Roadha Mihaaru
ބީއެޗްއެމްގެ އެކްސްއެލް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް

ބީއެޗްއެމްގެ ދެ މިލިއަން ރުފިޔާގެ އަގުހުރި އެކްސްއެލް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް

17 އޮކްޓޯބަރ 2016

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފި އެވެ.

ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި "އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި މި މަހު ފެށި މި ޕްރޮމޯޝަންގައި މިހާތަނަށް އައި އިރު ވަރަށް ގިނަ ނަސީބުވެރިންނާ އިނާމު ވަނީ ހަވާލު ކޮށްފަ އެވެ. މި ޕްރޮމޯޝަން ކުރި އަށް ދަނީ ޑިސެމްބަރ 29ގެ ނިޔަލަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން މި ޕްރޮމޯޝަންގައި ބައިވެރިވެ، އިނާމުތައް އެބަ ގެންދޭ. އެއާ އެކު، އެކްސްއެލްގެ ވިޔަފާރި އަށް ވެސް ކުރިއެރުން ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންނަށް ބައިސްކަލެއް ލިބޭ އިރު، ހަފުތާއަކު އެއް ފަހަރު ހޮވޭ ނަސީބުވެރިއަކަށް ވެސް ބައިސްކަލެއް ލިބެ އެވެ. އަދި މަސް ނިމުމުން ނަގާ ގުރުރުއަތުން ހޮވޭ ފަރާތަކަށް ސައިކެއް ދޭ އިރު، ވަގުތުން ދޭ 2،250 އަށް ވުރެ ގިނަ ބޯނަސް އިނާމުތަކެއް ވެސް ވަނީ ޕްރޮމޯޝަނުގައި ހިމަނާފައި އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ހުރިހާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ވަރަށް ހާއްސަ އިނާމެއް ވެސް ބީއެޗްއެމް އިން ދެ އެވެ. އެގޮތުން، އެއް ނަސީބުވެރިއަކަށް ދެ މީހުންގެ ދުބާއީ ދެކޮޅު ޓިކެޓާއި ތިބުމާއި ކެއުމުގެ ހަރަދާއި އިތުރަށް ހަރަދު ކުރާނެ ފައިސާ ދޭން ވަނީ ނިންމާފަ އެވެ.

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

ބީއެޗްއެމުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިއެއް. -- ފޮޓޯ: ބީއެޗްއެމް

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ނުފުށުގައި އިންނަ ކޯޑު 7755 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭ މި ޕްރޮމޯޝަންގައި، ރަނގަޅު ހުރިހާ ކޯޑެއް ގުރުއަތުގައި ބައިވެރި ކުރެ އެވެ. ބޯނަސް އިނާމު ލިބޭ ފަރާތްތަކަށް ވަގުތުން އެސްއެމްއެސް އަކުން އެކަން އަންގާއިރު، ކޮންމެ ދުވަހެއްގެ ނަސީބުވެރިން އެ ރޭ 11:45 ގައި ގުރުއަތުން ހޮވައި އެސްއެމްއެސް އަކުން އަންގަ އެވެ. އަދި އެ ހަފުތާ އަކަށާއި މަހަކަށް ކަނޑައަޅާފައިވާ އިނާމުތައް ލިބޭ ފަރާތްތައް ހޮވަން ހާއްސަ ގުރުއަތެއް ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް އެސްއެމްއެސް އަކުން އަންގާނެ އެވެ. ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓު ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.