Roadha Mihaaru
އެކްއެސްއެލްގެ ޕްރޮމޯޝަން: ދެ މިލިއަން ރުފިޔާގެ އިނާމު

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމުތަކަކާ އެކު އެކްސްއެލްގެ ޕްރޮމޯޝަނެއް ފަށައިފި

01 އޮކްޓޯބަރ 2016

ރާއްޖޭގައި ވިއްކާ އެންމެ މަގުބޫލް އެއް އެނާޖީ ޑްރިންކް ކަމަށް ވާ އެކްސްއެލްގެ ޕްރޮމޯޝަނެއް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތަކަކާ އެކު މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ވިއްކާ އެންމެ މަގުބޫލް އެއް އެނާޖީ ޑްރިންކް ކަމަށް ވާ އެކްސްއެލްގެ ޕްރޮމޯޝަނެއް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތަކަކާ އެކު މިއަދު ފަށައިފި އެވެ.

"އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި ޑިސެމްބަރު 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންތަކަކަށް ބައިސްކަލެއް ލިބޭއިރު، ހަފުތާއަކު އެއް ފަހަރު ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ބައިސްކަލެއް ލިބެ އެވެ. މީގެ އިތުރުން، މަސް ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ދޭން ހަމަޖައްސާފައި ވާއިރު، އެކްސެލް ކޭހެއް ލިބޭ ގޮތަށް ވަގުތުން ދޭ ބޯނަސް އިނާމުތަކެއް ވެސް ވަނީ ހިމަނާފަ އެވެ.

އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ހިންގާ މި ޕްރޯމަޝަންގެ އެންމެ ހާއްސަ އިނާމަކީ ދެ މީހަކަށް ދޭ ދުބާއީ ދަތުރެވެ. އެ ގޮތުން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް، ދެ މީހުންގެ ދުބާއީ ދެކޮޅު ޓިކެޓާއި ތިބުމާއި ކެއުމުގެ ހަރަދުގެ އިތުރަށް ހަރަދު ކުރާނެ ފައިސާ ވެސް ދޭން ވަނީ ނިންމާފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ނުފުށުގައި އިންނަ ކޯޑު 7755 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭ މި ޕްރޮމޯޝަންގައި، ރަނގަޅު ހުރިހާ ކޯޑެއް ގުރުއަތުގައި ބައިވެރި ކުރެ އެވެ. ބޯނަސް އިނާމު ލިބޭ ފަރާތްތަކަށް ވަގުތުން އެސްއެމްއެސް އަކުން އެކަން އަންގާއިރު، ކޮންމެ ދުވަހެއްގެ ނަސީބުވެރިން އެ ރޭ 11:45 ގައި ގުރުއަތުން ހޮވައި އެސްއެމްއެސް އަކުން އަންގަ އެވެ. އަދި އެ ހަފުތާ އަކަށާއި މަހަކަށް ކަނޑައަޅާފައިވާ އިނާމުތައް ލިބޭ ފަރާތްތައް ހޮވަން ހާއްސަ ގުރުއަތެއް ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް އެސްއެމްއެސް އަކުން އަންގާނެ އެވެ.

ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓު ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.