07 ޖޫން 2020
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މީހުން ކަންފަސޭހަކޮށްލައިފާނެކަމެވެ. ކޮވިޑް-19ގެ ދެވަނަ ރާޅު ބިންދާލައި، ކުރިން ކުރި މަސައްކަތް ފެނަށް ވެގެން ދަނީ އެ ކަންފަސޭހަކޮށްލުމުގެ ތެރެއިންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މީހުން ކަންފަސޭހަކޮށްލައިފާނެކަމެވެ. ކޮވިޑް-19ގެ ދެވަނަ ރާޅު ބިންދާލައި، ކުރިން ކުރި މަސައްކަތް ފެނަށް ވެގެން ދަނީ އެ ކަންފަސޭހަކޮށްލުމުގެ ތެރެއިންނެވެ.
"ލޮކްޑައުން އަށް ލުއިދިނުމާ އެކު ބައެއް ގައުމުތަކުން ފެނިފައި ވަނީ ކޭސްތަކުގެ އަދަދުތައް މައްޗަށް ދާތަން. ޓެސްޓްކުރުން އިދާރާތަކުން ކުރިއަށް ގެންދާ އިރު އާބާދީތަކުން އެމީހުންގެ ނަފުސު ރައްކާތެރި ރަން ޖެހޭނެ،" މިދިޔަ ހުކުރު ދުވަހު ޑަބްލިއުއެޗްއޯއިން ބުންޏެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހެރިސް ވިދާޅުވީ ލޮކްޑައުންތަކަށް ލުއިދީ، ބަލި ފެތުރުން ހުއްޓުވަން ކުރިން އަޅާފައި ހުރި ފިޔަވަޅުތައް މަދުކޮށްލުމާ އެކު އެއީ ހާލަތު ރަނގަޅުވެ، ކޮވިޑް-19ގެ ކަންކަން ނިމުން ކަމަށް މީހުން މާނަކުރާ ކަމަށެވެ.
ނަމަވެސް "މިކަމެއް ނުނިމޭ. ދުނިޔޭގެ އެއްވެސް ތަނެއްގައި ވައިރަސް ނެތް ހާލަތު ނާންނަނީސް މިކަމެއް ނުނިމޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަކީ ކޮވިޑް-19 ފެތުރޭތީ އެންމެ ދުރާލައި ފިޔަވަޅު އެޅި އެއް ގައުމެވެ. އެކަމުގެ ނަތީޖާއާ މެދު ބައެއް މީހުންނަށް ބަހުސް ކުރެވިދާނެ އެވެ. އެކަމަކު ފެންނަން އޮތް ހަގީގަތަކީ ހާލަތު މެނޭޖް އެބަ ކުރެވޭ ކަމެވެ. ބަލިމީހުން ގިނަވެ ހޮސްްޕިޓަލްތަކެއް އަދި ނުފުރެ އެވެ. ވެންޓިލޭޓަރަށް ލާން ޖެހުނު މީހުންގެ އަދަދު މަދެވެ. ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތް ބުރަވެގެން ގޮސް ބޮއްސުންލާ ހިސާބަކަށް ވެސް ނުދެ އެވެ.
މި ނަތީޖާތަކާ އެކު ހާލަތު މިވަނީ ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފަ އެވެ. ފޭސްތަކަކަށް ބަހާލައިގެން ވީއްލުންތަކެއް އަންނަނީ ދެމުންނެވެ. ޑަބްލިއެޗްއޯއިން އެބުނާ ނާޒުކު ވަގުތަކީ މި އެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރަން މީހެއްގެ ސާމްޕަލް ނަގަނީ. ޓެސްޓް ކުރާ އުސޫލު މިހާރު ވަނީ ބަދަލުކޮށްފައި.
ކޮވިޑް-19 ބާރަށް ފެތުރުމަށް ފަހު އާއްމު ދިރިއުޅުމަށް މަޑުމަޑުން އިއާދަވުމަށްޓަކައި ރާއްޖޭގައި ވެސް، މިހާރު މި ވަނީ ލުއިިތަކެއް ދޭން ފަށައިފަ އެވެ. ގެއިން ބޭރުގައި ކުރަން ޖެހޭ އެކި ކަންތައްތަކަށް އެއް ފަހަރާ ހުއްދަ ލިބޭނެ މީހުންގެ އަދަދު މާލޭގައި އިތުރުކުރުމަކީ އެއް ބަދަލެވެ. ކޭސްތައް ނެތް ރަށްތަކުގައި މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދުކުރަން ފެށުމާއި ކުޅިވަރު ކުޅެން ހުއްދަ ދިނުމަކީ ވެސް ލުޔެކެވެ.
މާލެ ލޮކްޑައުން ކުރުމުން ތާށިވި އެތައް ބަޔަކު ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ރަށްރަށަށް ދަތުރުކުރަން ފުރަތަމަ ހުއްދަ ދިނެވެ. އެ އިންތިޒާމް ވެސް މިހާރު އެއަށް ވުރެ ފަސޭހަކޮށްފި އެވެ. ކޮވިޑުން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ގެނައި ބަދަލާއި އެންޓިބޮޑީ ޓެސްޓް ހަދަން ފަށަން ނިންމުމާ އެކު ރަށްރަށުގައި ގޭގައި ކަރަންޓީނު ވުމުގެ ފުރުސަތު ވެސް ހުޅުވާލައިފި އެވެ.
ރަނގަޅުވި ކަމަށް ކުރިން ބަލާ މިންގަނޑަކީ ޕީސީއާރު ޓެސްޓުން، ޕޮޒިޓިވް ކަމަށް ދެއްކި މީހަކު ހަމަ އެ ޓެސްޓުން ނެގެޓިވް ކަމަށް ދެއްކުމެވެ. ދެވަނަ ފަހަރަށް ޓެސްޓް ކުރަނީ އަލާމާތެއް ނެތް ނަމަ 14 ދުވަސް ފަހުން އަދި އަލާމާތްތައް ހުރި ނަމަ އަލާމާތްތައް ފިލުމުންނެވެ. އެކަމަކު އާ އުސޫލުގައި ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަން އިތުރު ޓެސްޓެއް ހަދާކަށް ނުޖެހެ އެވެ.
ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ރޭ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބަލި ޖެހުނު މީހުން ދޫކުރަމުން އައީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށާއި އެ ޓެސްޓުގެ ނަތީޖާ 3-4 ހަފުތާ ފަހުން ވެސް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށެވެ.
އެކަމަކު އެންމެ ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބަލި ޖެހޭތާ 10 ދުވަސް ފަހުން، އެ މީހެއްގެ ގައިން އެހެން މީހަކަށް ކޮވިޑް-19 ނާރާނެ އެވެ.
އެންޓިބޮޑީ ޓެސްޓުގައި ބަލަނީ ކޮވިޑް-19 ޖެހިފައިވޭތޯ އާއި އެ ބަލި ޖެހިފައި ރަނގަޅުވެފައިވޭތޯ އެވެ. މިއީ ހަށިގަނޑަށް ވައިރަސް ވަންނަތާ ނުވަ ވަރަކަށް ދުވަސް ފަހުން އެނގޭ ކަމެކެވެ.
ބަލިން ރަނގަޅުވިކަމަށް ކަނޑައެޅުމާއި ޓެސްޓް ކުރުމުގެ އުސޫލަށް މި ގެނައި ބަދަލުގެ ސަބަބުން ލިބޭނެ ވަރަށް ބޮޑެތި ފައިދާތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ސިއްހީ ނިޒާމަށް ބޮޑު ލުޔެއް ލިބުމެވެ.
މިހާތަނަށް ކުރަން ޖެހިފައި އޮތް ކަމަކީ ކޮވިޑް ޖެހިދާނެ ކަމަށް ބެލެވޭ މީހުން ޓެސްޓް ކުރަމުން ދިއުމާ އެކު، ކަރަންޓީނު މުއްދަތު ހަމަކުރާ މީހުންގެ ވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހުމެވެ. ރާއްޖޭގައި ކޮވިޑަށް ޕީސީއާރު ޓެސްޓް ހެދޭނެ ގާބިލްކަން މިވަގުތު ހުރީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯޓްރީ އަދި އޭޑީކޭގަ އެވެ.
ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ނިންމާ މީހުންނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނުކުރާ މީހުން އަދި ރަށްރަށަށް ދާން ޓްރާންސިޓް ކަރަންޓީން ނިންމާ މީހުން ޕީސީއާރް ޓެސްޓް ހަދަން ޖެހުމުން، ޓެސްޓިން ކެޕޭސިޓީ އިންތިހާއަށް ދަށްވެ، އިސްކަންދޭ ތަރުތީބު ކަނޑައަޅަން ވެސް ދަތިވެ އެވެ.
އާ އުސޫލާ އެކު އެކަން މިވަނީ ބަދަލުވެފަ އެވެ. އެހެންވީމާ ސަވައިލެންސް ސާމްޕްލިން އަދި ރެންޑަމް ސާމްޕްލިން އިތުރުކޮށް، ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރުގެ ސާފު މަންޒަރެއް ހޯދައިލުމުގެ މަސައްކަތް ދެން ހަލުވިވާނެ އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސް ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ފަސޭހަކޮށްލައިގެން ނުވާނެ ކަމަށް.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު ދެމުން އަންނަ ލުއިތަކަކަކީ އާ އާއްމު ހާލަތަކަށް ދާން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. ނަމަވެސް މިއީ ވަމުންދާ ގޮތް ވަރަށް ގާތުން، ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުން ދާން ޖެހޭ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ލިބޭ ކޭސް ނަމްބާސްތަކާއި އެއްޗިހި ވެސް އަޅުގަނޑުމެން ބަލާނަން ކިހިނެއްތޯ ވަނީ. ދެން އިން ފޭސްއަކާ ހަމައަށް ދެވޭ ވަރަށްތޯ ހާލަތު ހުރީ ނުވަތަ އަޅުގަނޑުމެން އާ ވިސްނުމަކަށް ދާންވީތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދާރާތަކުން މިހާތަނަށް ބަލަމުން އައި ވަރަށް ކަންކަން ބެލުމުގެ ފުރުސަތު މިހާރު މިދޭ ލުއިތަކާ އެކު ކުޑަވެގެން ދާ އިރު މީހުން އަމިއްލައަށް ސަމާލުވާން ޖެހޭ މިންވަރު ބޮޑުވާނެ އެވެ. އެކަމަކު އޭގެ މާނައަކީ އުސޫލުތަކާ ހިލާފުވާ މީހުންގެ ކަންކަމަށް އަޅާނުލައި ދޫކޮށްލުން ނޫން ކަމަށް ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެންގެވީ ހޯމް ކަރަންޓީނުގައި ބައިތިއްބާ އިރު ހުރިހާ ވަގުތެއްގައި އެމީހުން އުޅޭ ގޮތް ބަލާނެ މީހަކު މި ހާލަތުގައި ނުހުންނާނެ ކަމެވެ.
"ފަރުދީ ޒިންމާ އެންމެ ބޮޑަށް [އަދާ]ކުރަން ޖެހޭ ވަގުތަކީ މިއީ،" އެކަމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަމަވެސް ގެތަކުގައި ބަންދުވެގެން ތިބެން ޖެހުމަކީ ބުރައެކެވެ. އޭގެ ސަބަބުން ބައެއް މީހުން ދިރިއުޅުމަށް ކުރަމުން އައި މަސަައްކަތް މުޅިން ހުއްޓި ބަނގުރޫޓްވާ ހިސާބަށް ވަނީ ގޮސްފަ އެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ލިބިފައިވާ ލުއި ދަމަހައްޓައި، އިތުރު ލުއިތައް ހޯދަން އެންމެން ވެސް ފަރުވާތެރިވާންވީ އެހެންވެ އެވެ.
"މިހާރު އަޅުގަނޑުމެން މިކަމުގައި މިހާ ދުވަހު މި ދަތީގައި އުޅެފިން. އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް ވީހާވެސް އަވަހަކަށް މިކަމުން މިންޖުވާން އަޅުގަނޑުމެން އެންމެން ވެސްް ބޭނުންވޭ. އެހެންވީމާ މިހާރު އަޅުގަނޑުމެން އެންމެން ވެސް އެބަ ޖެހޭ ވިސްނައިގެން، [ކުރަން ޖެހޭ ކަމެއް] އަޅުގަނޑުމެން މިދޭ އިރުޝާދުތަކުގެ މަތިން އަޅުގަނޑުމެން ގޭގައި މަޑުކުރަން ބުނާ މީހަކު ހަމަ ރީއްޗަށް ގޭގައި މަޑުކޮށްލައިގެން [ހުންނަން]،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އެގޮތަށް އިރުޝާދަށް ތަބާވުމަކީ މިކަމުން ނުކުމެ ގަތުމުގެ މަގުތައް ފުޅާވެގެން ދާނެ ކަމެކެވެ.
ޑަބްލިއު އެޗްއޯއިން ވެސް ދީފައި އޮތީ ހަމަ މި އިރުޝާދެވެ. ކަންތައްްތައް ފަސޭހަކޮށްލައިގެން "މިހާރު ދެން އޯކޭއޭ" ހީކޮށްގެން ނޫޅުމުގެ އިރުޝާދެވެ. މީހުންގެ މެދުގައި ދުރުމިން ބެހެއްޓުމާއި މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އަޅައި ނިވާކުރުމާއި ގިނަގިނައިން އަތް ދޮވުން ފަަދަ އާދަތަކަށް ބަަދަލު ނުގެނައުމުގެ އިރުޝާދެވެ. "އާ އާއްމު ހާލަތެކޭ" ކިޔަނީ މިހެންވެ އެވެ.
"ހާލަތަށް އަންނަ ބަދަލު ހަފުތާއަކު އެއްފަހަރު ބަލަން"
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ތުއްތު ކުއްޖާގެ ހާލަތު ނޭނގި އާއިލާ ހާސްކަމުގައި
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
ޓެސްޓްތަކުގެ ނަތީޖާ އޮޅެނީ "ކްރޮސް ކޮންޓެމިނޭޓްވާތީ"
އިތުރު 25 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 790
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި
ބަލި އައި ގޮތެއް ނޭޭނގޭ 39 މީހަކު އެބަތިބި:އެޗްޕީއޭ