Roadha Mihaaru
މައުމޫން "ބާކީކުރާތީ" ވައްޑެގެ ވަރުގަދަ ސުވާލުތަކެއް!

މައުމޫން "ބާކީކުރާ" މައްސަލާގައި ވައްޑެގެ ވަރުގަދަ ސުވާލުތަކެއް!

09 އޮކްޓޯބަރ 2016

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މެދު އެ ޕާޓީގެ ކައުންސިލް މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު "ބާކީކުރައްވާ" މައްސަލާގައި ކައުންސިލް މެމްބަރުންނަށް، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަރުގަދަ ސުވާލުތަކެއް އިއްޔެ ކުރިމަތިކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މެދު އެ ޕާޓީގެ ކައުންސިލް މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު "ބާކީކުރައްވާ" މައްސަލާގައި ކައުންސިލް މެމްބަރުންނަށް، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަރުގަދަ ސުވާލުތަކެއް އިއްޔެ ކުރިމަތިކުރައްވައިފި އެވެ.

ކައުންސިލް މެމްބަރުންނާ ހަތް ސުވާލެއް އޭނާ ކުރިމަތިކުރެއްވީ، މިދިޔަ ޖުލައި މަހު ބޭއްވި ކައުންސިލް ބައްދަލުވުން ބޮއިކޮޓް ކުރައްވައި ޝަރީއަތަށް ވަޑައިގެންނެވި މެމްބަރުން މާފަށް އެދުމަށް މައުމޫން އެންގެވުމުން އެމަނިކުފާނާ ދެކޮޅަށް ބައެއް މެމްބަރުން ހިޔާލުފާޅުކުރެއްވުމުންނެވެ.

މައުމޫން ދިފާއު ކުރައްވައި ކައުންސިލް މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި، މިހާރު މިއޮތީ "ޕީޕީއެމްގެ ވެރިކަމެކޭ ކިޔާއިރު ޕީޕީއެމް ރައީސްގެ ނުވަތަ ޕާޓީ ކައުންސިލްގެ ދައުރެއް ވެރިކަމުގައި އޮތް ކަމަށް ނުވަތަ އޮންނަން ޖެހޭ ކަމަށް މެމްބަރުން ގަބޫލުކުރައްވަންތޯ" ވައްޑެ ސުވާލު ކުރެއްވި އެވެ. އަދި "2018 އިންތިހާބު ކޮމެޓީ" އާއި "ހައްލު ކޮމެޓީ"ގެ ނަމުގައި ކޮމެޓީއެއް އުފެއްދިއިރު ޕީޕީއެމްގެ ކައުންސިލްގެ ބައިވެރިވުން އޮތްތޯ ވެސް ސުވާލު އުފެއްދެވި އެވެ. މި ދެ ކޮމެޓީ އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުންނެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން މަހާސިންތާތަކެއް ބޭއްވިއިރު ޕާޓީގެ ކައުންސިލަށް އެކަން އެނގޭތޯ ވެސް ވައްޑެ ސުވާލުކުރެއްވި އެވެ. ކައުންސިލްގެ މެމްބަރުންނާ ވައްޑެ ކުރެއްވި އަނެއް ސުވާލަކީ "ރައީސް މައުމޫންގެ ބޭނުން ޖެހެނީ ކޮންމެ އިންތިހާބަކާ ދިމާކޮށްފައިތޯ" އެވެ. އަދި މައުމޫންގެ އެހީއާ އެކު އިންތިހާބު ކާމިޔާބުވުމުން އެމަނިކުފާނަކީ "އެއްވެސް މީހެއް ނޫން" ކަމަށް ބަލަނީ ކީއްވެތޯ ވެސް ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޕީޖީ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) އަކީ ޕާޓީއާ ވަކިން އުފެދިފައިވާ ގްރޫޕެއްތޯ އަދި މައުމޫނާ ނުލައި ޕީޕީއެމަށް އިންތިހާބު ކާމިޔާބުވާނެތޯ ވެސް ވައްޑެ ވަނީ ކައުންސިލް މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.

މިދިޔަ ޖުލައި 19 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު މައުމޫން ޕާޓީ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: މި ބައްދަލުވުން ރައީސް ޔާމީންގެ ފެކްޝަނުން ބޮއިކޮޓް ކުރި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިދިޔަ ޖުލައި 19 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު މައުމޫން ޕާޓީ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: މި ބައްދަލުވުން ރައީސް ޔާމީންގެ ފެކްޝަނުން ބޮއިކޮޓް ކުރި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް ކައުންސިލް ބައްދަލުވުމަކުން ކަނޑައަޅަން ރައީސް އޮފީހުން އަަންގާފައި އޮތްއިރު، ބައްދަލުވުމެއް ދެން ބާއްވާނީ ކުރީގެ ބައްދަލުވުން ނުކުމެވަޑައިގެން އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވި މެމްބަރުން އެކަމަށް މާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ޕީޖީގެ ވައިބާގައި އިއްޔެ އެހެން ވިދާޅުވުމާއެކު، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ބައެއް މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި މައުމޫނަށް ރައްދު ދީފަ އެވެ.

ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށެވެ. އެކަމަކު ކައުންސިލް އެއްފަރާތްކޮށް، ޕީޕީއެމް މިހާރު ހިންގަމުން ގެންދަނީ އަސާސީ އަދި ހިންގާ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލްގެ މި ޓްވީޓަށް ރައްދު ދެއްވައި "ޕީޕީއެމްގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަން އެނގިވަޑައިގަތީ މިއަދުތޯ" މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ސުވާލު ކުރައްވައިފަ އެވެ. އަދި ގާނޫނުއަސާސީ ބަދަލުކުރިއިރު ޕީޕީއެމްގެ ކައުންސިލަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވުމާ އެކު ބަހުގެ ހަމަލާތަކެއް ދެ ބޭފުޅުން ބަދަލުކުރެއްވި އެވެ.

މައުމޫންގެ އެންގުވުމާ އެއްގޮތަށް މިހާތަނަށް މާފަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.