18 އޮކްޓޯބަރ 2016
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ދެ ބޭފުޅަކު މިރޭ ހަމަޖައްސަވައިފި އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި އައިމިނަތު ނާދިރާ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ދެ ބޭފުޅަކު މިރޭ ހަމަޖައްސަވައިފި އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި އައިމިނަތު ނާދިރާ އެވެ.
ނާދިރާ އަކީ މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އޭނާ އެ މަގާމުން ވަކިކުރެއްވި ފަހުން މައުމޫންގެ ފަރާތްޕުޅުން ޕީޕީއެމްގެ އެކި ކަންކަމުގައި އިސްކޮށް އުޅުއްވި އެވެ. ނާދިރާ އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ. އަދި ވައްޑެ އަކީ މައުމޫންގެ ފެކްޝަންގައި ހަރަކާތްތެރިވާ، އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަހަކަށް އައިސް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އަލީ އާރިފު އެ މަގާމުން ވަކިކޮށް، މައުމޫން ފެކްޝަނުން ވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ސްޕޯކްސްޕާސަން ކަމަށް އައްޔަންކޮށްފަ އެވެ. ޝުޖާއު އަކީ މައުމޫން ފެކްޝަންގެ ބޭފުޅުންނާ މި ހަފުތާގައި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
މީގެ އިތުރުން ޝުޖާއު އަކީ މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާ ފެށުނީއްސުރެ ގާތްގުޅުމެއް އޮންނަ އަދި ސަލީމްގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.
މައުމޫންގެ ފެކްޝަނަށް އެންމެ ފަހުން އައްޔަންކުރި މަގާމުތަކަށް ބޭފުޅުން ހަމަޖެއްސީ ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީއޭ އާ އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އިންތިހާބުތަކުގައި އެއްބާރުލުމަށް އެމްޑީއޭއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ޕީޕީއެމުން ވަނީ ކުރިން ހަދައިފަ އެވެ.
"އަޅުގަނޑުމެންގެ މިރޭ ނިންމީ މި ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ ލީޑަރާއެކީ މަޝްވަރާކުރަން. އެއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރަން. އޭގެ އިތުރުން ގައުމީ މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާއެކީ މަސައްކަތްކުރާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކުރަން ވެސް ކައުންސިލުން ނިންމި،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަް ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވަން ދަރުބާރުގެ ދިނުމަށް ނިންމުމަށް ފަހު މިއަދު ކެންސަލްކުރި ނަމަވެސް ކާނިވަލްގައި އެ ޖަލްސާ ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ މައުމޫންގެ ފެކްޝަނުން ބާއްވަމުން އަންނަ ކައުންސިލް ބައްދަލުވުންތައް ސައްހަ ކަމަށާއި ކައުންސިލް ބައްދަލުވުންތަކަށް ގޮވާލެވޭނީ ހަމައެކަނި ޕާޓީގެ ރައީސަށް ކަމަށެވެ.
"ޕާޓީ ހިންގާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންގެ އަސާސީ ގަވައިދުގައި ވަރަށް ސާފުކޮށް އެބައޮތް. އަޅުގަނޑު ދަންނަވާނީ މިރޭ ބޭއްވީ ވެސް ގާނޫނީ ޖަލްސާއެއް ކަމަށް. އަދި އެ ކައުންސިލް ބައްދަލުވުމުގެ ނިންމުންތަކަކީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ނިންމި ނިންމުންތަކެއް،" އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަންކުރި ނަމަވެސް އޭނާއަށް ވުރެ ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މާ ގާބިލް ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވީތީ ވައްޑެ ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވި އެވެ.
މައުމޫން ފެކްޝަންގެ މިރޭގެ ކައުންސިލް ބައްދަލުވުމުގައި 13 މެމްބަރަކު ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި މައުމޫން ފެކްޝަންގެ އިތުރުން ރައީސް ޔާމީންގެ ފެކްޝަނުން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި، މައުމޫންގެ ދަރިކަލުން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ފަހު، މައުމޫން ފެކްޝަނުން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ދުވަހު އެ ކައުންސިލުން ނިންމި އެއްވެސް ކަމަކަށް އޭނާ ވޯޓު ނުދެއްވަ އެވެ. ނަމަވެސް މައުމޫންގެ ފެކްޝަންގެ މިރޭގެ ޖަލްސާގައި ޣައްސާން ވަނީ ހުރިހާ ނިންމުމަކަށް ވޯޓު ދެއްވައިފަ އެވެ.
ސިވިލް ކޯޓުން ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އެ ހުކުމަށް އިހުތިރާމް ކުރި ނަމަވެސް އެ ހުކުމް ހައި ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލައަކީ ސީދާ ޕާޓީގެ ރައީސަށް ރައްދުވާ މައްސަލައަކަށް ވާތީ އެ މައްސަލަ އިސްތިއުނާފުކުރައްވާނީ މައުމޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ބައެއް ބޭފުޅުން ސުވާލުކުރައްވާ އަޅުގަނޑުމެންގެ ހައިސިއްޔަތަކީ ކޮބައިކަމާމެދު. އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމްގެ ކައުންސިލުން އެހެން ގޮތެއް ކަނޑައަޅަން ދެން، ހަމައެކަނި 24 ގަޑިއިރުގެ ތެރޭގައި ޖަލްސާއެއް ބޭއްވުން އިތުރު ކަންތައްތަކެއް ކުރުމަކީ މުސްތަޝާރަށް މި ހުކުމްގެ ދަށުން ލިބިފައިވާ އިހުތިޔާރެއް ކަމަށް އަޅުގަނޑު ނުދެކެން،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގެ އަސާސީގެ ގަވައިދުގެ 57 ވަނަ މާއްދާގައި މުސްތަޝާރުގެ ބާރު ވެސް ކޯޓުން ބަލަން ޖެހޭ ކަމަށެވެ. އަދި އެހެން ކަމުން ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވައްޑެ ތަކުރާރުކޮށް ވިދާޅުވި އެވެ.
ޕީޕީއެމްގެ މައްސަލަތައް ބޮޑުވެ، ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ދެ ފެކްޝަން އުފެދި ދެ ބޭފުޅުން ވެސް ގެންދަވަނީ ކައުންސިލް ބައްދަަލުވުންތައް ބާއްވައި ޕާޓީގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވަމުންނެވެ.
"މައުމޫން ނެތި ޔާމީނަށް ތިން ޕަސެންޓް ވެސް ނުލިބޭނެ"
މައުމޫން "ބާކީކުރާތީ" ވައްޑެގެ ވަރުގަދަ ސުވާލުތަކެއް!
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟
ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!
ފާރުގައި ހުރި ހުތުރު ބަސްތަކުން މައުމޫނަށް އަސަރުކޮށްފި
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން