Roadha Mihaaru
ބޭކާރު ބަހުސެއް ކުރީ ފުރައްސާރަކުރަން: ވަހީދު

މަޖިލީހުގައި ކުރީ ބޭކާރު ބަހުސެއް، ފުރައްސާރަ ކުރަން އެދޭތީ ހިތާމަކުރަން: ވަހީދު

15 ޖޫން 2020

ކުރީގެ ރައީސް މުހައްމަދު ވަހީދަށް އިއްޔެ އެމްޑީޕީގެ އެކްޓްވިސްޓަކު ހަމަލާ ދިން ކަމަށް އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައި ބަހުސް ކުރެއްވި ކުއްލި މައްސަލައަކީ ބޭކާރު ކަމެއް ކަމަށް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މުހައްމަދު ވަހީދަށް އިއްޔެ އެމްޑީޕީގެ އެކްޓްވިސްޓަކު ހަމަލާ ދިން ކަމަށް އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައި ބަހުސް ކުރެއްވި ކުއްލި މައްސަލައަކީ ބޭކާރު ކަމެއް ކަމަށް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލާ ދިން" ކަމަށެވެ.

ވަހީދު، އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.

Waheed ithurufulhu hehdhevi kamah bune Majileehah kulli massala eh

Waheed ithurufulhu hehdhevi kamah bune Majileehah kulli massala eh

The most trusted news source in the Maldives

Mihaaru

ވަހީދާ ދެކޮޅަށް ގަރާރެއް މަޖިލީހަށް ހުށަހެޅުން

އެ ގަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ވަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވަހީދު ވެރިކަމަށް ވަޑައިގަތީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ވަނީ ގޮވާލައްވައިފަ އެވެ.

ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރި ބޭނުމެއް ނެތް، ބޭކާރު ބަހުސެއް ކަމަށެވެ. އެމްޑީޕީގެ އެކްޓްވިސްޓް އެމަނިކުފާނާ ދިމާލަށް "ބާޢީ" އޭ ގޮވި ކަމަށް ވިދާޅު ނުވާ ކަމަށާއި އޭނާ ގޮވީ ހުތުރު އެއްޗެހިތަކެއް ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެ އެކްޓްވިސްޓްގެ މައްސަލަ އެމަނިކުފާން ޕޮލިހަށް ހުށަނާޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ބައެއް މެމްބަރުން އެމަނިކުފާނާ ދިމާކޮށްލުމަށް ހިތްވަރު ދެއްވާތީ ހިތާމަކުރައްވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"ހިތާމައަކީ މަޖިލިސްގެ ރައީސް އާއި މެމްބަރުން ފަދަ ގާނޫނު ނަގަހައްޓާ، އޭގެ ބާރު ދަމަހައްޓަން ތިބި ބޭފުޅުން އަޅުގަނޑާ ދިމާކޮށްލަން އާންމުންގެ ކިބައިން އެހާ ފާޅުކޮށް އެދެމުން ދިއުން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ކުރެއްވި ޓްވީޓް

ވަހީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ، ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން، ޖައުފަރު އެ މަނިކުފާނުގެ ފަހަތުގައި އުޅުނު ކަމަށެވެ. ކަސްރަތު ނިންމަވާފައި ގެ އަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން ބުނީ ވަހީދަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލަ އިއްޔެ ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގަތީ އެހާތަނަށް ނަޝީދުގެ ނައިބަކަށް ހުންނެވި ވަހީދެވެ. އެހެންވެ، އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން ވަހީދަށް ވަނީ އަމާޒުވެފަ އެވެ. އެމްޑީޕީގެ ވެރިކަން ބަދަލު ކުރީ ވަހީދު އަޑީގައި ހުންނަވައިގެން ކަމަށް އޭރުގެ ރައީސް ނަޝީދު މިއަދު ވެސް ތުހުމަތު ކުރެއްވި އެވެ.