02 ޖޫން 2020
މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހެދި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގާނޫނާ ޚިލާފްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމި ރިޕޯޓު އެ ކޮމިޓީއަށް މިރޭ އަނބުރާ ފޮނުވާލައިފި އެވެ.
މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހެދި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގާނޫނާ ޚިލާފްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމި ރިޕޯޓު އެ ކޮމިޓީއަށް މިރޭ އަނބުރާ ފޮނުވާލައިފި އެވެ.
މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް، ފިޝަރީޒް މިނިސްޓްރީން ހަދާފައި ނުވާތީ އެ މިނިސްޓްރީން ގާނޫނާ ޚިލާފުވި ކަމަށް ނިންމައި، އޭގެ ޒިންމާ ޒަހާ ނަންގަވަންޖެހޭ ކަމަށް ކަނޑައަޅުއްވައި، މަޖިލީހުގެ ގަވާއިދު ކޮމިޓީން އޮތީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އެކަމަކު އެ ރިޕޯޓް ތަޅުމަށް ފޮނުވި ފަހުން، އިއްޔެ އެ ގަވާއިދުތައް އެކުލަވައިލައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޒަހާ މިއަދު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ގަވާއިދުތައް ހެދުމަށް ފަހު، އެޓާނީ ޖެނެރަލްގެ އޮފީހަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ކަން އަންގާފައިވާތީ ކޮމިޓީގެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން އަލުން އެ ކޮމިޓީއަށް ފޮނުވައިލަން މިރޭގެ ޖަލްސާގައި ހުށަހެޅުއްވީ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ނަސީރެވެ. އެ ހުށަހެޅުމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް ތާއީދު ކުރެއްވި އެވެ.
ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ 69 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
"ފަހަރެއްގައި އިއްޒަތްތެރި ރައީސްގެ މޭޒުކޮޅުން އިޝާރާތެއް އައީ ކަން ނޭނގޭ. މިކަން ވެސް ކުރިއަށް ދާ ތަން އެބަ ފެނޭ،" ސައީދު
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވަޒީރުކަމުގައި ހުންނެވި ޒަހާ ސަލާމަތްވާ ގޮތަށް މަޖިލީހުން މިރޭ އަމަލުކުރިޔަސް މީގެ ކުރީގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ ކަމަނާ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވައި، އިސްތިއުފާ އަށް ވެސް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. ޒަހާ، ފަހު ވަގުތު މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އޭނާ ސަލާމަތް ވިއިރު، މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި ވެސް ކަނޑައަޅާފައި އޮތީ އޭނާ އަށް މަގާމުގެ ޒިންމާ އަދާނުކުރެވުނު ކަމަށެވެ.
އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ގަވާއިދު ކޮމިޓީގެ މެމްބަރު އަދި ހިތަދޫ ދެކުނު ދާއިރާ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ގަވާއިދު ހެދިފައި ނެތް މައްސަލައިގައި ފިޝަރީޒް މިނިސްޓްރީން ދެއްކީ އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށް އެ ކޮމިޓީގެ ގިިނަ މެމްބަރުންނަށް ގަބޫލު ކުރެއްވުނު ކަމަށެވެ. ގަވާއިދުތަކުގެ އިތުރުން އެ ގާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖްމަންޓް ޕްލޭން ހެދިފައި ނެތް ކަމަށާއި އެކަމަކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމުން، އެ ގަވާއިދުތައް ހެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވަޒީރުކަމުގައި ހުންނެވި ޒަހާ ސަލާމަތްވާ ގޮތަށް މަޖިލީހުން މިރޭ އަމަލުކުރިޔަސް މީގެ ކުރީގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ ކަމަނާ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވައި، އިސްތިއުފާ އަށް ވެސް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.
"އެންމެ ދުވަހެއްގެ ތެރޭގައި ގަވާއިދު ހެދިއްޖެ. އަދި އެއް ދުވަހު ބަވައިލީމާ މެނޭޖްމަންޓް ޕްލޭންތައް ވެސް ހެދޭނެ. އަދި އެއް ދުވަހަކު ބަވައިލީމާ ދެން ހުރި ކަންތައްތައް ވެސް ކުރެވޭނެ،" ނާޒިލް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މަސްވެރިކަމާ ބެހޭ ގާނޫނު ފާސްކުރިތާ އަށް މަސް ވީއިރު ވެސް ގަވާއިދު ނުހެދި އޮތުމުން އެމްޑީޕީގެ މެމްބަރުން ވެސް ޒަހާއަށް ފާޑު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު މިރޭ ކުއްލި ގޮތަކަށް ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުވައިލާތީ އެކަމާ މެދު ހައިރާންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހަރެއްގައި އިއްޒަތްތެރި ރައީސްގެ މޭޒުކޮޅުން އިޝާރާތެއް އައީ ކަން ނޭނގޭ. މިކަން ވެސް ކުރިއަށް ދާ ތަން އެބަ ފެނޭ،" ސައީދު ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން މީގެ ކުރިން މަޖިލީހުގައި ޒަހާ އަށް ފާޑު ވިދާޅުވުމަށް ފަހު، މިއަދު ސިޓީއެއް ލިބުމުން އެމްޑީޕީގެ އެއްވެސް މެމްބަރަކަށް އެއްޗެއް މިރޭގެ ޖަލްސާގައި ވިދާޅުވާން ކެރިވަޑައިނުގަތީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އެކަމަކު އެ ސިޓީ ފޮނުވިޔަސް، ގަވާއިދު ހެދި ކަމަކަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ދުވަހެއްގެ ތެރޭގައި ގަވާއިދު ހެދިއްޖެ. އަދި އެއް ދުވަހު ބަވައިލީމާ މެނޭޖްމަންޓް ޕްލޭންތައް ވެސް ހެދޭނެ. އަދި އެއް ދުވަހަކު ބަވައިލީމާ ދެން ހުރި ކަންތައްތައް ވެސް ކުރެވޭނެ،" ނާޒިލް
"އިބްރާހިމް މުހަައްމަދު ސޯލިހް، ރައީސުލް ޖުމްހޫރިއްޔާ ގުޅުއްވާފައި ޕާލިމެންޓްރީ ގްރޫޕް މެމްބަރުންނަށް އިއްޔެ ނުވަތަ މިއަދުގެ ވަގުތެއްގައި ރަނގަޅު ފިލާވަޅެއް ދެއްވާފައި މި އޮތީ. މިހާރު ހުރިހާ އެމްޑީޕީގެ މެމްބަރުން އެ ތިބީ ބަސް އަހައިގެން. މިހާރު ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ އެއްވެސް މެމްބަރަކު އެމްޑީޕީގެ ތެރެއަކުން ނުފެނޭ،" ތޯރިގް ވިދާޅުވިި އެވެ.
ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވިދާޅުވީ ގަވާއިދުތައް ހެދިފައި ނުވަނީ ސަރުކާރަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށާއި މަސައްކަތް ނުކުރެވޭ މިނިސްޓަރުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށެވެ.
ޒަހާ، މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު
މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މިނިސްޓަރާ ހެދި:ރާއީ
ހޯޑެއްދޫން ދިން ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި
މަޖިލީހުގައި ޒަހާ ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް
ޖަވާބުދާރީވާން ޒަހާ އަށް ނޯޓިސް ފޮނުވައިފި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ޗައިނާއަށް މަސް އެކްސްޕޯޓްކުރަން މަސައްކަތްކުރަން: ޒަހާ
ރާއްޖޭގެ ނަން ބޭނުންކުރުން ހުއްޓުވޭނީ ގާނޫނަކުން: ޒަހާ
މިފްކޯއަށް މަސް ކިލޯއަކުން 3ރ. ގެއްލުންވޭ: ޒަހާ