނެވެ. އެހެންވެ މަހުޖަނުންގެ ލިސްޓަކީ މިހާރު، އުމުރުން ދުވަސްވީ މީހުންގެނަން އެކަނި ހިމެނޭ ލިސްޓެއް ނޫނެވެ. ތިރީގައި އެ ވަނީ އެންމެ ޒުވާން ފަސް ބިލިއަނަރުންނެވެ.

އެލެގްޒެންދްރާ އެންޑްރެސެން

އެލެގްޒެންދްރާ އެންޑްރެސެން

އެލެގްޒެންދްރާ އެންޑްރެސެން

އުމުރުން 19 އަހަރުގެ އެންޑްރެސަން ނިސްބަތް ވަނީ ނޯވޭގެ އޮސްލޯ އަށެވެ. މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެއީ އޭނާގެ އާއިލީ ވިޔަފާރިއަކުން ބައްޕަ އަށް ލިބުނު ބައިގެ 42 ޕަސެންޓް ހިއްސާ ވާރުތަވުމުން ލިބުނު މުއްސަނދި ކަމެކެވެ. މިއީ ތެލާއި ގޭހާއި އިންޑަސްޓްރިއަލް އިކުއިޕްމަންޓާއި ޓެކްސްޓައިލް އަދި ކުޅިވަރު ސާމާނާއި އައިޓީ ދާއިރާ އަށް ބޭނުންވާ ތަކެއްޗާއި ދަތުރުފަތުރުގެ ވިޔަފާރި ވެސް ކުރާ "ފާޑް" ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ޒުވާނެކެވެ.

ކެތެރީނާ އެންޑާސަން

ކެތެރީނާ އެންޑާސަން

ކެތެރީނާ އެންޑާސަން

މިއީ އެލެގްޒެންދްރާ އެންޑާސަންގެ ދައްތަ އެވެ. އުމުރަކީ 20 އަހަރެވެ. ބައްޕަގެ ފަރާތުން ލިބުނު މުއްސަނދިކަމުގައި މިލްކިއްޔާތު 1.2 ބިލިއަން ޑޮލަރެވެ. މީނާ އަށް ވެސް ބައްޕަގެ މުދަލުން 42 ޕަސެންޓް ލިބިފައިވެ އެވެ.

ގުސްތާވް މަގްނާޝް ވިޓްޒޯ

ގުސްތާވް މަގްނާޝް ވިޓްޒޯ

ގުސްތާވް މަގްނާޝް ވިޓްޒޯ

މިއީ ނޯވޭގެ ކްވޭރާ އަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނެކެވެ. މިލްކިއްޔާތުގައި 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މީނާގެ ބައްޕަ އަކީ ސޭމަން މަސް އާލާކޮށް ވިއްކާ އެންމެ ބޮޑު އެއް ފާމް ކަމަށްވާ ސަލްމާރްގެ ހިއްސާދާރެކެވެ. މުއްސަނދިކަން ލިބުނީ ބައްޕަގެ ހިއްސާއިން 2013 ވަނަ އަހަރު 47 ޕަސެންޓް ދިނުމުންނެވެ. އެކަމަކު މީނާ އަށް ފާމްގެ އެއްވެސް ކޮންޓްރޯލެއް ނޯވެ އެވެ.

އެވަން ސްޕީގަލް

އެވަން ސްޕީގަލް

އެވަން ސްޕީގަލް

މިއީ މަޝްހޫރު ސޯޝަލް މީޑިއާ އެޕް ސްނެޕްޗެޓްގެ ކޯ ފައުންޑާއެކެވެ. ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ 25 އަހަރުގެ މި ޒުވާނާގެ މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރަށް އަރަ އެވެ.

ލޫޑްވީގީ ތީއަޑޯ ބްރައުން

ލޫޑްވީގީ ތީއަޑޯ ބްރައުން

ލޫޑްވީގީ ތީއަޑޯ ބްރައުން

ޖަރުމަނުގެ 26 އަހަރުގެ މި ޒުވާނާގެ މިލްކިއްޔާތު 1.2 ބިލިއަނަށް އަރަ އެވެ. މެޑިކަލް ސާމާނު އުފައްދާ ބީ.ބްރައުން މެލްސަންގެން އޭޖީގެ 9.69 ޕަސެންޓް ހިއްސާ އޮންނަނީ މީނާ އަށެވެ. އެއީ އޭނާގެ އާއިލާގެ ވިޔަފާރިއެކެވެ.