Roadha Mihaaru
އީމެއިލް އެޑްރެސް ކުރުކޮށްލެވޭ ހިދުމަތެއް

އީމެއިލް އެޑްރެސް ކުރުކޮށްލެވޭ ހިދުމަތެއް

19 ޖޫން 2020

މިހާރު ތި ގެންގުޅޭ އީމެއިލް އެޑްރެސް ކުރުކޮށްލަން ބޭނުން ނަމަ އެކަން ކުރެވިދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ތި ގެންގުޅޭ އީމެއިލް އެޑްރެސް ކުރުކޮށްލަން ބޭނުން ނަމަ އެކަން ކުރެވިދާނެ އެވެ.

މިއީ "ހޭއި" އެވެ. ބެލެނިވެރި ކުންފުންޏަކީ ބޭސްކޭމްޕެވެ. އޭގެ އެއް ބާނީ ޑޭވިޑް ހެނެއިމާ ހެންސަން ވަނީ "ހޭއި" އީމެއިލް އެޑްރެސް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ވިއްކަން ފަށާނެކަން ވެސް ކަށަވަރުކޮށް ދީފަ އެވެ. މީގެ ހާއްސަ ކަމަކީ ދޭއް، ތިނެއް ނުވަތަ ހަތަރު ލަފުޒުން އީމެއިލް އެޑްރެސް ފުއްދައިލެވޭ ކަމެވެ. މިސާލަކަށް ok@hey.com ނުވަތަ fun@hey.com މި ގޮތަށެވެ.

ކުރު އީމެއިލްގެ އަގުތަކަށް ބަލާ އިރު، ދެ ލަފުޒްގެ ނަމަކަށް އަހަރަކަށް އީމެއިލް ވިއްކާނީ 999 ޑޮލަރަށެވެ. ތިން އަކުރު ނަމަ އަހަރަކަށް 375 ޑޮލަރެވެ. ހަތަރު އަކުރު ނަމަ އަހަރަކަށް 99 ޑޮލަރެވެ.

"ހޭއި" އިން ބުނި ގޮތުގައި ކުރު އީމެއިލް އެޑްރެހަކީ "ޕްރިމިއަމް" ހިދުމަތެކެވެ. އާދައިގެ މީހުންނަށް ވުރެ ބޮޑަށް މިއީ ތަންކޮޅެއް ހައި-ޕްރޮފައިލް މީހުންނަށް ހާއްސަ ހިދުމަތަކެވެ. އަގުތައް ހުރި ރޭޓްތަކަށް ބަލާ އިރު ވެސް، އީމެއިލް ކުރުކޮށްލާށޭ ކިޔާފައި މިހާރު އެ ހުރި އަގުތަކަށް ކޮންމެ ކޮންމެ މީހަކު މިކަމެއް ކުރާކަށް ބޭނުމެއް ވެސް ނުވާނެ އެވެ.

"ހޭއި" އިން ބުނިގޮތުގައި ހިދުމަތް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ އިރު، މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެނުންނެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ އީމެއިލް އެޑްރެސް ވިކިފައިވާ ކަމަށް ބުންޏެވެ. ތިރީގައި މި އޮތް ލިންކުން "ހޭއި" ގެ ކުރު އީމެއިލެއް ހޯދާނެ ގޮތް ބަލައިލެވޭނެ އެވެ.