Roadha Mihaaru
ގްރެޖުއޭޝަން ސެޓްފިކެޓާ ހަވާލުވާން ޖެޓް ސްކީގައި

ގްރެޖުއޭޝަން ސެޓްފިކެޓާ ހަވާލުވާން ޖެޓް ސްކީގައި

03 ޖޫން 2020

ކޮރޯނާވައިރަހާ ހެދި ދުނިޔޭގެ ވަރަށް ގިނަ ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ގްރެޖްއޭޝަން ހަފުލާތައް މި އަހަރު ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އަދި އެފަދަ ހަފުލާތައް ބޭއްވި ގިނަ ތަންތަނުން އެކަން ކުރީ އޮންލައިންކޮށް ބޭއްވި ވާޗުއަލް ހަފުލާތަކުންނެވެ. އެއީ "ޒޫމް" އާއި އެ ނޫން ވެސް އެ ބާވަތުގެ ވީޑިއޯ ކޮންފަރެންސިން އެޕްތައް މެދުވެރިކޮށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ދުނިޔޭގެ ވަރަށް ގިނަ ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ގްރެޖްއޭޝަން ހަފުލާތައް މި އަހަރު ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އަދި އެފަދަ ހަފުލާތައް ބޭއްވި ގިނަ ތަންތަނުން އެކަން ކުރީ އޮންލައިންކޮށް ބޭއްވި ވާޗުއަލް ހަފުލާތަކުންނެވެ. އެއީ "ޒޫމް" އާއި އެ ނޫން ވެސް އެ ބާވަތުގެ ވީޑިއޯ ކޮންފަރެންސިން އެޕްތައް މެދުވެރިކޮށެވެ.

ނަމަވެސް އެމެރިކާގެ ފްލޮރިޑާގެ ކީ ވެސްޓްގައި ހިންގާ ސޮމަސެޓް އައިލެންޑް ޕްރެޕުން ވަނީ ތަފާތު ގޮތަކަށް އެތަނުގެ ހައި ސްކޫލް ދަރިވަރުން ގްރެޖްއޭޝަން މިދިޔަ ހަފުތާގައި ބާއްވައިފަ އެވެ. އެއީ ޖެޓް ސްކީގެ ހަރަކާތަކާ އެކީގަ އެވެ.

ޑިޕްލޮމާ ހާސިލުކުރި ދަރިވަރުންގެ ގްރެޖްއޭޝަން ސެޓްފިކްޓް ހަވާލުކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މޫދުގަ އެވެ. އެގޮތުން ދަރިވަރުން ގްރެޖްއޭޝަން ގައުންގެ އަޑިން ލައިފް ޖެކެޓް އަޅައި އަދި މާސްކް ވެސް އަޅައިގެން، ސޯޝަލް ޑިސްޓޭންސިންގެ އުސޫލުތަކާ އެއްގޮތަށް ވަރަށް ފުރިހަމަ ހަފުލާއެއް ވަނީ ބާއްވައިފަ އެވެ.

View this post on Instagram

Graduation - Key West Style #classof2020

A post shared by Somerset Island Prep (@somersetislandprep) on

މިކަން އެކެޑެމިއާގެ ފޭސްބުކް ޕޭޖްގައި ހިއްސާކުރުމުން އެތައް ބައެއްގެ ސަމާލުކަން ވެސް ހުއްޓުނެވެ.

ދަރިވަރުންނާ ޕްރިންސިޕަލް ޓޮމް ރޮމްޕެލާ ގްރެޖްއޭޝަން ސެޓްފިޓް ހަވާލުކުރެއްވީ ޖެޓް ސްކީގައި ކޮންމެ ދަރިވަރަކު ވެސް އޭނާއާ ދިމާއަށް ދަތުރުކޮށް، ވަކި ދުރު މިނެއްގައި މަޑުކުރުމުން ދައްޗެއްގައި ސެޓްފިކްޓް ހަރުކޮށްގެންނެވެ. ޕްރިންސިޕަލް ހުންނެވީ ވަކިން އޮތް އުޅަނދެއްގެ ޕްލެޓްފޯމެއްގެ މަތީގަ އެވެ.

ތަފާތު ގޮތަކަށް ބޭއްވި މި ގްރެޖްއޭޝަނާ ބެހޭ ގޮތުން އައިލެންޑް ޕްރޮޕުން ބުނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އާ ކަންކަން ކޮށްމ އުފެއްދުންތެރިކަން ދައްކަން ޖެހޭ ކަމަށެވެ. އަދި ޖެޓް ސްކީގައި ގްރެޖްއޭޝަން ބޭއްވީ ދުރާލައި، އޭގެ ތަމްރީނުތައް ވެސް ދަރިވަރުންނަށް ދިނުމަށް ފަހު ކަމަށް ބުންޏެވެ.

"އަހަރެމެން މި ބޭއްވި ގްރެޖްއޭޝަނުން ދައްކުވައި ދިނީ އެކަން،" އައިލެންޑް ޕްރެޕުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ކަމެއް ކުރަން ބޭނުމިއްޔާ ހުރިހާ ހުރަހެއް ވެސް ނައްތާލައިގެން ރައްކާތެރިކަމާ އެކު ކޮންމެ ކަމެއް ވެސް ކުރެވިދާނެ."

ޖެޓް ސްކީ ގްރެޖުއޭޝަން އިވެންޓަށް ކޮމެންޓްކުރި ގިނަ މީހުން ވަނީ މި އަހަރު ފެނުނު އެންމެ ތަފާތު ގްރެޖްއޭޝަން ހަފުލާ ކަމަށް ބުނެ ސޮމާސެޓް އައިލެންޑް ޕްރެޕަށް މަރުހަބާ ކިޔާފައިވެ އެވެ.